މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

މަކާރާ ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ތ. ތިމަރަފުށި، މުލިމަތީގެ، ހަސަން ވަހީދު (24އ) އެވެ.

ފުލުހުން ބުނީ ހަސަން ވަހީދަކީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއްކަމަށެވެ.

އަދި އޭނާ އުޅޭތަނެއް އާއިލާއަށްވެސް އެނގިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިމަހު ހަ ވަނަދުވަހު 14:00 އަށް ހުޅުމާލެ ޕޮލިސް އަށް ހާޒިރު ވުމަށް ވެސް އަންގާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް