ރައީސް މައުމޫނުގެ ސެކިއުރިއުރިޓީއާ މެދު ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ ޕާކުކުރުން ހައްލަކަށް ނުގެނެސްގެން އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެއެވެ. ރައީސް މައުމޫނުގެ ސެކިއުރިޓީ ޓީމުގައި އިސްކޮށް އުޅުއްވާ އަހުމަދު ސޮފްވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނުގެ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ. އެންދެރިމާގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކުކުރާ މައްސަލަ ހައްލު ހައްލުކޮށްދޭން އެދުނުތާ އެތައް ދުވަހެއްވީއިރުވެސް އެކަން ހައްލު ވެފައިނުވާކަމަށެވެ. ”ވަރަށް ދުވަސްވެއްޖެ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގެ ގަރާޖު […]
މޯލްޑިވް ލޭޑީގެ ނަމުން މަޝްހޫރުވި ޓޯނީ މަރުވެއްޖެ

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރި މޯލްޑިވް ލޭޑީގެ ނަމުން މަޝްހޫރުވި ޓޯނީ ޑިލަރޫކް މަރުވެއްޖެ އެވެ. އިނގިރޭސި ވިލާތަށް އުފަން ޓޯނީ މަރުވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް މިއަދުވަނީ ތައުޒިޔާ ކިއުއްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޓޯނީ ކުރި މަސައްކަތް ފާހަގަ ކޮށް 2005 ވަނަ އަހަރު ރައީސް މައުމޫނު ވަނީ ސަރުކާރުންދޭ ހާއްސަ އިނާމު ޓޯނީއަށް ދެއްވާފަ އެވެ. އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ […]
ކްރައިމް ޕެޓްރޯލްގެ ދެ ބަތަލާއަކު ވައްކަން ކޮށްގެން ހައްޔަރުކޮށްފި

ކުށުގެ ވެއްޓަށް އާންމުން ހޭލުންތެރިކުރުމަށް ގެންސްދޭ ޓީވީ ޝޯއެއްކަމުގައިވާ “ ކްރައިމް ޕެޓްރޯލް“ އާއި “ ސާވްދާން އިންޑިއާ“ގެ ދެ ބަތަލާ އަކު ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. ރާއްޖޭގެ ގިނަބަޔެއްގެ މެދުގައި މަޝްހޫރު މި ޝޯތަކުގައި މަސައްކަތްކުރާ ދެ ތަރިން ހައްޔަރުކުރީ އިއްގެ ވަގުތެއްގައެވެ. ވައްކަމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސުރެންދުރަ ލާލު ސްރިވަސްތާވް، 25، އާއި މޮސީނާ މުޚްތާރު ޝައިހް، 19،އެވެ. މި ދެ މީހުންނަކީ ކްރައިމް ޕެޓްރޯލް އަދި ސާވްދާން އިންޑިއާގެ އިތުރުން ގިނަ […]
މާލީ ޒިންމާދާރުވެރިން ދެން އައްޔަންކުރުރާނީ އިމްތިހާނަކަށް ފަހު

މާލީ ޒިންމާދާރުވެރިން ދެން އައްޔަން ކުރާނީ އިމްތިހާނެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަން ޖެހޭނެ ކަމަށެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ މީހަކީ އެ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ […]
ލޯންޗްތަކުގައި ރޯވުން: ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗް ނުހިމެނޭ

މާލޭ ދެކުނު ފަޅުތެރެއިން ލޯންޗު ތަކެއްގައި އިއްޔެ އަލިފާން ރޯވިއިރު، ރޯވެ އަދައިގެންދިޔަ ލޯންޗުތަކުގެ ތެރޭގައި މެއި ފުރަތަމަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރެއިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުން ތެރޭގައި ހިމެނޭ ދެ މީހަކު ހަމަލާދިން ރޭގެ ހަ ދުވަސް ކުރިން ހުޅުމާލޭ ފަޅުތެރެއިން ފުލުހުން ހުއްޓުވި ލޯންޗެއްގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް […]
ފުލިދޫގައި ލޯންޗެއްގޮވައި މީހަކަށް އަނިޔާވެއްޖެ

ވ. ފުލިދޫ ލޯންޗެއްގެ ޕެޓްރޯލު ޓޭންކު ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗް ދުއްވަން އިން މީހާއެވެ. އޭނާ މިހާރު މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމަެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާގެ މައިބަދައަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށް ބެލެވޭކަމަށް ރަށު ކައުންސިލުން ބުނެއެވެ. ލޯންޗް ގޮވި އިރު ހަ މީހުން ލޯންގައި ތިއްބެވެ. އޭގެ ތެރެއިން އަނިޔާވި މީހާފިޔަވައި […]
ލޯންޗްތަކުގައި ރޯވުން: ބިދޭސީމީހާގެ ގައިގެ 25 ޕަސެންޓް ވަނީ ފިހިފައި

މާލޭ ދެކުނު ފަރާތު ބަނދަރު ފަޅުތެރޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ގައިގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ. އައިޖީއެމްއެޗްން ބުނީ އެ ބިދޭސީ މީހާއަށް ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމްގައި ކަމަށާ އޭނަގެ ހާލަތު ބުނަން އަދި ނޭގޭކަމަށެވެ. މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި ލޯންޗެއްގައި ހުރި މީހެއްކަމަށްފުލުހުންބުނެއެވެ. އެ ހާދިސާގައި ތިންލޯންޗެއް ވަރަށް ބޮޑަށް […]
ކަނޑުމަތިން ހުއްޓުވި ލޯންޗު ދޫނިދޫއަށް ގޮސްފައިނުވޭ: ފުލުހުން

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ކަނޑުމަތިން ހުއްޓުވި ލޯންޗް ދޫނިދޫއަށް ވެސް ގޮސްފައި ނުވާނެކަމަށާ އަދި ފުލުހުން އެލޯންޗަށް ޕެޓްރޯލް ފޯރުކޮށްދީފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ ލޯންޗް ދޫނިދޫއަށް ދިޔަ ކަމަށާ، އަދި ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައ ދޮގުކޮށް ފުލުހުން ބުނީ އެ […]
ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ކޮމިޔުނިކޭޝަން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން ވުޒާރާއެއްގެ ދަށަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ދޭން 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ކުރިން ހިންގަމުން ދިޔަ ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް […]
ޝަރީފް އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ. ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ. “ ވޭތުވެދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކޮށް ދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު، ކުރިމަގުގަ ވެސް ރައްޔިތުންގެ ހިދުމަތުގަ ފެންނާނެ“ ޝަރީފް […]