ގެއްލިގެން ހޯދަމުންދިޔަ ނައުފަލް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ އދ. ކުނބުރުދޫ އަށް ނިސްބަތްވާ އަހުމަދު ނައުފަލް ފެނިއްޖެ އެވެ.

މިވަގުތު ނައުފަލް  އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނައުފަލް ގެއްލުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ނައުފަލް ފެނިފައިވަނީ އޭނާ ހޯދުމުގައި އުޅުނު އާއިލާގެ ބަޔަކަށެވެ.
އާއިލާއާއި ހަވާލާ ދީ އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުން ނައުފަލްގެ ހަބަރެއް ނުވީ އޭނާގެ ފޯނު ހަލާކުވެ، އާއިލާގެ މީހެއްގެ ނަންބަރު ހަންދާންނެތުމުންނެވެ.

ނައުފަލް ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އުމުރުން 26 އަހަރުގެ ނައުފަލްގެ ހަބަރެއް ނުވީ ކަންނެލި މަސްވެރިކަމުގައި އުޅުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު މާލެ އަށް ފޭބިފަހުންނެވެ.
އޭނާ މާލެ އައީ އޭނާ މަސައްކަތްކުރާ ކުނބުރުދޫއަށް ނިސްބަތްވާ ކަންނެލި ދޯންޏެއް ކަމުގައިވާ ޒިކުރާ 3 ދޯނީގެ ވަތައް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ބޭސް ކުރުމަށް ކަމަށްވެެއެވެ

ނައުފަލް ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ ހަބަރެއް ނުވާތާ  ތިން ދުވަސް ވެފައި ވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް