ރައީސް މައުމޫނުގެ ސެކިއުރިއުރިޓީއާ މެދު ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ ޕާކުކުރުން ހައްލަކަށް ނުގެނެސްގެން އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުން ކަންބޮޑުވެއްޖެއެވެ.

ރައީސް މައުމޫނުގެ ސެކިއުރިޓީ ޓީމުގައި އިސްކޮށް އުޅުއްވާ އަހުމަދު ސޮފްވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނުގެ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ. އެންދެރިމާގެ ގަރާޖު ކުރިމަތީ ވެހިކަލް ޕާކުކުރާ މައްސަލަ ހައްލު ހައްލުކޮށްދޭން އެދުނުތާ އެތައް ދުވަހެއްވީއިރުވެސް އެކަން ހައްލު ވެފައިނުވާކަމަށެވެ.

”ވަރަށް ދުވަސްވެއްޖެ ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވަމުން ގެންދަވާ މ. އެންދެރިމާގެ ގަރާޖު ކުރިމަތީގަޔާއި ގަރާޖު އަށް ކާރު ނުވެއްދޭ ވަރަށް ސައިކަލް ޕާކުކުރާތީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާތާ. ކުރިއެރުމެއް ނުލިބުނު،“ ސޮފްވާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ސޮފްވާން މިހެން ޓްވީޓް ކުރެއްވީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންގެ ގެކޮޅު ކައިރީ ވެހިކަލް ޕާކުކުރުން މަނާ ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވަނިކޮށެވެ.

މިދަޔަ މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ވެރިކަން ކުރައްވާފައިވާ ރައީސުންނާއި އަދި އިސް ބައެއްފަރާތްތަކުގެ ސެކިއުރިޓީވަނީ ވަރުގަކޮށްފައެވެ.

ރައީސް ނަޝީދަށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީވެސް އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ދަތިތަކެއް ހުރުމުން އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ގޯޅީގައި ޕާކު ނުކުރެވޭ ގޮތް ހަދައިދިނު ކަމަށް ކަމާބެހޭ އިދާރާތަކުގައި ސިފައިން އެދިފައިވަނިކޮށެވެ.

ހަމަލާގެ ފަހުން މިހާރު އެ ގޯޅިގަނޑުގެ ސެކިއުރިޓީން ބޭނުންވާ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އިއްޔެ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި ވެހިކަލް ޕާކްކުރުން ވެސް މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް