ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ “ ދަ ކްރީކް ވިއު“ ފްލެޓް މަޝްރޫއު އިފްތިތާހުކޮށްފި

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ “ ދަ ކްރީކް ވިއު“ ޕްލެޓް އިމާރާތުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ. ދަ ކްރީކް ވިއު ފްލެޓް މަޝްރޫއަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ދެ ކުންފުންޏެއްކަމަށްވާ ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ 114 ފްލެޓް މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓް އިމާރާތެވެ. މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ މި ފްލެޓް އިމާރާތް އެޅުމަށް އެޗްޑީސީ އާއި ސާސޭ […]
މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލައިފި

ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ހިޔާ ފްލެޓްތަކުގައި ސޮއިކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. އެޗްޑީސީން ބުނީ މުވައްޒަފަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ އެޗްޕީއޭ އާއި އެކީ މަޝްވަރާކުރުމަށް ފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ […]
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލައިފި

ސަރކާރުން އަލަށް އެކުލަވާލާ އިދާރާ ”މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް“ގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ. ޗީފް ސްޓެޓިސްޓީޝަން އަކީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދައި އެ އިދާރާ ހިންގުމަށް ހުންނަ ފަރާތެވެ. ގާނޫނުގައިވާގޮތުން […]
ކުޑަކުދިންނަށް ހާއްސަ ނިއުޓްރިޝަން ކްލިނިކެއް ހުޅުވައިފި

ކުޑަކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް ހުޅުވައިފި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ ކުޑަކުދިން ރަގަނޅު ސިއްހީ ނިޒާމެއްގެ ދަށުން ހެނދިބޮޑުވުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވި ކްލިނިކެއް ކަމަށެވެ. ހޮސްޕިޓަލުން ބުނީ މި ކްލިނިކުން ކުޑަ ކުދިން ހެދިބޮޑުވުމުގައި ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެކަމަށެވެ. އަދި ކުޑަކުދިންނަށް ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ދެނެގަނެ، އެކުދިންގެ ކެއުމުގެ […]
އިޔާޒް އަދާކުރައްވަމުން ދިޔަ ވާޒީފާއަށް ދާއިމީ މުއައްޒަފަކު ނުނެގުމަށް އަމުރުކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ( އެމްއެންޔޫ)ގައި ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އަދާކުރައްވަމުން ދިޔަ މަގާމަށް ދާއިމީ މުވައްޒިފަކު ނުނެގުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އެ ޔުނިވަރސިޓީގެ މައްޗަށް އަމުރުކޮށްފި އެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން، އެ މައްސަލަ އޭނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައެވެ. އިޔާޒް ވަޒީފާ […]
ހިޔާ ފްލެޓް ލިބުނުފަރާތްތަކުގެ ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ހިޔާ ޔޫނިއަންގެ ފަރާތުން މިއަދު ވަނީ މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމަށް ހަވާލުކޮށްފައެވެ. ހިޔާ ޔޫނިއަނުން ބުނީ ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް އެރުވީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވޭތުވެދިޔަ ދެ […]
ފުވައްމުލަކާއި އައްޑޫ އާއި ދެމެދު ޒަރޫރީ ބޭނުންތަކަށް ފެރީގެ ހިދުމަތް ފަށަނީ

ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީއާ ދެމެދު ސިއްހީ ހިދުމަތާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފެރީގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ފުވައްމުލައްސިޓީ ކައުންސިލުން ބުނީ މިއީ ސިއްހީ ހިދުމަތާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައްޑޫސިޓީއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްޓީސީސީ އާއި ގުޅިގެން ކުރުމަށް ނިންމާފައިވާ ދަތުރުތަކެއްކަމަށެވެ. އެގޮތުން ދެ ސިޓީގެ ދެމެދު ހަފްތާއަކު ދެ ފެރީ ބޭއްވުމަށް އެމްޓީސީސީ […]
ގެއްލިގެން ހޯދަމުންދިޔަ ނައުފަލް ފެނިއްޖެ

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ އދ. ކުނބުރުދޫ އަށް ނިސްބަތްވާ އަހުމަދު ނައުފަލް ފެނިއްޖެ އެވެ. މިވަގުތު ނައުފަލް އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނައުފަލް ގެއްލުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެއެވެ. އެނގިފައިވާ ގޮތުގައި ނައުފަލް ފެނިފައިވަނީ އޭނާ ހޯދުމުގައި އުޅުނު އާއިލާގެ ބަޔަކަށެވެ. އާއިލާއާއި ހަވާލާ ދީ އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުން ނައުފަލްގެ ހަބަރެއް […]
ހުޅުމާލޭ ވެކްސިން ސެންޓަރުގައި ރަޖިސްޓްރީ ކުރުވުމަށްފަހު އެ ސެންޓަރު ބޮޑުތަޅުއަޅުވާފައި

ހުޅުމާލޭ ވެކްސިން ސެންޓަރުގައި ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރުމަށްފަހު އެ ސެންޓަރަށް ވެކްސިން ޖަހަން މީހުން ދިޔަ އިރު އެތަން ހުރީ ގޭޓްތައް ބަންދުކޮށް ތަޅުއަޅުވާފައެވެ. މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭން ނިންމާފައިވާކަމަށް އިއުލާންކޮށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް މިދިޔަ ހަފްތާގައި އެޗްޕީއޭން ވަނީ އިއުލާންކޮށްފައެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ވެކްސިން ޖަހަން ހަމަޖައްސާފައި އޮތް އެއް ސެންޓަރުކަމަށްވާ ހުޅުމާލޭ […]
ޕީޕީއެމް ފަސާދަކުރާނެ ފުރުސަތެއް ރައީސް ނަޝީދަށް ނުދޭނަން: ސުޖާއު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާ، ޕީޕީއެމް ފަސާދަ ކުރާނެ ފުރުސަތެއް ރައީސް ނަޝީދަށް ނުދެއްވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީޕީއެމް ދޫކޮށްދިޔަ ބައެއް މެންބަރުން އެ ޕާޓީއާ އަލުން ގުޅުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ނަޝީދާ އެކީ ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށެވެ. […]