ވިސިޓް މޯލްޑިވްސްއިން ޖަރުމަނަށް ހާއްސަ އީލަރނިން ޕޮރޮގްރާމެއް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ވިސިޓް މޯލްޑިވްސް އިން ޖަރުމަނުގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިސްތިހާރުކުރުމަށް އީލަރނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ގަރުމަނުގައި ހިންގާ އެންމެ ބޮޑު އެއް މީޑިއާ ޗެނަލް އެފްވީޑަބްލިއު އާ ގުޅިގެން ހިންގާ މި ކެމްޕެއިން ހަރަކާތް ނޮވެމްބަރު މަހާ ހަމައަށް އޮންނާނެކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ.
މި ހަރަކާތަކީ  ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ދިވެހިރާއްޖެ އަކީ ރައްކާތެރި އަމާން މަންޒިލްގެ ގޮތުގައި ދައްކާ، ރާއްޖޭގެ ޕްރޮޑަކްޓުތަކާއި އެންމެ ފަހުގެ ޓްރެވެލް ގައިޑްލައިންސްގެ މައުލޫމާތު ހިއްސާކުރާނެއެވެ.

މިޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ 400 މީހުން ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ލަފާކޮށްފައެވެ.
މި ކެމްޕެއިންގެ އިތުރުން ވެސް ވިޒިޓް މޯލްޑިވްސްއިން ދަނީ ތަފާތު އެކި ހަރަކާތްތަކާއި ކެމްޕެއިންތައް ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ރާވަމުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މީގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއި ޓުއާރ އޮޕަރޭޓަރުންނާއިއެކު ކުރާ ކެމްޕެއިންތަކާއި، ޕްރިންޓް އަދި ޑިޖިޓަލް އެޑްތައް ހިމެނެއެވެ. އަދި މި މާރކެޓްތަކުގެ ބޮޑެތި މީޑިއާތަކާއި ސްޓޭކްހޯލްޑަރުންނާއެކު ރޭވިފައިވާ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވިސިޓް މޯލްޑިވްސް އިން އަންނަނީ ރާވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް