ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ މި ބަނގުރާތަކަކީ ޖުމްލަ 71 މަސައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި […]
އިހުސާން އިންތިއަށް ހަމަލާއެއް، ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރެއްވީ ތިބޭފުޅުން

ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރީ ތިބޭފުޅުންކަމަށް ވިދާޅުވެ، ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އިސްވެ ހަރަކާތްތެރިވާ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) އަށް ބަހުގެ ހަމަލާއެއް ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދަށް ދިން ހަމަލާއަކީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވައިލުމާ […]
ޖަމާއަތުގައި ނަމާދު ކުރުމުގައި މިނިސްޓްރީގެ އިމާމަކު ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން: އިސްލާމިކް މިނިސްޓްރީ

ޖަމާއަތްހަދައިގެން އިއްޔެ ބައެއް މިސްކިތްތަކުގައި ހުކުރު ކޮށްފައިވާއިރު އެކަމުގައި އިސްލާމިކް މިނިސްޓްރީގެ އިމާމަކު ބައިވެރި ވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށީ ފިޔަޅުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް އިއްޔެ ބައެއް މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ، އެކަމުގައި މިނިސްޓްރީގެ އިމާމަކު ބައިވެރިވެފައި ވޭތޯ ބަލަމުން އަންނަކަމަށެވެ. ނަމަވެސް […]
ފޯކައިދޫގައި ބަޔަކު ކާނާ ވިހަވެ، އެކަކު ސީރިއަސް

ށ. ފޯކައިދޫ ބަޔަކު ކާނާވިހަވެ، އެކަކު ހާލު ސީރިއަސް ވެއްޖެއެވެ. ކާާނާހަވުމުގެ ސަބަބުން ހާލު ސީރިއަސް ވި މީހާ މިހާރުވަނީ ހދ. ކުޅުދުއްފުށީގައި ހ ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެންގޮސްފައެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި ކަނާ ވިހަވީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރޭ އެ ރަށުގައި ބޭއްވި ހަފްލާއެއްގައި ހުރި ކާތަކެތި ކައިގެން ކަމަށް ބެލެވޭކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގިނަ އަދެއްގެ މީހުން ކާނާ ވެހަވެ އެކި ގޮތްގޮތް […]
މާލެ އާއި ވިލިމާލޭގައި ކުނި އަޅަން ހާއްސަ ސްޓޭޝަނެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

މާލެ އާއި ވިލިމާލޭން ކުނި އެޅުމަށް ފެންވަރުރަޅު ސްޓޭޝަނެއްގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކުނި ބަހައްޓން ގާއިމް ކުރާ ހާއްސަ ސްޓޭޝަނެކެވެ. ކުނިއެޅުމަށް ހާއްސަ ސްޓޭޝަން ގާއިމުކުރަން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާއެވެ. މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ […]
ކަނޑުއުޅަދު ފަހަރުގެ ފަޅުވެރިންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި ގުޅި ލާމެހިފައިވާ ހަޔާތެއް: މިނިސްޓަރު ނަހުލާ

ރާއްޖޭގެ ކަނޑުއުޅަދު ފަހަރުގެ ފަޅުވެރިންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި ރާއްޖޭގެ މާހައުލާ ގުޅި ލާމެހިފައިވާ ހަޔާތެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. ކަނޑުއުޅަދުފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށްވުމާއެކު، ފަޅުވެރިންގެ ދައުރު ވަރަށް ބޮޑު ގައުމެއްކަމަށެވެ. ”މައިގަނޑު ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމް […]
ރިސޯޓް ހަދަން ނުވަ ފަރާތަކުން ކުރިމަތި ލައިފި

ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލުމުން އެކަމަށް ޝައުވެރިވެ ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ. ސަރުކާރުން ހުޅުވައިލީ 16 ރަށަކަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހަޅައިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި 16 ރަށަށް 18 ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 […]
ވިސިޓް މޯލްޑިވްސްއިން ޖަރުމަނަށް ހާއްސަ އީލަރނިން ޕޮރޮގްރާމެއް ފަށައިފި

ވިސިޓް މޯލްޑިވްސް އިން ޖަރުމަނުގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިސްތިހާރުކުރުމަށް އީލަރނިންގ ޕްރޮގްރާމެއް ފަށައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ގަރުމަނުގައި ހިންގާ އެންމެ ބޮޑު އެއް މީޑިއާ ޗެނަލް އެފްވީޑަބްލިއު އާ ގުޅިގެން ހިންގާ މި ކެމްޕެއިން ހަރަކާތް ނޮވެމްބަރު މަހާ ހަމައަށް އޮންނާނެކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ. މި ހަރަކާތަކީ ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ޕްރޮގްރާމް […]
އަލީ ވަހީދު އުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގަ ކަމަށް ބުނާވާހަކަ ދޮގުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ، އެޤައުމުގައި ހުންނަވާ ރާއްޖޭގެ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދޮގުކޮށްފިއެވެ. އަލީ ވަހީދު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން އާންމުކޮށްފައިވާ އާޓިކަލް އެއް ޝެއާކުރައްވަމުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ […]
ނަފްރަތުގެ ބިލު ބޭރުކުރަން ކޮމިޓީން ފާސްނުވި

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލަން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި […]