ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ

ކޮވިޑް-19ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން އެޅި ހަރުކަށިފިޔަވަޅުގެ ތެރެއިން މާލޭސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރި ކުރުން އުވާލައި ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފި އެވެ. އިސްލާމިކް މިނިސްޓްރީން ނޫސްބަޔާނުގައި ވާގޮތުން ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ ކަމަށާ ނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ހުއްދަދެނީ ގައިދުރުކަމާއެކު ނަމާދުކުރުމަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދިންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނަމާދުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޖަމާއަތަށް ދާއިރުގެއިން ވުޟޫކކޮށްގެން މިސްކިތަށް ދިއުމާއި، […]
ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު، ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ […]
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ […]
ޒުވާނަކަށް އަނިޔާ ކުރި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ޅ. ނައިފަރު ޒުވާނަކަށް އަނިޔާ ކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް، ދެ ފުލުހެއްގެ ރޭންކް ދަށްކޮށްފި އެވެ. ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ފުލުހުންގެ ވަޒީފާއިން ވަކިކުރި ތިން މީހުން ވަޒީފާއިން ވަކިކުރީ ނައިފަރުގައި މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ކަމަށެވެ. އަދި މީގެ އިތުރުން އެހެން […]
ޓެރަރިޒަމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ފަރަހަތަކަށް ނުޖެހޭނަން: ރައީސް

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ މީހުންގެ ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތްކުރުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާ ގުޅިގެން ސަރުކާރުން އަންނަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުގެންދާކަމަށް ބުނެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ރައީސަށް ދަނީ ފާޑުކިއަމުންނެވެ. އެމްޑީޕީއަށް 16 އަހަރު […]
ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ސައިކަލު ތަކުގައި ރޯކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީސިޓީގެ ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކުރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ […]
ޑރ. އާސިމަށް މަޖިލީހުން ރުހުން ދީފި

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 53 މެންބަރުންގެ ވޯޓުންނެވެ. ޑރ. އާސިމް އަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތރުން މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ސޯޝިއޮލޮޖީ އެންޑް […]
އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން އައްޑުއަށް ގެންގޮސްސި

އެމެރިކާ އިން ތައިވާނަށް ދަތުރުކުރި އާގު ބޯޓެއްގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އައްޑޫސިޓީއަށް ގެންގޮސްސި އެވެ. ސިފައިން ބުނީ އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޭރުގެ އާގު ބޯޓްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން ސިފައިންގެ އެހީތެރިކަމާއެކު މިއަދު 11:27 ހާއިރު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެ މީހާގެ ހާލު ސީއަސްވީ ކީއްވެގެން ކިހިނެތްކަމެއް ސިފައިން ހާމައެއް ނުކުރެއެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ އިއްޔެ ރޭ 21:58 ގައި ކަމަށް ސިފައިން ބުނެއެވެ. […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މި ސްކޫލު އެޅުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ް 243 މިލިއަން ރުފިޔާގެ މި މަޝްރޫއު ރަޝިދު ކާޕެންޓްރީ އާ ހަވާލުކޮށްފައިވަނ18 މަސްދުވަހުގެ މި މަސައްކަތް ނިންމާގޮތަށެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫއެއް ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ […]
ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫން. މައުމޫނުގެ ފިކުރަށް ނުޖޫއަ ނުވޭ: ރީކޯ މޫސަ

ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދުއާއި އަރިސްކޮށް އުޅުއްވި ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ. ގިނައަދަދެއްގެ ބަޔަކު އެއްފަހަރާ ހައްޔަރުކުރަން ރައީސް ނަޝީދު ރޭ ގޮވައިލެއްވުމާގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށާ، މައުމޫނު ގެންގުޅުއްވި ފިކުރަށް ޕާޓީ ރުޖޫއު ނުވުމަށެވެ. އަދި ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ […]