ދިވެހި ކަނޑުތައް ބެލެހެއްޓުމަށް ތުރުކީގެ ހަދިޔާއެއް

Loading

April 14, 2025
profile
Facebook
Twitter
WhatsApp

ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށްޓަކައި ތުރުކީން ޓީ ސީ ޖީ ވޯލްކަން ޕީ-343  ޑޯގަން ކްލާހުގެ ފާސްޓް-ޓްރެކް އުޅަނދެއް ހަދިޔާ ކޮށްފިއެވެ. ތުރުކީގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ދެވުނު މިއުޅަނދަކީ  ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެވި ފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް އޯ ޔޫ) އެއްގެ ދަށުން ދެވުނު އެހީއެކެވެ.  ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި އަދި އެކަމަށްބޭނުންވާ މީހުންތަމްރީނު ކުރުން ވެސް މި އެމް އޯ ޔޫ ގެ ދަށުން ހަމަޖެހިގެންދާނެކަމަށް ވެއެވެ. 

މި އުޅަނދު ދިވެހިރާއްޖެއަށް ހަވާލުކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ޝިޕްޔާރޑް ކޮމާންޑްގައި އެ އުޅަދަށް ބޭނުންވާ ރިޕެއަރ އަދި މެއިންޓެނަންސް ފުރިހަމަ ކުރެވިފައިވާނެ ކަމަށާއި  އަދި މިއަހަރު ޖޫން މަހުގެ ތެރޭގައި ޑޮކް-ލޭންޑިންގ ބޯޓެއްގައި އެ އުޅަނދު ދިވެހިރާއްޖެއަށް ގެނެސްދެވޭނެކަމަށްވެސް ބުނެފައިވެއެވެ.          

ދިވެހިރާއްޖޭގެ ކޯސްޓްގާރޑުގެ ބޭފުޅުންނަށް ތަމްރީނު ދިނުމުގެ ޕްރޮގަރާމް ތުރުކީގެ ނޭވަލްފޯސް ކޮމާންޑްގެ ފަރާތުން ކުރިއަށް ގެންދަނީ ޓީ ސީ ޖީ ވޯލްކަން ކްލާހުގެ ފާސްޓް-ޓްރެކް އުޅަނދުގައި ކަމަށް ބުނެފައިވެއެވެ. މި އެމް އޯ ޔޫ ގެ ދަށުން ދިވެހިން ތަމްރީނުކުރުން ތުރުކީގައި މި ހިނގާ އޭޕްރިލް މަހު 7 ން މި އަންނަ މޭ މަހުގެ 9 ށް ކުރިއަށް ގެންދެވޭނެއެވެ. އަދި އެ އުޅަނދު ދިވެހި ކޯސްޓްގާރޑަށް ހަވާލު ކުރުމަށްފަހު އެ އުޅަނދުގެ އޮޕަރޭޝަންތަކާ ބެހޭ އެޑްވާންސްޑް ތަމްރީނުތައް އެ އުޅަނދުގައި މަސައްކަތްކުރާ ހުރިހާ ދިވެހިންނަށް ތުރުކީ އިންސްޓްރަކްޓަރުންގެ ފަރާތުން ލިބިދެވޭނެއެވެ. އެ އުޅަނދު ދިވެހިރާއްޖެއަށް ގެނައުމަށްފަހު އުޅަނދުގެ ނިޒާމްތައް ތުރުކީ ނޭވީންގެ ޓީމަކުން ހަރަކާތަށް ގެނެސްދޭނެއެވެ. އަދި ޖުލައި މަހުގެ ތެރޭގައި ރަސްމީގޮތުން އުޅަނދު ދިވެހި ސަރުކާރަށް ހަވާލުކުރެވޭނެ ކަމަށް ބެލެވެއެވެ.                                         

ޓީ ސީ ޖީ  ވޯލްކަން ޕީ-343 ޑޯގަން ކްލާސްގެ އުޅަނދުފަހަރު ތުރުކީގެ ނޭވީއަށް ތަޢާރުފް ކުރެވުނީ 1981 މޭ މަހުގެ ތެރޭގައެވެ. ޖަރުމަނުގެ ލޫރްސެން ވަރފްޓް ޝިޕްބިލްޑަރުން ޑިޒައިން ކޮށްފައިވާ މިއުޅަނދުގައި އެންޓައި-ޝިޕް ހަރޕޫން މިސައިލް ހަރުކުރެވިފައިވުމާއެކު 20 ވަނަ ގަރުނުގެ ތުރުކީ ކަނޑުސިފައިންގެ ފުދުންތެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ދިގުމިނުގައި 58.1 މީޓަރ އަދި ފުޅާމިނުގައި 7.62 މީޓަރ ހުންނަ މި ކްލާސްގެ އުޅަނދު ފަހަރުގެ ދުވެލި އުޅޭނީ ގަޑިއަކު 70 ކިލޯ މީޓަރ ގައެވެ.                    

2024 ވަނަ އަހަރުން ފެށިގެން މި ކްލާސްގެ އުޅަނދުފަހަރު ވަނީ ތުރުކީގެ ނޭވަލް މިލިޓްރީ ތަމްރީނާއި ޓެސްޓް ތަކަށް ޚާއްސަ ކޮށްފައެވެ.                                                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް