ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

 

ސަރކާރުން އަލަށް އެކުލަވާލާ އިދާރާ ”މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް“ގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ޗީފް ސްޓެޓިސްޓީޝަން އަކީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދައި  އެ އިދާރާ ހިންގުމަށް ހުންނަ ފަރާތެވެ.

ގާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. ނަމަވެސް ބިއުރޯ ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ.ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

މި މަގާމަށް އެދި ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުންނާއި އަދި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.

ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ  10 މެންބަރުންގެ މަށްޗަށްހިމެނޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނާނެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފެދުމާއެކު ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ވަނީ ބަދަލު ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް