ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ހެދުމަށް ބޭނުންވާ ތަކެތި ގެންގޮސްސި

Loading

Facebook
Twitter
WhatsApp

 

ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ހެދުމަށް ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އެ އެއާޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ވަމުން އަންނަ ކަމަށާ އެގޮތުން އާޕޯޓްގެ ރަންވޭގެ އޭބީސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މަސައްކަތު ސައިޓަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ އޮނިގަނޑުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހަދަން 2018 ވަނަ އަހަރު ފެށުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓި އޮތުމަށްފަހު އެ އެއާޕޯޓްގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ސަރުކާރުން ހާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

މި އެއާޕޯޓަކީ ފަރެސްމާތޮޑައާއި އެއް ފަޅެއްގައި އޮތް ފަސް ފަޅުރަށެއް އެއްގޮށްލައި ގެން އެތެރޭގެ އުދުހުންތަކަށްހާއްސަކޮށްގެން އަޅާ އެއާ ޕޯޓެކެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓާމިނަލް ބިލްޑިންގ ހެދުމާއި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށެވެ. ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް