ގާޒީ ހުސައިން ފާއިޒުއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ މަށްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)  ނިންމައިފި އެވެ. ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަން ފެށީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށް ފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާތީ އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި […]

ވިހަންގެންދިޔަ އަންހެނެއްގެ އޯވަރީން ދެ ކިލޯއަށްވުރެ ބަރު ސިސްޓެއް ނަގައިފި

    ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަ ( ކޭއާރުއެޗު)ށް  ވިހަން ގެންދިޔަ އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ. ކޭއާރުއެޗުން ބުނީ އެ އަންހެންމީހާ އަކީ ރ ހުޅުދުއްފާރުން ވިހަން ގެންދިޔަ މާބަނޑު މީހެއް ކަމަށާއި އެ އަންހެންމީހާ ވިހަން ގެންދިޔައީ ދުވަސްފުރާ ވިއެއުމަށް ކަމަށެވެ. އަދި ސްކޭން ކުރުމުން ވާތް ފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަކުރެވިގެން ބޮޑު އޮޕަރޭޝަނެއްކުރީއެވެ. ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ބޮޑު އޮޕަރޭޝަނުގައި މި އަންހެން […]

ވިލިމާލެ ފެރީޓާމިނަލް އާއި ފެރީތައް އޭސީ ކުރަނީ

  ވިލިމާލެ ފެރީ ޓާމިނަލް އާއި ވިލިމާލެއާ މާލެ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ފެރީ ޓާމިނަލް އާއި މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.  އެގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސިޓީކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނީ ޓާމިނަލް އާއި ފެރީތަށް އޭސީ ކުރުމުގެ […]

މާރުކޭޓްގައި މަސް ވިއްކަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

  މާލޭ ރޯމަސް މާރުކޭޓްގައި މަސް ވިއްކަން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މާލެ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ބުނީ މަސްވިއްކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ސިޓީ އާ އެކު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ހުށައަޅަންޖެހޭނެކަމަށެވެ. އަދި މަސްވިއްކަން އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮފީ ވެސް ހުށަހަޅަން ޖެހޭނެކަމަށްވެސްސިޓީކައުންސިލުންބުނެއެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީވުމަށް އޮތް އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ. މަސްވިއްކަން […]

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

    ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ތިންވަަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާކަމަށެވެ. އަދި […]

”ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލުގައިވާ ކަންކަން އިސްލާހުކުރުމަށް އަދާލަތުން ގޮވާލައިފި

    “ ނަފްރަތުގެ އަމަލު“ ބަޔާންކުރާ ބިލުގައިވާ ކަންކަން އިސްލާހުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ. ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލްގައި ވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފައެވެ. އަދި މުސްލިމަކު […]

ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގުމަށް އިސްލާހު ހުށައަޅައިފި

  ކައިވެނީގެ ހަދިޔާ އިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަލެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު އެވެ. ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ […]

އަންހެނަކު ލޯންޗެއްގެ ތެރޭ ވިހައިފި

  ހދ ހަނިމާދޫ ސިއްހީ މަރުކަޒުން އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވާލި އުމުރުން 43 އަހަރުގެ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ. މައުލޫމާތު ލިބުނު ގޮތުގައި އެ އަންހެންމީހާ ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮތްވަ ކަމަށް ވެއެވެ. އޭރު  އޭރު ކުޅުދުއްފުށީ ބަނދަރު މަތީގައި އެމްބިއުލާސް ތައްޔާރަށް އޮތްކަމަށް ވެއެވެ. ނަމަވެސް ލޯންޗް ބަނދަރު ކުރުމުގެ ކުރިން އަންހެން މީހާ ވަނީ ވިހާފައެވެ. މިއަދު ގާތްގަނޑަކަށް ހަތެއް ޖެހިއިރު ހިނގި މިހާދިސާގައި އަންހެން މީހާ ވިހެއިރު […]

ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރވޭ މީހަކު ހޯދުމަށް އޭނަގެ ވީޑިއޯއާންމުކޮށްފި

  ގެއަކުން ބޫޓެއް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ގަދަ ކުލައެއްގެ ގަމީހަކާއި މަޑު ނޫކައިގެ ޖިންސެއް ލައިގެން ހުރި ޒުވާނަކު ފޮށީގަނޑެއް ހިފައިގެން މަގުމަތިން ދަނިކޮށެވެ. އޭނާގެ އަތުގައި ކަރުދާސް ފޮށިގަނޑެއް އޮތެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ  އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ބޫޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. […]

ސައިކަލެއް ވަގަށްނެގި މައްސަލައެއްގައި މީހަކު ހޯދަންފަށައިފި

  ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ ހ. ސަމަރގްރީންގެ، އިބްރާހިމް ޒަކަރިއްޔާ 30،  ކަމަށް ފުލުހުން ބުނެއެވެ. އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. ސައިކަލްތައް ވަގަށްނެގުމުގެ މައްސަލައަކީ މިހާރު މުޖުތަމައުގައި ވަރަށްބޮޑަށް ދިމާވެފައިވާ މައްސަލައެވެ. އަދި މިފަދަ މައްސަލަތަކުގައި ވަގަށްނަގާ ސައިކަލްތައް ހޯދުމުގައި ފުލުހުން އެކަށީގެންވާވަރަށް މަސައްކަތް ނުކުރާކަމަށް […]