ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ. އމްއެންޑީއެފުން ބުނީ މެއި ދެ ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާ ކަމަށެވެ. ފުވައްމުލަކު ”ޓައިގާ ޝާކް“ ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސައީދު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަދުވަހުގައެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 14:30 […]
މޫސުން ގޯސް ވުމާއި ގުޅިގެން ސަމާލުވުމަށް އަންގައިފި

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު މިއަދު މޫސުމް ގޯސްވާނެ ކަމަށާ އެގޮތުން އެކި ހިސާބަށް ވިއްސާރަ ކުރުމާއިއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ކަނޑު ވަރަށް ގަދަވާނެ ކަމަށާ އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ. ބޯކޮށް ވާރޭވެހި ގުރުރުމުގެ އިތުރުން […]
ނަހުލާ ޕީޕީއެމުން ވަކިކުރަން ނިންމައިފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކު ކޮމެޓީން ރޭ ނިންމައިފިއެވެ. ނަޙުލާ އާއި އޭނާގެ މަންމަ ޕީޕީއެެމުން ވަކި ކުރަންނިންމ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މަށްޗަށް ކުރެވި […]
ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ އެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކޫރިއަ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްއިން ލަފާކުރެއެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ. ކަސްޓަމްސް އިން […]
ސިވިލް ސާވިސްގެ މުވައްޒަފުން ތަކެއް ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާ އަށް ފުރައިފި

ސިވިލް ސާވިސްގެ އެކި އެކި އިދާރާއަށް ނިސްބަތްވާ 40 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ފުރައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ތަމްރީން ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށާ މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ އިސް މުވައްޒަފުން ބައިވއެރިވެފައިވާ ކަމަށެވެ. ”ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް“ ގެ ނަމުގައި އިންޑިއާގެ ”ނެޝަނަލް […]
ތައިލެންޑްގެ އެންމެބޮޑު ޑައިވް އެކްސްޕޯގައި ރާއްޖެ އިސްތިހާރުކުރަންފަށައިފި

ތައިލޭންޑްގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްޕޯގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރަން ފަށައިފިއެވެ. ބޭންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތް މާދަމާ އަށް ކުރިއަށް ގެންދާނެއެވެ. މި ޑައިވް އެކްޕޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިވް އަދި މޫދު ކުޅިވަރުގައި ބޭނުންކުރާ އެކިއެކި އާލާތްތައް އުފައްދާ ފަރާތްތަކާއި ޑައިވް ހިދުމަތް އެކިގޮތްގޮތަށް ދޭ ފަރާތްތައް ބައިވެރިވެއެވެ. އެގޮތުން މި […]
އެއް އާއިލާއެއްގެ ގިނަ ކުދިންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެއް އާއިލާއެއްގެ ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ބަލަންފަށައިފިއެވެ. މާލޭ ސަރަހައްދުގައި ހިނގި މި ހާދިސާއާއި ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ވަނީ އެއް އާއިލާއަށް ނިސްބަތްވާ ހަ ކުއްޖަކަށް އެކޮގޮތްގޮތުން ޖިންސީ އަނިޔާ ކޮށްފައި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރި އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން […]
ގިނަ ޓީޗަރުންގެ މުސާރަ 20000 އަށް ވުރެ ބޮޑުވާނެ: އަމީރު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު ގިނަ އަދަދެއްގެ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ. އެއީ 50 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް […]
އިންޑިއާ އައުޓް ކެމްޕޭން ރަމްޒުކޮށްދޭ ބޮޑު ބެނާއެއް ޕީޕީއެމް އޮފީސް އިމާރާތުގައި ހަރުކޮށްފި

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިނދިކޮޅުން ފަށައިގެން އުޅޭ އިންޑިއާ އައުޓް ކެމްޕޭން ބެނާއެއް ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ގޭގެ އިމާރާތުގެ ބޭރުގައި ހަރުކޮށްފިއެވެ. އިންޑިއާ ދިދަ ކުރަހާ “ އައުޓް“ ޖަހާފައި ހަރުކޮށްފައި ހުރި މި ބޮޑު ބެނާގެ ދިގުމިނުގައި 40 ފޫޓު ހުރިއިރު ފުޅާ މިނުގައި ހުރީ 12 ފޫޓެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަރަކާތައް ހިންގުން މަނާކޮށ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ގަރާރެއް ނެރުއްވި […]
އެއާޕޯޓުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްން މިދިޔަ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރވޭ ދެ މީހުން ކަމަށެވެ. ފުލުހުން ބުނީ އެ […]