އާންމު ދަތުރުފަތުރުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި

51

 

އެމްޓީސީސީން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ތައާރފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑީވްސް ( ބީއެމްއެލް) އާއި އެމްޓީސީސީ އާ ގުޅިގެން ނެވެ.

އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމްޓީސީސީ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރަން ބިއެމްއެލް އިން މާސްޓާކާޑާއި އެމްޓީސީސީ އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓާކާޑުން ހިންގާ ސްމާޓް ސިޓީސް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އެ ބެންކުން ބުނީ ޕްރޮޖެކްޓްގެ ސަބަބުން ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ލިބިގެންދާނެ ކަމަށާ އަދި ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެކެމަށެވެ.
އަދި މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްރެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ