ކުޑަކުދިންނަށް ހާއްސަ ނިއުޓްރިޝަން ކްލިނިކެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

ކުޑަކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޗައިލްޑް ނިއުޓްރިޝަން ކްލިނިކެއް ހުޅުވައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ ކުޑަކުދިން ރަގަނޅު ސިއްހީ ނިޒާމެއްގެ ދަށުން ހެނދިބޮޑުވުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވި ކްލިނިކެއް ކަމަށެވެ.

ހޮސްޕިޓަލުން ބުނީ މި ކްލިނިކުން ކުޑަ ކުދިން ހެދިބޮޑުވުމުގައި ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެކަމަށެވެ. އަދި ކުޑަކުދިންނަށް ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ދެނެގަނެ، އެކުދިންގެ ކެއުމުގެ އާދަތައް ދެނެގަތުމާއެކު، ސިއްހީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ގޮތްތަކެއް ކުދިންނަށާއި އެ ކުދިންގެ އާއިލާއާ ހިއްސާކުރެވޭނެކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

 

އަދި ގަވާއިދުން ހެލްތު ސްކްރީންކުރުމާއި ނިއުޓްރިޝަން ކައުންސިލިންގެ ހިދުމަތުގެ އިތުރުން ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތުވެސް މިކްލިނިކުން ލިބޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ހެލްތު މިނިސްޓްރީއާއި ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ބަރުދަން ލުއި ކުދިންނަށް ވާއިރު، 22 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން އިތުރު ކުދިންނެވެ.

އެ ހޮސްޕިޓަލުން ބުނީ މިފަދަ ގިނަ މައްސަލަތައް ދެނެގަނެ ކުދިން ރަގަޅު ސިއްހަތެއްގައި ހެދިބޮޑުކުރުމަށް އެ ކްލިނިކުން އެހީތެރިވެދޭނެ ކަމަށެވެ.

މި ކްލިނިކުން އެޕޮއިންޓްމަންޓް ހެދުމަށް 3351610 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް