ކްރައިމް ޕެޓްރޯލްގެ ދެ ބަތަލާއަކު ވައްކަން ކޮށްގެން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކުށުގެ ވެއްޓަށް އާންމުން ހޭލުންތެރިކުރުމަށް ގެންސްދޭ  ޓީވީ ޝޯއެއްކަމުގައިވާ “ ކްރައިމް ޕެޓްރޯލް“ އާއި “ ސާވްދާން އިންޑިއާ“ގެ ދެ ބަތަލާ އަކު ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގެ ގިނަބަޔެއްގެ މެދުގައި މަޝްހޫރު މި ޝޯތަކުގައި މަސައްކަތްކުރާ ދެ ތަރިން ހައްޔަރުކުރީ އިއްގެ ވަގުތެއްގައެވެ.

ވައްކަމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސުރެންދުރަ ލާލު ސްރިވަސްތާވް، 25، އާއި މޮސީނާ މުޚްތާރު ޝައިހް، 19،އެވެ. މި ދެ މީހުންނަކީ ކްރައިމް ޕެޓްރޯލް އަދި ސާވްދާން އިންޑިއާގެ އިތުރުން ގިނަ ޓީވީ ޝޯތަކެއްގައި މަސައްކަތް ކޮށްފައިވާ ދެ ތަރިންނެވެ.

އިންޑިއާގެ ނޫސްތަކުން އެގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ދެ ތަރިންނަށް މަސައްކަތް ނުލިބި އަތްމަތި ވަރަށް ދަތިވުމާ ގުޅިގެން ޕޭގެސްޓުންގެ ގޮތުގައި ރައްޓެއްސެއްގެ އިމާރާތެއްގައި ތިބުމަށް ދެ މިހުން ބަދަލުވި އެވެ.  އެ މީހުން ވައްކަންކުރީ އެ އިމާރާތުގައި ޕޭގެސްޓެއްގެ ގޮތުގައި ހުރި އަންހެނެއް އަތުންނެވެ. އެ އަންހެންމީހާގެ ތިޖޫރީން 3.28 ލައްކަ ރުޕީސް މި ދެ މީހުން  ވަގަށް ނެގި ކަމަށް ތުހުމަތުކުރެވެއެވެ.

ފުލުހުން ބުނީ އެ އަންހެންމީހާ ފައިސާގެއްލުމުން އެ ދެ އެކްޓްރެސް އަށް ޝައްކުވެގެން ފުލުހުންނަށް ހުށަހެޅި ކަމަށާ، މި މައްސަލަ ތަހުގީގު ކުރިކުރުމުން އެ އިމާރާތުގެ ސީސީޓީވީ ފްޓޭޖުން އެ ދެ މީހުން ފައިސާ އާ އެކީ އިމާރާތުން ނުކުތް މަންޒަރު ފެނުނުކަމަށެވެ.

މައްސަލާގައި ދެ ބަތަލާއިން ހައްޔަރުކޮށް ފާސްކުރި އިރު އެ މީހުންގެ އަތުން ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާގެ ތެރެއިން 50،000 ރުޕީސް ފެނިފަ އެވެ.

ފުލުހުން ބުނީ މި ދެ މީހުން ވެސް ވައްކަންކުރި ކަމަށް އިއުތުރިރާފް ވެފައިވާކަމަށެވެ.

އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި މަހުގެ 23ގެ ނިޔަލަށް ބަންދުގައި ބާތިއްބަން ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވ.

”ކްރައިމް ޕެޓްރޯލް“ އާއި ”ސާވްދާން އިންޑިއާ“  ފަދަ ޝޯތަކަކީ މީހުން މެރުމާއި އޮޅުވާޅުމާއި މަކަރުހެދުމާއި ވައްކަންފަދަ މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް އުފައްދާފައިވާ ޝޯތަކަށް ވެފަ މިފަދަ ޝޯތަކެއްގައި އެކްޓް ކުރާ ބަޔަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރުމުން، ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް