ފުވައްމުލަކާއި އައްޑޫ އާއި ދެމެދު ޒަރޫރީ ބޭނުންތަކަށް ފެރީގެ ހިދުމަތް ފަށަނީ

Loading

Facebook
Twitter
WhatsApp

 

ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީއާ ދެމެދު ސިއްހީ ހިދުމަތާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފެރީގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ފުވައްމުލައްސިޓީ ކައުންސިލުން ބުނީ މިއީ ސިއްހީ ހިދުމަތާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައްޑޫސިޓީއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްޓީސީސީ އާއި ގުޅިގެން ކުރުމަށް ނިންމާފައިވާ ދަތުރުތަކެއްކަމަށެވެ.

އެގޮތުން ދެ ސިޓީގެ ދެމެދު ހަފްތާއަކު ދެ ފެރީ ބޭއްވުމަށް އެމްޓީސީސީ އާއެކު އެއްބަސް ވެވިފައިވާކަމަށާ މި ފެރީ އޮންނާނީ މޮނީޓަރިން އުވާލެވެންދެން ކަމަށް ވެސް ފުވައްމުލައް ސިޓީކައުންސިލުން ބުނެއެވެ.

އެ ކަައުންސިލުން ބުނީ ފުވައްމުލަކާއި އައްޑުއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކު އީއޯސިން ހުއްދަ ހޯދުމަށް ފަހު އެމްޓީސީސީން ޓިކެޓް ނެގޭނެކަމަށެވެ.

ޒަރޫރީ އެކި ބޭނުންތަކުގައި އައްޑޫ އިން ފުވައްމުލަކައް އަދި ފުވައްމުލަކުން އައްޑޫ އަށް ދާން ޖެހިފައިވާ ފުވައްމުލަކު ރައްޔިތުން އެކަމަށް އެދެންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

އެގޮތަށް ދަތުރު ކުރާއިރު މޮނިޓަރިންގައިވާ ރަށްރަށަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް