މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

 

މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް ހުއްޓާލައިފިއެވެ.

މާލެ ސަރަޙައްދަށް ފެރީގެ ހިދުމަތް ދެމުންއަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން)ން ބުނީ ފެރީގެ ހިދުމަތް ހުއްޓައިލީ މޫސުމް ގޯސް ވުމާއި ގުޅިގެން ވަގުތީ ގޮތުންކަމަށެވެ.

އެ ގޮތުން މިއަދުގެ ހުރިހާ ފެރީ ދަތުރުތަކެއްވަނީ ކެންސަލްކޮށްފައެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނިން ހިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ހިދުމަތްތައްވަގުތީގޮތުން މެދުކަނޑާލާފައެވެ.

އެކުންފުނިނ ބުނީ ހިދުމަތް މެދުކަނޑައިލީ ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަން ކަމަށެވެ.  އަލުން ހދުމަތް ފަށާނީ، ދަތުރުކުރެވޭވަރަށް ކަނޑުމަޑުވެ މޫސުން ރަނގަޅުވުމުންކަމަށްވެސްއެމްޓީސީސީންބުނެއެވެ.

މާލެ-ހުޅުމާލެއާ ދެމެދުކުރާ ފެރީގެދަތުރުތައް މެދުކަނޑާލިނަމަވެސް، އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ، މާލޭ ސަރަހައްދު  ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެއީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމާއެކު އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ.
އަދި  އަށް މޭލާއި 18 މޭލާ ދެމެދުގައި އުޅޭއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓްއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް