އިންޑިއާ އައުޓް ކެމްޕޭން ރަމްޒުކޮށްދޭ ބޮޑު ބެނާއެއް ޕީޕީއެމް އޮފީސް އިމާރާތުގައި ހަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިނދިކޮޅުން ފަށައިގެން އުޅޭ އިންޑިއާ އައުޓް ކެމްޕޭން ބެނާއެއް  

ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ގޭގެ އިމާރާތުގެ ބޭރުގައި ހަރުކޮށްފިއެވެ.

އިންޑިއާ ދިދަ ކުރަހާ “ އައުޓް“ ޖަހާފައި ހަރުކޮށްފައި ހުރި މި ބޮޑު ބެނާގެ ދިގުމިނުގައި 40 ފޫޓު ހުރިއިރު ފުޅާ މިނުގައި ހުރީ 12 ފޫޓެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަރަކާތައް ހިންގުން މަނާކޮށ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ގަރާރެއް ނެރުއްވި ފަހުން ފުލުހުން އަންނަނީ އިންޑިއާ އައުޓް ރަމްޒުކޮށްދޭ  ބެނާތަށް ނަގަމުންމެވެ.

މި އީ އިންޑިއާ އައުޓް ބެނާތަށް ދެމުން މަނާކޮށް ފުލުހުން އެ ބެނާތަށް ނަގަން ފެށިފަހުން ޕީޕީއެމް އިމާރާތުގައި މިގޮތަށް ބޮޑު ބެނާއެއް ދެމި ފުރަތަމަ ފަހަރެވެ. ފުލުހުން އިންޑީއާ އައުޓް ކމްޕޭން ބެނާތަށް ނެގުމާއި ގުޅިގެން މިހާރު އެ ކެމްފޭނަށް ސަޕޯޓް ކުރާ މީހުން އެ ކެމްޕޭން ރަމްޒުކޮށްދޭން ގިނަ ގްރެފިކް ކުރަހުންތައް މާލޭގެ އެކި ސަރަހއްދުތަކާއި ރަށް ރަށުގައި ވެސް ދަނީ ކުރަހަމުންނެވެ.

އެގޮތުން ރަށްދެބައި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސް ގޭގެ ބޭރުގައި މިހާރު ވެސް ވަނީ ”އިންޑިއާ އައުޓް“ ރަމްޒުކޮށްދޭ ގޮތަށް ގްރެފިޓީއެއް ކުރަހާފައެވެ. އަދި އަލިކިލެގެފާނު މަގުގައި ހުންނަ ގ. ނޫފަރުގޭގެ ބޭރު ފާރުގައި ވެސް ވަނީ ހަމަ އެފަދަ ގްރެފިޓީތައް ކުރަހާފައެވެ

އިނދިކޮޅުން ބުނާ ގޮތުން އިންޑީއާ އައޓް ކެމްޕޭން ހުއްޓުމަކަށް ނާނާނެއެވެ. އަދި އެ ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ތެދުވާ ވަރަކަށް ކެމްޕޭން ދާނީ އިތުރަށް ވަރުގަވެގެން ކަމަށް ވެސް އިނދިކޮޅުން ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް