ހުޅުމާލޭ ވެކްސިން ސެންޓަރުގައި ރަޖިސްޓްރީ ކުރުވުމަށްފަހު އެ ސެންޓަރު ބޮޑުތަޅުއަޅުވާފައި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ވެކްސިން ސެންޓަރުގައި ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރުމަށްފަހު އެ ސެންޓަރަށް ވެކްސިން ޖަހަން މީހުން ދިޔަ އިރު އެތަން ހުރީ ގޭޓްތައް ބަންދުކޮށް ތަޅުއަޅުވާފައެވެ.

މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭން ނިންމާފައިވާކަމަށް އިއުލާންކޮށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް މިދިޔަ ހަފްތާގައި އެޗްޕީއޭން ވަނީ އިއުލާންކޮށްފައެވެ.

އެއާއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ވެކްސިން ޖަހަން ހަމަޖައްސާފައި އޮތް އެއް ސެންޓަރުކަމަށްވާ ހުޅުމާލޭ ވެކްސިން ސެންޓަރުގައި ވެކްސިން ޖެހުމަށް ވެސް ރަޖިސްޓްރީ ކޮށްފައެވެ.

ވެކްސިން ޖެހުން މެދުކެޑުމަކަށްފަހު ހުޅުވާލުމާއި ގުޅިގެން އެޗްޕީއޭން މީދެ ދެ ދުވަހެއްކުރިން ބުނެފައިވަނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދާން ޖެހޭނެކަމަށާ، ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށެވެ. އަދި ގަޑިއަށް ހާޒިރުނުވުމުގެ ސަބަބުން ކެލްސަލްވާ އެޕޮއިންޓްމަންޓް ލިބުނު ފަރާތްތަކުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބެނެފައެވެ.

އެއާ އެކު ގިނަ އަދަދެއްގެ މީހުން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހެދިއިރު ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ ވެކްސިން ޖެހުމަށް ހުޅުމާލޭ ވެކްސިން ސެންޓަރަށް އެޕޮއިންޓްމަންޓް ހެދިއެވެ. ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހަދަން ޖެހޭ ޕޯޓަލްގައި އޮތީވެސް ހުޅުމާލެއިން ވެކްޖަހައިދެނީ ހަމައެކަނި ހުޅުމާލޭ ވެކްސިން ސެންޓަރުގައި ކަމަށެވެ.

ނަމަވެސް ގިނަ އަދެއްގެ ބަޔަކު ހުޅުމާލޭ ހެލްތުސެންޓަރަށް އެޕޮއިންޓްމަންޓް ހެދުމަށްފަހު އެތަނަށް މިއަދު ދިޔަ އިރު އެސެންތަރު ހުރީ ތަޅުލާފައެވެ.

އެތަނަށް މިއަދު ހެނދުނު ދިޔަ މީހަކު ބުނީ އެތާގައި ގިނަ އަދަދެއްގެ މީހުން އެއްވަމުން ދިޔަ އިރުވެސް ތަން ނުހުޅުވާކަމަށާ، އެޗްޕީއޭ އަށް ގުޅުމުން އެތަނުންވެސް ޖަވާބު ނުލިބުނުކަމަށެވެ.

“ އަހަރެންނަށް އެޕޮއިންމަންޓް ލިބިފައި އޮތީ މިއަދު 9:15 އިން 9:29 ހަށް. އަނެއްކޮޅުން ބުނެފައި އިންނަނީ ޖަޑިޖެހުމުގެ 15 މިނިޓް ކުރިން އަންނަން. އެތަނަށް ގޮސްސިން 9:00 ޖެހި އިރު. އެތާގައި 10 ޖަހަންދެން ހުރިން. އެތަން ހުރީ ބޮޑުތަޅުއަޅުވާ ބަންދު ކޮށްފަ. އެތަށް ފަހަރަކު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅިން އެކުދިން ބުނަނީ ބަލާލާފަ އަންގާނަމޯ. އެކަމަކު އޭގެ ފަހުން ހަބަރެއްނުވޭ“

އޭނާ ބުނީ ގިނަ އަދަދެއްގެ މީހުން އެތަނަށް ވެކްސިން ޖަހަން މިއަދު ދިޔަކަމަށާ، އެތާގައި މަޑުކޮށްފަ ގިނަ މީހުން ރުޅިއައިސްގެން ދަނީ ކަމަށެވެ.

“ މާފަހުން މި އެގުނީ މީހެއްގެ ފަރާތުން ހޮސްޕިޓަލުގައި ވެކްސިން ޖަހަމުން ދާކަން. އެތަނަށް ވެކްސިން ޖަހަން ގޮސްސަވެސް ބުނިން ވަރަށް ގިނަ މީހުން ސެންޓަރަށް އެބަދެޔޭ އެތާގަ ބޯޑެއް ނަމަވެސް ޖަހާލަ ބަލާށޭ، މި ހޮށްޕިޓަލުގައިކަން މިކަން ކުރިއަށް ދަނީ.“ އެ މީހާ ބުންޏެވެ.

އޭނާ ބުނީ އޭގެ ފަހުން 11 ޖެހިފަހުންވެސް އެމަގުން ދިޔަ އިރު ސެންޓަރު ކައިރީ މީހުން ވެކްސިންޖަހަން ތިބި ކަމަށާ، އެތާގައި ލިޔުމެއް އޭރުވެސް ހަރުނުކުރާކަމަށެވެ.

 

އެޗްޕީއޭއިން މިއަދު ހެނދުނު 10:30 ގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ވެކްސިން ދިނުން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކުރެވިފައި ކަމަށެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަދާ ލިންކްގައި ހުޅުމާލެއިން ވެކްސިން ޖެހުމަށް ހުޅުމާލޭ ވެކްސިން ސެންޓަރު ޖެހިފައިވީ ނަމަވެސް ވެކްސިން ޖަހަމުންދާނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާކަމަށެވެ. ސޯޝަލް ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް