
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ޕްރައިވެޓް ސްކޫލެއް އަޅަން މިހާރުވެސް މާލޭގައި ތިން ސްކޫލެއް ހިންގަމުންއަންނަ އިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސް އާ މިއަދު ހަވާލުކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ އެޗްޑީސީ ދެމެދުވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދު އެވެ.
އައިލެންޑާޒް އެޑިޔުކޭޝަނުން މިހާރުވެސް މާލޭގައި މިހާރުވެސް ތިން ސްކޫލެއް ހިންގައެވެ. އެއީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލާއި، ބިލަބޮންގް ހައި އިންޓަނޭޝަނަސް ސްކޫލް އަދި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް ގިނަ އަދަދެއްގެ އާއިލާތަށް މިހާރު ބަދަލުވަމުން އަންނައިރު އެ ސަރަހައްދުގައި ސްކޫލެއް ނުހުރެއވެ.ނަމަ
އެޑިއުކޭޝަން މިނިސްޓްރީން ހާމާކުރާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފަ އެވެ. މީގެ ތެރެއިން ދެ ސްކޫލެއްގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.