އެންމެންގެ ސަމާލުކަން ކިމްގެ ހެދުމަށާއި އޭނާގެ ޕާޓްނަރަށް

Loading

Facebook
Twitter
WhatsApp

 

އެމެރިކާގެ ނިއުޔޯކްގައި ފަށާފައިވާ މެޓްގާލާ އިވެންޓްގައި  ކިމް ކާޑޭޝަން  އާއި އޭނާގެ ޕާޓްނަރު ވެގެން ދިޔައީ އެންމެ ބޮޑުސަމާލުކަމެއް ލިބުނު ކަމަށެވެ.

ހާއްސަ ފަންޑްރެއިޒައެއް ކަމަށްވާ މެޓް ގާލާގައި ސެލެބިރިޓީން ލައިގެން ތިބޭ ހެދުން ތަކަކީ ފެޝަން ދުނިޔޭގައި އެންމެންގެ އެންމެ ބޮޑު ސަމާލުކަމެއް ދޭ ހެދުންތަކެވެ.

2005 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި އިވެންޓް މިދިޔަ އަންގާރަދުވަހު ފެށީފައިވާއިރު އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ތަރި ކިމް ކާޑޭޝަން ގެ ހެދުމަށާއި އޭނާގެ ޕާޓްނަރަށެވެ.

 

ކިމް އާ އެކު ހުރީ އޭނަޔާ ދުރުވެފައިވާ އޭނަގެ ފިރިމީހާ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ކާންޔޭ ވެސްޓް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ކަޅުކުލައިގެ ހެދުމަކުން މުޅި ހަށިގަނޑު އެއްކޮށް ނިވާކޮށްގެން ކިމް ހުރި އިރު އޭނާގެ ޕާޓްނަރުވެސް ހުރީ މާސްކް އަޅައި ކަޅުކުލައިން އެއްކޮށް ނިވާވެގެންނެވެ.

ކިމް ލައިގެން ހުރި ހެދުމަށް ފާޑްކިއުން ސޯޝަލް މީޑީއާގައި އުތުރި އަރައިގަތް އިތު އޭނަގެ ޕާޓްނަރު ނޭގިގެން އެތަށް ބަޔަކު އަންނަނީ ސްވާލު އުފައްދަމުްނެވެ.

އެއްބަޔަކު ބުނާގޮތުން އެއީ އޭނާއާއި ދުރުވެފައިވާ މިހާރު ވަރިވުމުގެ ކަންތައްތައް ކުރިއަށްދާ އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް އެވެ.

ކާންޔޭގެ އެންމެ ފަހުގެ އަލްބަމާއި ގުޅިގެން އެ އަލްބަމްގެ ޕްރޮމޯޝަންގައި ކަޅު ބޭނުންކޮށްފައިވާތީ އާއި ކިމްގެ ޕްރޮފައިލް އިންސްޓާގްރާމްގެ ފޮޓޯވެސް އެއްކޮށް ކަޅު ކޮށްލުމާއި ގުޅިގެން ވެސް އެ ދެމީހުން އެއްކޮށް ކަމެއްކުރަން އުޅޭކަމަށް ފޭނުން ގަބޫލް ކުރިއެވެ. އަދި އެ އަލްބަމްގެ ޕްރޮމޯޝަނަށް ކިމް ގޮސްފައިވާތީއާއި އެކު އެ ދެމީހުން އަނެއްކާވެސް ގުޅެނީ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އެންމެ ފަހު ކިމް މިވަނީ އޭނާ އާއެކު ހުރީ ކާންޔޭ ނޫންކަން ވެސް ބުނެފައެވެ. އަދި އެމީހާގެ ފޮޓޯއެއްވެސް ވަނީ އާންމުކޮށްފައެވެ.ބައެއް ރިޕޯޓްތަކުން ބުނާގޮތުނ އެއީ މަޝްހޫރު ފެޝަން ޑިޒައިނަރު ޑެމްނާ ގްއާސަލިއާ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލާފައި އޮތް މެޓް ގާލާގެ މި އަހަރުގެ ތީމަކީ“ސެލެބްރޭޓިން އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން“ އެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް