މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލައިފި

Loading

Facebook
Twitter
WhatsApp

 

 

ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ހިޔާ ފްލެޓްތަކުގައި ސޮއިކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

އެޗްޑީސީން ބުނީ މުވައްޒަފަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެޗްޕީއޭ އާއި އެކީ މަޝްވަރާކުރުމަށް ފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.

ސޮއިކުރުން ވަގުތީގޮތުން ހުއްޓާލައިފައިވާއިރު، މިއަދު ސޮއިކުރަން ތާވަލުކޮށްފައި ވަނީ އެޗް11 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކީ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 6720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

އަދި އީދު ބަންދަށް ފަހު ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ގިނަ އަދަދެއްގެ ބަޔަކު އިންތިޒާރު ކުރަމުންދާ ހިޔާފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އެޗްޑީސީން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެތާރީހަށް ސޮއިކުރުމުގެ މަސައްކަތް ނިމޭނެކަމަށް މިހާރުވަނީ ސުވާލު  ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިމަސައްކަތް އިތުރަށް ފަސްވެގެންދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް