މާލެ އާއި ވިލިމާލޭގައި ކުނި އަޅަން ހާއްސަ ސްޓޭޝަނެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

މާލެ އާއި ވިލިމާލޭން ކުނި އެޅުމަށް ފެންވަރުރަޅު ސްޓޭޝަނެއްގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއީ ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކުނި ބަހައްޓން ގާއިމް ކުރާ ހާއްސަ ސްޓޭޝަނެކެވެ.

ކުނިއެޅުމަށް ހާއްސަ ސްޓޭޝަން ގާއިމުކުރަން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު، ޒޭންގ ޓާއޯ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމު ކުރުމާއެކު މާލެ އަދި ވިލިމާލޭން ތިލަފުއްޓަށް ކުނި އުފުލުމުގެ ކުރިން ކޮއިންޓެއިނާތަކުގައި ބަހައްޓާނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލަ ހައްލުވާނެ ކަމަށާއި ކޮންޓެއިނަރުތަކުގައި ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ކޮންސްޓްރަކްޝަން ކުންޏާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ހާއްސަކުރެވިފައިވާ ކޮންޓެއިނަރުތަކުގައި ކަމަށާއި، އޭގެ ސަބަބުން، ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުންވެސް، ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރުތަކުގައި ބެހެއްޓުމުގެ ސަބަބުން، ކުނި ބަހައްޓާ ތަނުގައި މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ހުރުން ފަދަ ކަންކަމަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޑިޒައިން ކުރުމާއި ގާއިމް ކުރުމުގެ އިތުރުން ބޭނުންވާ ސާމާނު ސަޕްލަައި ކުރުމުގެ މަސައްކަތް ވެސް ސީއެސްސީއީސީން ކުރާނެ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 11.7 މިލިއަން ޑޮލަރެވެ. މަސައްކަތް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް