"ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލުގައިވާ ކަންކަން އިސްލާހުކުރުމަށް އަދާލަތުން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

 

 

“ ނަފްރަތުގެ އަމަލު“ ބަޔާންކުރާ ބިލުގައިވާ ކަންކަން އިސްލާހުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލްގައި ވާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފައެވެ.

އަދި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ވާނެއެވެ.

މި ބިލާ ގުޅިގެން އަދާލާތު ޕާޓީން ނެރުނު ގަރާރުގައި ބުނެފައި ވަނީ، ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަހުލާގީ ހަމަތައް ހިފަހައްޓަން ކަމަށެވެ.

އެހެން ނަމަވެސް، ގާނޫނުލްއުގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެ މަގުސަދު ހާސިލްކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ޕާޓީ އިން ބުނެފައިވެއެވެ.

އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގައި އަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާއީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް އަމާޒުހިފަންޖެހޭ ކަމަށް ވެސް އަދާލަތުގެ ގަރާރުގައި ވެއެވެ.

މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ފުށުއަރާ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ގައުމުގެ އިޖުތިމާއީ ހާލަތު އިތުރަށް ގޯސްވެ ސުލްހަމަސަލަސްކަން ގެއްލިދާނެ ކަމެއްކަމަށްވެސް  ވެސް އަދާލަތުން ފާހަގަކުރިއެވެ.

“ އިސްވެ ބަޔާންކުރެވުނު އިސްލާހުގެ ނަތީޖާއެއްގެ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވްނަކަމުގެ ހައްގަށް އުނިކަން ލިބޭތީއާއި، ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމިއްޔާ ޖަމާއަތްތަކަށް ދީނާ ގުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށޤ ހުރަސްއެޚިދާނެ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ސަޚްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް“ އަދާލަތު ޕާޓީން ނެރުނު ގަރާރުގައި ބުނެފައިވެއެވެ.

އަދާލަތުޕާޓީން މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ އިލްމުވެރިންނާއި އާންމުން އަންނަނީ މި ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް