ރިސޯޓް ހަދަން ނުވަ ފަރާތަކުން ކުރިމަތި ލައިފި

Loading

Facebook
Twitter
WhatsApp

 

 

ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލުމުން އެކަމަށް ޝައުވެރިވެ ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.

ސަރުކާރުން ހުޅުވައިލީ 16 ރަށަކަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހަޅައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި 16 ރަށަށް 18 ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު ރަށްތައް ދޫކުރުމަށް މިނިސްޓްރީން އިއުލާން ކުރި މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓަށް ވުރެ 140 ޕަސެންޓް ބޮޑުކޮށް ހުށަހަޅާފައި ވާކަމަށެވެ.

މި އަގުން ބަލާނަމަ މިއީ ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރަށް ވިއްކަން ޖެހި މިނިމަން އެކުއެޒިޝން ކޮސްޓު 750،000 ޑޮލަރު ވަރަށް އިތުރު ވުމެކެވެ.

ބީލަން ހުށަހެޅި ރަށްތައް:

  • ހއ. ވެލިފިނޮޅު
  • މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެކު
  • ތ. ކާއްޑޫ
  • ލ. ބޮޑުމުންޏަފުށި
  • ގއ. ފުނަދޫވިލިގިއްޔާ
  • ގދ. ކަނޑަހަލަގަލާ

ސަރުކާރުން މި ރަށްތަށް ބިޑަށް ހުށަހެޅުމަށްފަހު ކުރިން އަގު ދަށްކުރި އެވެ. އެގޮތުން ރަށް ދޫކޮށްފައި ވަނީ 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ބީލަމަށް ލީ ރަށްތަކުގެ ތެރެއިން ކުރިމަތި ނުލާ ރަށްތައް އިތުރަށް ދިރާސާ ކުރަން ނިންމާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް