އިޔާޒް އަދާކުރައްވަމުން ދިޔަ ވާޒީފާއަށް ދާއިމީ މުއައްޒަފަކު ނުނެގުމަށް އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ( އެމްއެންޔޫ)ގައި ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އަދާކުރައްވަމުން ދިޔަ މަގާމަށް ދާއިމީ މުވައްޒިފަކު ނުނެގުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އެ ޔުނިވަރސިޓީގެ މައްޗަށް އަމުރުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން، އެ މައްސަލަ އޭނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައެވެ.

އިޔާޒް ވަޒީފާ އިން ވަކިކުރީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ.

އެ މައްސަލައާ ގުޅިގެން އިޔާޒް ވަނީ އޭނާގެ މަގާމަށް އެހެން މުވައްޒަފަކު އައްޔަނުކޮށްފި ނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުން ލިބޭނެކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފަ އެވެ.

އިޔާޒްގެ އެދިވަޑައިގަތުމަށް ތާއީދުކޮށް، ޓްރައިބިޔުނަލުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން އެ މަގާމަށް އެހެން މުވައްޒަފަކު އައްޔަނުކުރުމަކީ މައްސަލަ ހުށަހަޅާފައިވާ ފަރާތަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން މަނާކުރުމުން އެކަމާ ދެކޮޅަށް ޑރ. އިޔާޒް ސޯޝަލް މީޑިއާގައި އާއްމުކުރައްވާ ފައިވާ ލިޔުންތަކަކާއި ގުޅިގެން ވެސް އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

މި ސަރުކާރު ހޮވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ސަރުކާރުހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބްރައީސްގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް އަންނަނީ ވަރަށް ފާޅުގައި މިސަރުކާރަށާއި އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ އާންމުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް