ގިނަ ޓީޗަރުންގެ މުސާރަ 20000 އަށް ވުރެ ބޮޑުވާނެ: އަމީރު

Loading

Facebook
Twitter
WhatsApp

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު ގިނަ އަދަދެއްގެ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ.  އެއީ 50 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް މިގެންނަ ބަދަލާއެކު 20026 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން އެންމެ ދަށް ރޭންކުގެ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި ކުރިން 10375 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށްފައި ކަމަށެވެ. އެގޮތުން އެރޭންކުގެ ޓީޗަރުންނަށް 12621 ރުފިޔާއަށް ބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުއެވެ.

އަދި އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު 5 އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 24،879 ރުފިޔާ ލިބޭނެކަމަށް ވެސް އފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެޑިޝަކަލް ފިސްކަލް އިމްޕެކްޓެއްގެގޮތުގައި އަހަރަކަށް 408 މިލިއަން ރުފިޔާ ސްކޫލް ޓީޗަރަކަށް ލިބޭއިރު އާ ޕޭ ފްރޭމްއާއި އެއްކޮށް ލީޑިންގ ޓީޗަރާސްއަށް އެލަވަންސްގެ ގޮތުގައި 2000ރ ދިނުމަށްވެސް ވަނީ ނިންމާފައި ކަމަށެވެ.

ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10375ރ. ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 12621 ރުފިޔާއަށް ބޮޑުވެއެވެ. ޑިގްރީ ޓީޗަރަކަށް މިހާރު 12398ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 18656 ރުފިޔާއަށް ބޮޑުވެއެވެ. އަދި މާސްޓާސް ޓީޗަރަކަށް މިހާރު 14436ރ. ލިބޭ އިތރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20،026 ރުފިޔާއަށް ބޮޑުވެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި، އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލުންނަށްވެސް މުސާރައިގެ ގޮތުގައި 29،445 ރުފިޔާ ލިބިގެންދާނެ ކަމަށާއި މިއީ ކުރިން ލިބެމުން އައި މުސާރަ ކަމުގައިވާ 16214 ރުފިޔާ އާއި އަޅާ ބަލާއިރު 82 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.
 ވަނަ ރޭންކުގެ ޕްރިންސިޕަލްގެ މުސާރަ 31،816 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު އެންމެ މަތީ ރޭންކުގެ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި 34،103 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން  ރޭންކް 1ގައި ހިމެނެނީ 127 ޕަރިންސިޕަލް- މިހާރު  16214ރ.  ލިބޭއިރު މި ބަދަލާ އެކު 29445ރ އަށް ބަދަލުވެއެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ރޭންކް 2ގައި 48 ޕްރިންސިޕަލުން ހިމެނޭ އިރު  އެޕްރިންސިޕަލުންނަށް މިހާރު ލިބެނީ 20،049ރ. އެވެ. މި ބަދަލާ އެކު 31816ރ އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެއްކެވެ.  އަދި ރޭންކަ 3ގައި ހިމެނޭ އެއްވެސް ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34103ރ. ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ރޭންކު 1ގެ ޑެޕިއުޓީ ޓީޗަރަކަށް 22،273ރ ބޮޑުކޮށްފައިވާއިރު، މިއީ ކުރީގެ މުސާރައާއި އަޅާ ބަލާއިރު 78 އިންސައްތަ އިތުރު އަދަދެކެވެ. ރޭންކު 2ގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 24941ރ އަށް ބޮޑުކޮށްފައިވާއިރު މިއީ 54އިންސައްތައިގެ އިތުރުވުމެއްގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް