ޝާހިދު ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް ރައީސް ސާލިހު ދައުވަތު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އ.ދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައިފިއެވެ. ރައީސް ސާލިހު ޝާހިދަށް މި ދައުވަތު ދެއްވާފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި އެ ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އ.ދ. ގެ 76 […]
ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި ބައިވެރިވަޑައިގެންފި

ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި ބައިވެރިވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހަމަދު، ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި ”މައި ޓްރެވަލްސް ޓު އެފްރިކާ“ ފޮތް ނެރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ. ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ހަފްލާގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރައްވާ ބޭފުޅުން […]
ސިވިލްސާވެންޓުންނަށް މުސާރަ ބޮޑުކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ސިވިލް ސާވިސް މުއައްޒަފުންގެ މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަޅުމަށް ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ދިވެހިރާއްޖެ ހިންގުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ސިވިލް މުވައްޒަފުން ކަމަށާ ސިވިލްސާވިސް މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި މުއައްޒަފުންގެ […]
ސިމެންތި ބަރުކޮށްގެން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި

ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ދިޔަ ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މި ކޮޅު ވެއްޓިއަކީ ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ކަމަށާ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ މާލެއިން ޅ.މާބިންހުރާއަށް ދެ ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި ހަތަރު މީހަކުވެސް ތިއްބެވެވެ. އެއީ ދިވެއްސެއްގެ އިތރުން ބަންގްލަދޭޝްގެ […]
ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

ޔޫރަޕްގެ ގައުމެއް ކަމަށްވާ ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި އެވެ. މި ކޮންސިއުލޭޓް ހުޅުވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީގެ އިތުރުން ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހެވެ. މި އޮފީސްހަ ހުޅުވާފައި ވަނީ ހ. ސީސައިޑްގަ އެވެ. ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވިއިރު، ހަންގޭރީ […]
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުން މާދަމާއަށް ހަމަވާނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މާދަމާ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ. ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ އޮފީހުގެ apply.presidency.gov.mv ޕޯޓަލްމެދުވެރިކޮށް ކަމަށެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި […]
މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް ހުއްޓާލައިފި

މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް ހުއްޓާލައިފިއެވެ. މާލެ ސަރަޙައްދަށް ފެރީގެ ހިދުމަތް ދެމުންއަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން)ން ބުނީ ފެރީގެ ހިދުމަތް ހުއްޓައިލީ މޫސުމް ގޯސް ވުމާއި ގުޅިގެން ވަގުތީ ގޮތުންކަމަށެވެ. އެ ގޮތުން މިއަދުގެ ހުރިހާ ފެރީ ދަތުރުތަކެއްވަނީ ކެންސަލްކޮށްފައެވެ. އެމްޓީސީސީން ވަނީ އެ ކުންފުނިން ހިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ހިދުމަތްތައްވަގުތީގޮތުން މެދުކަނޑާލާފައެވެ. އެކުންފުނިނ ބުނީ ހިދުމަތް މެދުކަނޑައިލީ ހިދުމަތް ހޯދާ […]
އެންމެންގެ ސަމާލުކަން ކިމްގެ ހެދުމަށާއި އޭނާގެ ޕާޓްނަރަށް

އެމެރިކާގެ ނިއުޔޯކްގައި ފަށާފައިވާ މެޓްގާލާ އިވެންޓްގައި ކިމް ކާޑޭޝަން އާއި އޭނާގެ ޕާޓްނަރު ވެގެން ދިޔައީ އެންމެ ބޮޑުސަމާލުކަމެއް ލިބުނު ކަމަށެވެ. ހާއްސަ ފަންޑްރެއިޒައެއް ކަމަށްވާ މެޓް ގާލާގައި ސެލެބިރިޓީން ލައިގެން ތިބޭ ހެދުން ތަކަކީ ފެޝަން ދުނިޔޭގައި އެންމެންގެ އެންމެ ބޮޑު ސަމާލުކަމެއް ދޭ ހެދުންތަކެވެ. 2005 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި އިވެންޓް މިދިޔަ އަންގާރަދުވަހު ފެށީފައިވާއިރު އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ތަރި […]
އާންމު ދަތުރުފަތުރުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި

އެމްޓީސީސީން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި އެވެ. މި ހިދުމަތް ތައާރފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑީވްސް ( ބީއެމްއެލް) އާއި އެމްޓީސީސީ އާ ގުޅިގެން ނެވެ. އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމްޓީސީސީ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރަން ބިއެމްއެލް އިން މާސްޓާކާޑާއި އެމްޓީސީސީ އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. ބީއެމްއެލް […]
މަސްތުވާތަކެތީގެ މައްސައެއްގައި މީހަކު ހޯދަން އޭނާގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ / ގ. ހިޔަރޯދި، އިބްރާހިމް ޝިމްއާން ސަލީމް (24އ) ކަމަށެވެ. އިބްރާހިމް ޝިމްއާން ސަލީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު މައްސަލަ […]