އެއާޕޯޓް ވީއައިޕީ ހިދުމަތް އުވާލުމަކީ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ލިބޭ ހިތްވަރެއް : ޑރ. ޝަހީދު

Loading

Facebook
Twitter
WhatsApp

 

އެއާޕޯޓް ވީއައިޕީ ހިދުމަތް އުވާލުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބޭނެ ހިތްވަރެއްކަމަށް އދގެ ހާއްސަ ރެޕަޓުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު  ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުންނާއެކު ދަތުރުކުރާ އާއިލީ މީހުންނާއި ރަހުމަތްތެރިންނަށް ހިލޭ ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ  ފާސްކޮށްފައެވެ. މިކަމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވައި  ޑރ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީއައިޕީ އުވާލުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ ފުރުސަތެއްކަމަށެވެ.

”ވީއައިޕީ މުޅިން އުވާލުމަކީ އާއްމުކޮށް އެންމެންނަށް އެއަރޕޯޓުން ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ ފުރުސަތެއް/ ހިތްވަރެއް.“ ޝަހީދު ވިދާޅުވިއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުއްލާ ޓެގް ކުރައްވައި ޝަހީދު ކުރެއްވި މި ޓްވީޓްގައި ވިދާޅުވީ ވަކި ބަޔަކަށް މޮޅު ގޮތްތައް ހެދުމުގެ ސަގާފަތް އުވާލަން ވެއްޖެކަމަށެވެ.

އެމްޑީޕީގެ އަށް މެމްބަރުން ހިމެނޭ މަޖިލީހުގެ އާއްމު ކޮމިޓީން ސިއްރު ބައްދަލުވުމެއް ބާއްވާ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިހުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލައުންޖު ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

އާންމު ކޮމިޓީގެ މުގައްރިރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. މުގައްރިރުގެ ނައިބަކީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
އާއްމު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު, މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުން ބުނެފައިވަނީ ކޮމިޓީގެ އެ ނިންމުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދުނުކުރާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް