ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ " ދަ ކްރީކް ވިއު" ފްލެޓް މަޝްރޫއު އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ “ ދަ ކްރީކް ވިއު“ ޕްލެޓް އިމާރާތުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

ދަ ކްރީކް ވިއު ފްލެޓް މަޝްރޫއަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ދެ ކުންފުންޏެއްކަމަށްވާ
ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ 114 ފްލެޓް މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓް އިމާރާތެވެ.

މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަ މި ފްލެޓް އިމާރާތް އެޅުމަށް އެޗްޑީސީ އާއި ސާސޭ އަދި ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ޖުލައި ހަތް ވަނަ ދުވަހު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމާ އެއްގޮތަށް އެޅުމަށް ހަމަޖެއްސި  ފްލެޓް އިމާރާތް ދަ ކްރީކް ވިއު މަޝްރޫއުގެ ނަމުގައި އިފްތިތާހު ކުރުމަށް މާގިރި ހޮޓެލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ވަނީ ދަ ކްރީކް ވިއުގެ އޮފިޝަލް ވެބްސައިޓު ވެސް އިފްތިތާހު ކޮށްފައެވެ.

ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ، ސާސް އީ ގްލެޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަވާދު ވިދާޅުވީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވީ، ދަ ކްރީކް ވިއު ފަރުމާކުރެވިފައިވަނީ ޖާގައިގެ ގޮތުން ތަނަވަސްވެފައި ރަނގަޅު ފެންވަރުގެ ވެންޓިލޭޝަނާއެކު ސާދާ ގެވެހި ދިރިއުޅުމެއް ހިތްފަސޭހަކަމާއެކު، އުޅުމަށް ބޭނުންވާނެ ކަންކަމަށް ވިސްނައިގެން ކަމަށެވެ.

މި މަޝްރޫއުތަކުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ދަ ކްރީކް ވިއު ފްލެޓް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޕްލޮޓް އެސް1-3 ގެ ލޮޓް 11445ގައެވެ.

ދަ ކްރީކްވިއު އިމާރާތުގައި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ އިތުރުން  ތިން ކޮޓަރިއާއި މެއިޑް ރޫމް ހުންނަ އެޕާޓްމަންޓް އާއި ހަތަރު ކޮޓަރީ އެޕާޓްމަންޓް ތަކާއި ހަތަރުކޮޓަރިއާއި މެއިޑްރޫމް އެޕާޓްމަންޓްތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް