ކޮވިޑް-19ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން އެޅި ހަރުކަށިފިޔަވަޅުގެ ތެރެއިން މާލޭސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރި ކުރުން އުވާލައި ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ނޫސްބަޔާނުގައި ވާގޮތުން ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ ކަމަށާ ނަމަވެސް ޖަމާއަތުގައި ނަމާދުކުރަން ހުއްދަދެނީ ގައިދުރުކަމާއެކު ނަމާދުކުރުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދިންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނަމާދުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ޖަމާއަތަށް ދާއިރުގެއިން ވުޟޫކކޮށްގެން މިސްކިތަށް ދިއުމާއި، އަމިއްލަ މުސައްލަ ހިފައިގެން ދިއުމާއި، ނަމާދުކުރާއިރު މާސްކު އަޅައިގެން ތިބުމަށް އެދިފައެވެ.
މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ނުގޮސް ގޭގައި ނަމާދުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މާލޭ ސަރައްދުގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ ރައްކާތެރި ވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމާފައިވަނީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ، ހާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކރުން މަނާކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިންނެވެ.