96  އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ހަވާލުކޮށްފިއެވެ. އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރީ އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސް ވުމުގެ ދަށުން  180 ދުވަސްތެރޭ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ހަވާލުކުރަން ޖެހެއެވެ. އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތަކީ […]

ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި

  އދ. ގެ އާއްމު މަޖިލީހުގެ 76 ރައީސްކަމަށް އިންތިހާބުވެވަޑައިގެންގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.   މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ، އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ އޭނާގެ ޓީމަކީ ހަމަހަމަކަން ގާއިމްކުރަން ހުރިހާ ސަރަހައްދެއް ތަމްސީލުކުރެވޭ ޓީމަކަށް ހަދާނެ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ […]

ޝާހިދުގެ މަންދޫބަކަށް ތިލްމީޒާ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެން ހަމަޖައްސަވައިފި އެވެ. ތިލްމީޒާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވެސް މެއެވެ. މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އޭނާގެ ޓީމަކީ ޖިންސުގެ ހަމަހަމަކަން އޮންނަ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލް […]

އަރަބިއްޔާ ސްކޫލު އިމާރާތް ފަސް އަހަރު ފަހުން ބޭނުން ނުކުރެވޭނެ

    އަރަބިއްޔާ ސްކޫލު އިމާރާތް ކުރިއަށް އޮތް ފަސް އަހަރުފަހުން ބޭނުނުން ނުކުރެވޭނެކަމަށް އިންސްޕެކްޝަން ރިޕޯޓުން ބުނެފި އެވެ. އަރަބިއްޔާ ސްކޫލުގެ އިމާރާތުގެެ ތަނބުތަކުގައި ރެދުލައި ބައިބައިވެ ވެއްޓެމުންދާކަމުގެ ބޮޑެތި ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުން ދިއުމާގުޅިގެން އެޑިއުކޭޝަނުން ބަޔަކާ ހަވާލުކޮށްގެން އެ ސުކޫލްގެ އިންސްޕެކްޝަނެއް ކުރުވިއެވެ. މި އިސްޕެކްޝަނަށްފަހު އެކުލަވާލި އިިންސްޕެކްޝަން ރިޕޯޓްގައި ބުނެފައިވަނީ ކުރިއަށް އޮތް 3-5 އަހަރުތެރޭ މި ސުކޫލް އިމާރާތް ބޭނުންކުރުން ރައްކާތެރި ނުވާނެކަމަށެވެ. ރިޕޯޓްގައ ބުނާގޮތުން މި ސުކޫލް […]

ޝަރީއަތުގައި އޮންލައިންކޮށް ބައިވެވޭނެގޮތް ހަދައިދިނުމަށް އަލީވަހީދު އެދިއްޖެ

  ޖިންސީގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަލީ ވަހީދު އެދިވަޑައިގެންފި އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހަށް ތާވަލުކޮށްފައިވާ މި އަޑުއެހުމަށް ވީޑިއޯ ކޯލެއް މެދުވެރިކޮށް ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް […]

ިދިރާސީ އަހަރު ނިމެންދެން ކިޔަވައިދޭނީ އޮންލައިންކޮށް

މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭގެ ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން  އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާއަތްކޮށް، ހެލްތް ފްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ)ގެ ލަފާގެ މަތިން، މި ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެެރެއިން މިހާރުވެސް މާލޭ ސަރަހައްދާއި މޮނިޓަރިންގައި […]

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވެއްޖެ

  ބްރިޖް ހައިވޭގައި މަޑުކޮށްގެން އޮތް ފުލުހުންގެ ވެހިކަލް އެއްގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހުންގެ ވެހިކަލްއަށް ގެއްލުން ތަކެއް ވެއްޖެއެވެ. ފުލުހުން ބުނީ އެ ވެހިކަލް އަކީ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެތަނަށް ދިޔަ ވެހިކަލްއެއްކަމަށެވެ. މި އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ ދިޔަ ޕިކަޕަކުން ފުލުހުންގެ ވެހިކަލްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުސް ވެހިކަލާއި އެ ޕިކަޕަށް […]

އަމީރު އަހްމަދު ހިންގި ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް

ކުރީގެ އަމީރު އަހްމަދު ސްކޫލް ހިންގި ބިން، ތަޢުލީމުދޭ މަރުކަޒެއް ހިންގުމަށް 35 އަހަަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް  މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް  ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށާ މި ބިމިގައި ތައުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް […]

އޮންލައިން އަދަބީ އީދެއް ބާއްވަނީ

  ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް ”އޮންލައިން އަދަބީ އީދެއް“ ބާއްވަން ދިވެހިބަހުގެ އެކަޑެމީން ހަމަޖައްސައިފިއެވެ. ދިވެހިބަހުގެ އެކަޑެމީން ބުނީ އަދަބީ އީދުގެ މަގްސަދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ޖީލެއް ބިނާކުރުމެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި އަދަބީ އީދުގައި ތަފާތު ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި […]

ގާޒީ އަބްދުއްލާ އަލީގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

  ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުއްލާ އަލީއާ ބެހޭގޮތުން ތަހްގީކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސްކޮމިޝަނު ( ޖޭއެސްސީ)ން ނިންމައިފިއެވެ. ގާޒީ އަބްދުﷲ ގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ އަބްދުﷲ އާ ބެހޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާކަމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ބޭއްވި […]