ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ހެދުމަށް ބޭނުންވާ ތަކެތި ގެންގޮސްސި

ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ހެދުމަށް ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ. ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އެ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ވަމުން އަންނަ ކަމަށާ އެގޮތުން އާޕޯޓްގެ ރަންވޭގެ އޭބީސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ އޮނިގަނޑުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ. ފަރެސްމާތޮޑާ އެއާޕޯޓް ހަދަން […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން އައިލެންޑާޒް އަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ޕްރައިވެޓް ސްކޫލެއް އަޅަން މިހާރުވެސް މާލޭގައި ތިން ސްކޫލެއް ހިންގަމުންއަންނަ އިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސް އާ މިއަދު ހަވާލުކޮށްފިއެވެ. އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ އެޗްޑީސީ ދެމެދުވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު […]
އެއާޕޯޓް ވީއައިޕީ ހިދުމަތް އުވާލުމަކީ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ލިބޭ ހިތްވަރެއް : ޑރ. ޝަހީދު

އެއާޕޯޓް ވީއައިޕީ ހިދުމަތް އުވާލުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބޭނެ ހިތްވަރެއްކަމަށް އދގެ ހާއްސަ ރެޕަޓުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެންބަރުންނާއެކު ދަތުރުކުރާ އާއިލީ މީހުންނާއި ރަހުމަތްތެރިންނަށް ހިލޭ ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިކަމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވައި […]
ސެޓެލައިޓް ސްކޫލްތައް މި މަހު 24ގައި ހުޅުވަނީ

ސްކޫލް ނެތް ރައްރަށާއި ކުދިން ހަމަނުވެގެން ސްކޫލް ނުހިންގިފައި ހުރި ރައްތަކަށް އަމާޒުކޮށްގެން ގާއިމް ކުރަމުންދާ ސެޓެލައިޓް ސްކޫލްތައް މިމަހުގެ 24ގައި ހުޅުވުމަށް ނިންމައިފިއެވެ. ސެޓެލައިޓް ސްކޫލްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތިން ރަށެއްގައެވެ. އެއީ ބ.ފެހެންދުއާއި ވ.ރަކީދުއާއި އެއަތޮޅު ތިނަދޫގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްތަކުގައި ކިޔަވަން ބޭނުންވާ ކުދިން މި މަހު 14ގެ ކުރިން ފޯމު ހުށަހަޅަން ހުޅުވާލާފައިވާނެ ކަމަށާ މަސައްކަތްކުރަމުން އަންނަނީ މި މަހު 24ގައި ސްކޫލްތައް ހުޅުވުން […]
މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. މަކާރާ ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ތ. ތިމަރަފުށި، މުލިމަތީގެ، ހަސަން ވަހީދު (24އ) އެވެ. ފުލުހުން ބުނީ ހަސަން ވަހީދަކީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއްކަމަށެވެ. އަދި އޭނާ އުޅޭތަނެއް […]
ލައިފް ފެން ހުސްކުރި ކުޑަ ފުޅި ތަކުގައި ބަނގުރާ ރައްކާކޮށްފައި ހުއްޓާ އަތުލައިގެންފި

އައްޑޫ ސިޓީ ހިތަދޫގައި ލައިފް ފެން ހުސްކުރި ފުޅިތަކެގައިގައި ބަނގުރާ ކަމަށް ބެލެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާ ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗއްހުރި 500 އެމްއެލްގެ 11 ފުޅި ފެނިފައިވާ ކަމަށެވެ. ބަނގުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވީ ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. […]
ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވ. ފުލުހުން ބުނީ މި ބަނގުރާ ތަކަކީ ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައްކަމަށާ އެ ތަކެއްޗަކީ ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތައްކަމަށެވެ. ފުލުހުން ބުނީ މި ތަކެތެއްޗަކީ އޭޕްރީލް ފަސް ވަނަ ދުވަހުން ފެށިގެން މި މަހު 21 ވަނަ ދުވަހުގެ ނިޔަ އަތުލައިގަތް ބަނގުރާ ކަމަށެވެ. ނައްތާލާފައިވާނީ 585 […]
އައްޑޫސިޓީގެ މަގުހެދުމަށް ބޭނުންވާ ސާމާނު ގެންގޮސްސި

އައްޑޫސިޓީގެ މަގުތަށް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިއްޔެ އެ ސިޓީއަށް ގެންގޮސްފިއެވެ. މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން އައްޑޫ ސިޓީގައި 228 ހެކްޓަރުގެ ބިން ހިއްކުމާއި އެ ސިޓީގެ މަގުތައް ހެދުމަށް ވަނީ ނިންމާފައެވެ. އެގޮތުންހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ […]
ރާއްޖެއައިސް އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭނެ

ރާއްޖެއިން އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭގޮތަށް އެގައުމުން ހަދައިފިއެވެ. ރާއްޖެއިން ދަތުރުކުރާ މީހުން އިޓަލީގައި ކަރަންޓީން ވާން ނުޖެހެނީ އެ ގައުމަށް ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ”ރެޑް ލިސްޓު“ން ރާއްޖެ އުނިކޮށް އެގަމުގެ ”ގްރީން ލިސްޓަށް“ ރާއްޖެ ލުމުންނެވެ. އެގައުމުގެ ރެޑް ލިސްޓުން ނެގުމަށްފަހު ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމުން ރާއްޖެއައިސް އަނބުރާ އެ ގައުމަށްދާ […]
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ) އެވެ. ފުލުހުން ބުނީ މޫސާ މަނިކު ހޯދަމުން ދަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އަދި އޭނާ […]