އަލަށް ބިނާކުރެވުނު ފްލެގްޝިޕް ސިޓީގައި މާލީ އިދާރާތަކަށްެ ދައުވަތު

ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ ޒިންހުއާ އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ވެރިރަށް ބެއިޖިންގެ ހުޅަނގު ދެކުނުން ސަތޭކަވަރަކަށް ކިލޯމީޓަރު ދުރުގައި އަލަށް ބިނާކުރެވެމުންދާ ފްލެގްޝިޕް ސިޓީއަކީ މާލީ އިދާރާތަކާއި ރިސާޗް އިންސްޓިޓިޔުޓް ތަކާއި އަދި ޢާންމު ޚިދުމަތުގެ އިދާރާތަކަށް އަމާޒުކޮށްގެން ބިނާ ކުރެވެމުންދާ ސަރަހައްދެކެވެ. އަދި އެ މަޝްރޫޢު ހިނގަމުންދަނީ ރޭވިފައިވާ ވަސީލަތްތަކާއި އެކުގައިކަމަށްވެސް ބުނެފައިވެއެވެ. އެހެންވީމާ އެ މަޝްރޫޢު ނިމުމާއިއެކު ކުރިން އިޝާރަތްކުރެވުނުމައިސަރުކާރުގެ މުއައްސަސާތަކުގެ މައި އިދާރާތައް މިތަނަށް ބަދަލުވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލެއްވިއެވެ.   ރައީސް ޝީ ޖިންޕިންގެ އަރިހުގައި ސުޕްރީމް ޕޮލިޓްބިއުރޯގެ ޕްރިމިއަރ ލީ ގިއަންގާއި […]

ސަޢޫދީ އީރާނުގެ އެކުވެރިކަމުގެ ހެކިތައް ސޫދާނުންވެސް

ދުބާއި އިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އެތައްޒަމާނެއް ވެފައިވާ ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ދެކޮޅުވެރިކަން އެކުވެރިކަމާއި އަޅާލުމަށް ބަދަލުވަމުންދާ ކަމުގެ ހެކިތައް ސޫދާނުގައި ހިނގަމުންދާ ދެކޮޅުވެރި ކަމުގެ ތެރެއިން މީހުން ސަލާމަތުގެ އައްސޭރިތަކަށް ގެންދިއުމުގައި ވަރަށް ރީތިކޮށް ހާމަވަމުން އެބަދެއެވެ.  ސޫދާނުގައި ތާށިވެފާތިބި އީރާނުގެ 65 މީހަކު ސަޢޫދީ ކަނޑުގެ ސިފައިން އުޅަނދުތަކުގައި ޕޯރޓް ސޫދާނުން ޖިއްދާއަށް ގެންގޮސް އެމީހުން ތެހެރާނަށް ވައިގެ މަގުން ފޮނުވުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެއްސިފައެވެ.  އިރާނުގެ ޚާރިޖިއްޔާގެ ސްޕޯކްސްޕަރސަން ނާސިރު ކަންއާން ވިދާޅުވީ […]

ބްރިކްސްއަށް މެމްބަރުން އިތުރުކުރަނީ

ވިދަމުން އަންނަ މާކެޓް-ބްލޮކް ބްރިކްސްގައި ބައިވެރިވުމަށް 19 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށް ހުށައަޅާފައިވާތީ އެ ގްރޫޕުގެ ވެރިންގެ އަހަރީ ބައްދަލުވުމުގެ ކުރިން އެހުށައެޅުންތަކާއި ދޭތެރޭ މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިއަންނަ ޖޫންމަހުގެ 2ން 3ށް  ބާއްވަން ހަމަޖެހިފައިވާކަން އެ ގްރޫޕަށް ދެކުނު އެފްރިކާއިން ކަނޑައޅުއްވާފައިވާ ސަފީރު އަނިލް ސޫކްލާލް ވިދާޅުވެއްޖެއެވެ.  އޭނާ ވިދާޅުވިގޮތުގައި 13 ގައުމަކުން ރަސްމީގޮތުން ހުށއެޅުން ލިބިފައިވާއިރު އިތުރު 6 ގައުމަކުން ނުރަސްމީގޮތުން ހުށައަޅުއްވާފައި ވެއެވެ. އަހަރެމެންނަށް ވަރަށްގިނަ ހުށައެޅުންތައް މިހާރުވެސް އަންނަމުން އެބަދެއެވެ. ޔުނައިޓެޑް […]

ބައިޑްންގެ ރިޔާސަތުގައި އެމެރިކާގެ ދަންމަރު ނިވިއްޖެ

މިދިޔަ ހަފްތާގެ ވީކްއެންޑްގައި އެންމެ ފަލަ އެއްސުރުޚީއަކަށް ބައިނަލް އަގްވާމީ މީޑިއާއިން ފެނިގެންދިޔައީ އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފުގެ އެސޯޝިއޭޓެޑް އެޑިޓަރ ކަމިލާ ޓޮމިނޭ ލިއުއްވާފައި ލިއުއްވުމެކެވެ. ލިއުއްވުމުގެ ސުރުޚީގެ ދިވެހި ތަރިޖަމާއެއް އަޅުގަނޑުގެ ފެންވަރުގައި އެއޮތީ ބުނެފައެވެ.                  ކަމިލާގެ ލިއުއްވުން ވަރަށް ޚުލާސާ ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ ދުނިޔޭގެ މަސްރަހުގައި މީގެކުރިން އެމެރިކާ އަދާކުރަމުން ގެންދިޔަ ބާރުގަދަ މަގާމާއި އެހެންނަމަވެސް މިހާރު ފެންނަމުންދާ މަންޒަރު ތަކުގެ މައްޗަށެވެ.  އެކަމަނާގެ ލިއުއްވުން […]

މޫސުމުގެ ގަދަފަދަ މުސީބާތްތައް އެންމެ ގިނައިން އެމެރިކާއަށް މެދުވެރިވަނީ ކީއްވެގެން

މޫސުމް ދިރާސާ ކުރާ އިދާރާތަކުން ސިފަކުރާގޮތުގައި އެމެރިކާއަކީ މޫސުމުގެ ގަދަފަދަ މުސީބާތްތައް އަޅަން ޖެހިފާއޮތް ސުންބުންޔެކެވެ.                                                     ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މޫސުމުގެ ސުންޕާކަން އެމެރިކާއަށް އެންމެގިނައިން މެދުވެރިވާ ސަބަބަކީ އެގައުމު އޮތް ސަރަޙައްދެވެ.  ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑަށް ހުޅުވިފައި އޮތުމާއި ގަލްފް […]

ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ހުޅަނގާއި އިދިކޮޅު ޖަމާޢަތާއި ސަޢޫދީންވެސް ގުޅެނީ

މެދުއިރުމަތީގައި އެމެރިކާއިން އަދާކުރަމުން ގެންދިޔަ ބާރުގަދަ ދައުރުގެ ހުޅުތަކުގައި ދަބަރުޖަހަން ފެށުމާއިއެކު ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ހުޅަނގުގެ ނުފޫޒުން އެއްކިބާވުމުގެ ޖަމާއަތް ޝެންހާއި ކޯޕަރޭޝަން އޯރގަނައިޒޭޝަންގައި ބައިވެރިވުމަށް ސަޢޫދީ އެރޭބިޔާ އިންވެސް ގަސްދުކޮށްފިއެވެ. ސަޢޫދީ ސްޓޭޓް ނިއުސް އޭޖެންސީން ކަށަވަރުކޮށް ދީފައިވާ ގޮތުގައި އެ ޖަމާއަތުގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ “ ޑައިލޮގް ޕާރޓްނަރ “ އަކަށް ވުމަށް ސަޢޫދީ ވަޒީރުންގެ މަޖިލީހުން ވަނީ ސަރުކާރަށް ހުއްދަ ދީފައެވެ. 2001 ވަނަ އަހަރު ޗައިނާއާއި ރަޝިޔާގެ އިސްނެގުމާއެކު އުފެދުނު މި ޖަމާއަތް މިހާރު ވަނީ ސިޔާސީ އަދި […]

ގްރޭޓަރ އިސްރާއީލަށް މަގުކޮށުން، ޔަހޫދީންގެ މަކަރުވެރި ރޭވުން

މިލިއުމަކީ ދީނީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔާ ލިއުމެއް ނޫނެވެ. މަގްސަދަކީ ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ލިއުންތަކާއި ވީޑިއޯ މެސެޖްތަކެއްގައި އެ ކަންކުރާ ބަޔަކު ބޭނުންވާގޮތަށް ތާރީޚާއީ ނަސާރާ އަދި ޔަހޫދީ ދީނުގެ މަޢުލޫމާތު ތަކެއް ތަރުޖަމާކޮށްގެން ފަތުރަމުން ގެންދާ ޚަބަރުތަކަކުން ދޭހަކުރެވޭ މާނަ ސަންދާނުގެ ކިއުންތެރިންގެ ވިސްނުމާއި މަޢުލޫމާތަށް ގެނެސްދިނުމެވެ.  އަޅުގަނޑު ގަބޫލުކުރާގޮތުގައި ތާރީޚުގެ އިލްމުގައި ދިރާސާކުރާ ބައެއްގެވިސްނުމާ ފިކުރު އަބަދުވެސް ވަރަށް ބޮޑަށް އެކުލެވިފައި ވާނެއެވެ. ސައްޙަ ސަނަދަކުން ތާރީޚް އިލްމު އޮޅުންފިލުވާ ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. […]

އީރާނުން ދުރުރާސްތާ ކުރޫޒް މިސައިލް އުފައްދައިފި

ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި 1650 ކިލޯމީޓަރަށް ދަތުރުކުރާނެ ދުރުރާސްތާ ކްރޫޒް މިސައިލް އީރާނުން އުފައްދައިފިއެވެ. އީރާނުގެ އިންގިލާބީ ސިފައިންގެ ކޮމާންޑަރު މިދިޔަ ހުކުރު ދުވަހު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ. މިއީ ރަޝިޔާއިން މިހާރުވެސް ޔޫކްރެއިން ހަނގުރާމައިގާ އީރާނުގެ ޑްރޯން ބޭނުންކުރަމުން ގެންދާތީ މިކަމާހުރެ އެމެރިކާއާއި ހުޅަނގުގެ ކަންބޮޑުވުން އިތުރުވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ.   ޚައިބަރ ޝޭކަންގެ ނަންދެވިފައިވާ މިސައިލް ދައްކާލުމުގެ ރަސްމިއްޔާތުގައި އީރާނުގެ އާރމްޑް ފޯސަސްގެ ޗީފް އޮފް ސްޓަފް އާއި އިންގިލާބީ ސިފައިންގެ އެއިރޯސްޕޭސް ފޯސްގެ އެންމެ އިސްވެރިޔާ އަމީރުޢަލީ […]

ބަޙްރައިންގެ އިލްމުވެރިންތަކެއް ޖިނާޢީ ޝަރީޢަތުގެ ކުރިމައްޗަށް

އެރޭބިއަން ގަލްފް ނުވަތަ ޕާރޝިއަން ގަލްފުގައި އޮންނަ ބަޙްރައިން އެވެ ކިއުނު ޖަޒީރާ ގައުމުގައި މިއަދު އިސްލާމްދީނުގެ ތިން ދަންނަބޭކަލަކު ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރެވޭނެއެވެ. އެބޭފުޅުން ޙާޒިރުކުރެވެނީ އިސްލާމްދީނުގެ އަސްލުތަކާއި ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަ ފުޅުތަކަކާއި ގުޅޭ ގޮތުންނެވެ. ބަޙްރައިނަކީ ޝިޔާޢީ ވިސްނުމުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތަކު ދިރިއުޅޭ ގައުމެއްނަމަވެސް ވެރިކަމުގެ ބާރުތައް އޮންނަނީ ސުންނީ ވިސްނުމުގެ ބޭފުޅުން އަތްމަތީގައެވެ. އެ ތިން ދަންނަ ބޭކަލުންވެސް ނިސްބަތްކުރެވެނީ ބަހްރައިންގައި ތަޖްދީދުގެ ނަމުގައި ހިންގާ ޝިޔާޢީ ވަކި ފިކުރެއްގެ ޖަމާއަތަކަށެވެ. އެބޭފުޅުން ބަހުސްކުރައްވައި ވަކާލާތު ކުރަމުން ގެންދަވަނީ އިސްލާމީ ފިގުހާއި […]

އިންޑިއާ ޕާކިސްތާނުގެ ލޯބީގެ ނިމުން ޖަލާހަމަޔަށް

ޒުވާން އުމުރުގެ ލޯތްބަކީ އޭގައި ޝާމިލުވާ ދެމީހުން ފިޔަވައި އެހެންމީހަކަށް ތަސައްވުރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަލިފުޅާއި ދޮންހިޔަލަކަސް ލައިލާ މަޖުނޫނަކަސް ތަފާތެއް ނެތެވެ. އެ ދެމީހުންގެ ޖަޒްބާތުތައް އޮޅުންފިލުވާދިނުން ޚުދު އެ ދެމީހުންނަށްވެސް އޮންނަނީ ނުކުޅެދިފައެވެ.  މިފަހަރު މިއޮތީ ލޯބީގެ އިޙްސާސްތައް ވިސާއަކާ ނުލައި އެހެންގައުމަކަށް ވަދެފައެވެ. ޝާމިލުވާ ދެމީހުންގެ ދެކޭގޮތުގައި ޕާސްޕޯޓާއި ވިސާއޮތީ އެމީހުންހިތުގައި މާކުރިންވެސް ޖަހާދީފައެވެ.                                 […]