ސެޓެލައިޓް ސްކޫލްތައް މި މަހު 24ގައި ހުޅުވަނީ

Loading

Facebook
Twitter
WhatsApp

 

ސްކޫލް ނެތް ރައްރަށާއި ކުދިން ހަމަނުވެގެން ސްކޫލް ނުހިންގިފައި ހުރި ރައްތަކަށް އަމާޒުކޮށްގެން ގާއިމް ކުރަމުންދާ ސެޓެލައިޓް ސްކޫލްތައް މިމަހުގެ 24ގައި ހުޅުވުމަށް ނިންމައިފިއެވެ.

ސެޓެލައިޓް ސްކޫލްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތިން ރަށެއްގައެވެ. އެއީ ބ.ފެހެންދުއާއި ވ.ރަކީދުއާއި އެއަތޮޅު ތިނަދޫގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްތަކުގައި ކިޔަވަން ބޭނުންވާ ކުދިން މި މަހު 14ގެ ކުރިން ފޯމު ހުށަހަޅަން ހުޅުވާލާފައިވާނެ ކަމަށާ މަސައްކަތްކުރަމުން އަންނަނީ މި މަހު  24ގައި ސްކޫލްތައް ހުޅުވުން ކަމަށެވެ.

މިނިސްޓްރީން ބުނީ މިސްކޫލްތަކުގައި ކިޔަވަން ބޭނުންވާ ކުދިންނަށް މިއަހަރުގެ ނިޔަލަށް ބޭނުންކުރާނީ އެކުދިން މިހާރު ކިޔަވާ ސްކޫލުގެ ޔުނިފޯމު ކަމަށެވެ.

މި ސްކޫލްތައް އިމާރާތްކުރަން ހަވާލުކުރީ މިއަހަރު ތެރޭގައެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި ސްކޫލްތަކުގެ ތެރެއިން ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މި ދެ ސްކޫލް އިމާރާތްކުރުމަށް ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެވެ.

ރަކީދޫގައި ގާއިމު ކުރާ ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެވެ. މި ސްކޫލަށް ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސެޓަލައިޓް ސްކޫލިން މެދުވެރިކޮށް ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެ ކަމަށެވެ.

އަދި ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ހާރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް