އެއާޕޯޓުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްން މިދިޔަ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރވޭ ދެ މީހުން ކަމަށެވެ. ފުލުހުން ބުނީ އެ ދެ މީހުން އެ ޔުނިޓަށް ވެދެފައިވަނީ  ދޮރެއް ހަލާކުކޮށްލައިގެން

ކަމަށެވެ. އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ވެސް އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވީޑިއޯއިން ފެންނަ  ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް ފުލުހުން އެދެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް