ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

 

ޔޫރަޕްގެ ގައުމެއް ކަމަށްވާ ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި އެވެ.

މި ކޮންސިއުލޭޓް ހުޅުވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދާއި ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީގެ އިތުރުން ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހެވެ.

މި އޮފީސްހަ ހުޅުވާފައި ވަނީ ހ. ސީސައިޑްގަ އެވެ.

ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވިއިރު، ހަންގޭރީ ސަފީރު އިއްޔެ ވަނީ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އަރުވާފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް