އަނެއްކާވެސް ކާރގޯ ބޯޓުފަހަރަށް ރިޔަލުގެ ޒަމާން 

ޖައްވުތެރެއަށް ފޮނުވާ ވިހަ ގޭސް ތައް މަދުކުރުމުގެ ބޭނުމުގައި ސައިންސާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން އަނެއްކާވެސް ރިޔަލުގެ ޒަމާން އަތުވެއްޖެއެވެ. މިފަހަރު މަސްދޯނި ދޯނިފަހަރުގައި އެކަންޏެއް ނޫނެވެ.        އިންޖީނާއިއެކު ރިޔަލުގެ ބޭނުންވެސް ކޮށްގެން ދުއްވާގޮތަށް އިނގިރޭސި ވިލާތުގެ ބާރ ޓެކްނޯލޮޖީސް އިން އީޖާދުކުރި ނިޒާމް ގާއިމްކުރި ފުރަތަމަ ކާރގޯ ޝިޕް “ ޕިކްސިސް އޯޝަން “ ގެ ފުރަތަމަ ދަތުރު އިނގިރޭސި ވިލާތުގެ ކާރގިލްސް އިން މިހާރު ވަނީ ޗާރޓަރު ކޮށްފައެވެ. މިއީ ނުވަދިހަ ދެހާސްޓަނުގެ ބަލްކް ކެރިއަރެކެވެ. ދިގުމިނުގައި 229 މީޓަރ އަދި ފުޅާ މިނުގައި 32 މީޓަރު ހުންނަ މި […]

ނޭޓޯއިން ޔޫކްރެއިން ބޭނުންކުރަނީ ހަތިޔާރުތަކުގެ ފެންވަރު ބަލަން

ބިޒްނަސް އިންސައިޑަރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ނޭޓޯގެ ގައުމުތަކުން ޔޫކްރެއިންގެ ބޭނުން ކުރަމުން އެ ގެންދަނީ ނޭޓޯއިން އުފައްދާ ހަތިޔާރުތަކުގެ ފެންވަރު ބެލުމަށްޓަކައެވެ. ޔޫކްރެއިންގެ ދިފާއީ ވަޒީރާއި ޔޫކްރެއިންގެ ދިފާއީ އިންޑަސްޓްރީ ތަކުގެ ތަޖްރިބާކާރުން ފައިނޭންޝަލް ޓައިމްސް އަށް މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ހަނގުރާމައަކީ ނޭޓޯގެ ގައުމުތަކުން އުފައްދާފައިވާ ހަތިޔާރުތަކުގެ އަޖުމަ ބަލަން ކުރެވޭ ހަނގުރާމައެއ ްކަމަށާއި ޕެޓްރިއޮޓް އެއަރ ޑިފެންސްގެ ނިޒާމު ބޭނުން ކޮށްގެންވެސް ވައްޓާ ނުލެވޭނެކަމަށް ރަޝިޔާއިން ބުނަމުންގެންދާ ކިންޒަލް މިސައިލް ފަދަ ކުރިއަރާފައިވާ ހަތިޔާރުތަކުގެ ގިނަ މަޢުލޫމާތު ތަކެއް ލިބެމުންދާކަމަށެވެ. ނޭޓޯގެ މެމްބަރުންގެ ތެރޭގައި ހިމެނޭ […]

ހޫނުމޫސުމުގައި ތެޔޮ އުފެއްދުން މަދުކުރާނަން

މިއަންނަ ހޫނު މޫސުމުގައި ތެޔޮ އުފެއްދުން މަދުކުރަމުން ގެންދާނެ ކަމަށް ސައޫދީ އެރޭބިޔާއާއި ރަޝިޔާއިން ކަނޑައަޅައިފިއެވެ. ރަޝިޔާގެ އުފެއްދުމުން ދުވާލަކު ބައިލައްކަ ފީފާ މަދުކުރާނެކަމަށާއި އަދި ސަޢޫދީ އެރޭބިޔާގެ އުފެއްދުމުން ދުވާލަކު 1.4 މިލިއަން ފީ މަދުކުރާނެއެވެ. ދެ ގައުމުން މިގޮތަށް ނިންމާފައިވަނީ މިދިޔަމަހު ބޭއްވި ބައްދަލުވުމެއް ގައެވެ. މަގްސަދަކީ ހޫނު މޫސުމުގައި ތެޔޮ ބޭނުންކުރެވޭވަރު އިތުރުވެގެން ދާނެތީތެލުއަގު ދަށްވިޔަ ނުދިނުމެވެ. ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވެފައިވަނީ އެ ގައުމުން ތެޔޮއުފައްދާ މިންވަރުން ދުވާލަކު ބައިމިލިއަން ފީފާ މިހާރު ވާނީ މަދު ކޮށްފާ ކަމަށެވެ. އަދި ސަޢޫދީން ބުނަނީ އެގައުމުން ތެޔޮ […]

އީރާނަށް ވެރިވެގަތުމުގެ އިންޒާރު ތާލިބާނުން ދީފި

އޭ އެފް ޕީ ގެ ޚަބަރުތައް ބުނާގޮތުގައި އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި އަދި އެމެރިކާ ސިފައިން އެގައުމުން ބޭލުމަށްފަހު މިހާރު ގާއިމް ކޮށްފައިއޮތް ތާލިބާނުންގެ ސަރުކާރުގެ ވެރިންނަށް ވެރިކަން ކުރަން އެނގޭ ހަމައެކަނި ސިޔާސަތެއް ކަމަށް ބެލެވިފައި މިވަނީ ގަދަފަދަކަން ދެއްކުމާއި އަނިޔާވެރިކަމާއި ގޮތްދޫނުކުރުމެވެ.                                                     […]

މުޅި ދުނިޔެއަށް މަޝްހޫރު ވިސްލްބްލޯވަރ މަރުވެއްޖެ

ޕެންޓަގަން ޕޭޕަރސް ލީކުކޮށްލި މަޝްހޫރު ޑެނިއަލް އެލްސްބަރގް 92 އަހަރުގައި މިދިޔަ ހުކުރުދުވަހު މަރުވެއްޖެއެވެ. އެކަން އޭނާގެ އާއިލާއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ މަޝްހޫރު ވެފައިވަނީ އެމެރިކާއިން ވިއެޓްނާމްގައި ކުރަމުންދިޔަ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަން އެމެރިކާއަށް އެނގޭ އިރުވެސް އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރައީސް ރިޗަރޑް ނިކްސަން އާއި ދެން އައި ސަރުކާރު ތަކުން 1945 އިން 1967 އާ ދެމެދު ނިންމަވާފައިވާ ސިޔާސީ  ނިންމުން ތަކުގެ ކިތާބީ ހެކިތައް ފަޅާއަރުލުމުންނެވެ. އެ ކަރުދާސްތަކުން އެނގޭ ގޮތުގައި 1968 އާއި 1969 އާ ހަމަޔަށް ދިޔައިރު އެމެރިކާގެ ގިނަ ރައްޔިތުން ވިއެޓްނާމް […]

ޔޫކްރެއިން ބަލިވާނަމަ އެމެރިކާ ޖެހޭނީ ހަނގުރާމާގައި ބައިވެރިވާން – ބައިޑަން

ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި މަގުފަހިކޯށްދޭ މީހަކަށްވެވަޑައި ނުގަންނަވާނެ ކަމަށާއި ޔޫކްރެއިނުން މިހާރު ރަޝިޔާއާއެކު ހަނގުރާމައެއް ކުރަމުން ގެންދިއުމުގެ ސަބަބުން ނޭޓޯގެ މެމްބަރަކަށް ވުމުގެ ޝަރުތުތައް ފުރިހަމަ ކުރުމަކީ ޔޫކްރެއިންގެ މަސްއޫލިއްޔަތެއް ކަމުގައި ރައީސް ޖޯ ބައިޑެން މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. އަދި އެކަމުގައި މަގުފަހި ކޮށްދޭ މީހަކަށް ވެވަޑައި ނުގަންނަވާނެ ކަމަށާއި ނޭޓޯގެ މެމްބަރުކަމުގެ ޝަރުތުތައް ޔޫކްރެއިނުން ފުރިހަމަ ކުރާނެކަމުގެ ޔަގީން އެބައޮތް ކަމަށެވެ.   އެކަމަކު އެއީ އޮޓޯމެޓިކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި މިހާރުވެސް ބޯލްޓިކްގެ އެސްޓޯނިޔާއާއި […]

މަންމަގެ ހަނދާނުގައި ބިނާކުރި ތާޖް މަޙަލް

ޝާހްޖަހާން އޭނާގެ އަނބިމީހާ މުމްތާޒް އަށް ޓަކައި ބިނާކުރި ތާޖްމަޙަލް އަކީމުޅިދުނިޔެއަށް މަޝްހޫރު ބިނާއެކެވެ. ވެރިކަމާ ފައިސާއާއި އާރާއި ބާރު ލިބިފާއިވާނަމަ އާދަޔާ ޚިލާފް ކަންތައް ކުރުމަކީ އޭނާގެ ދާއޮހޮރުމަކާއި ނުލައި ކުރެވިދާނެ ކަމަކެވެ.  މިސްރުގެ ޕިރަމިޑްތަކާއި އިޓަލީގެ ޓަވަރ އޮފް ޕީސާ އާއި ޗައިނާގެ ބޮޑުފާރަކީ މިކަމުގެ ދިރިހުރި މިސާލުތަކެކެވެ. އަދި މިނޫނަސް އެތައްބައިވަރު މިސާލުތަކެއް ދުނިޔޭގެ ކަންކޮޅުތަނުން މިއަދުވެސް ފެންނާން އެބަހުއްޓެވެ.  އެހެންނަމަވެސް މަންމަގެ ލޮބުވެތި ހަނދާނުގައި އަމިއްލަ ދަރިއަކު ތަޖްމަޙަލެއް ބިނާކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އަމުދުން މައިން ބަފައިންނާއި ދަރިންގެ […]

ފޯޅަވައްސަކީ ބެހިގެންދިޔަ ކަމަށްބުނާ މަސްވެރިންގެ ނަރަކައަށް ވެއްޖެ

2023 ޖޫން 11 ވަނަ ދުވަހު ބީ ބީ ސީ އިން ޚަބަރު ދީފައިވާގޮތުގައި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލުގައި ޖެހުނު މަސްބޯޓެއްގެ މަސްވެރިން ސަލާމަތްކޮށްގެން ފޯޅަވައްސަށް ގެންދެވުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.  އެހެންނަމަވެސް މިއަދު އެމީހުން ތަޖްރިބާ ކުރަމުން ގެންދަނީ މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ޣަރަގުވެ މަރުވެގެން ދިއުމަށްވުރެންވެސް މާބޮޑު ބިރުވެރިކަމެކެވެ.  ސަލާމަތުން އެނބުރި ގައުމަށް ދެވިދާނެ ކަމުގެ އެއްވެސް އުންމީދެއްނެތި ކޮންމެ ދުވަހަކު އަނިޔާވެރިކަމުގައި އެތައްފަހަރަކު މަރުވަމުންދާ ކަމުގެ ހިތްދަތި އިޙްސާސްތަކެކެވެ.  […]

ފޯޅަވަހީގެ ނަމުގައި ސިޔާސީ ދެބޯގެރި ދުއްވުން

މިދުވަސްވަރު ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކަށް ފޯޅަވަހީގެ ވާހަކައަށް މިވަނީ ވެފައެވެ. ކުރިމަތީގައި އޮތް ބޮޑު އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅޭގޮތަށް ދެބޯގެރި ދުވާނެ ރަނގަޅު ވާހަކައެއް ފާޅުވީމައެވެ.  ފޯޅަވަހި ދިވެހިންގެ ތަނަކަށް ހެދުމަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކުރާނެކަން ހޭދަވާ ޢިބާރާތްތައް ސިޔާސީ ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ. މިއީ އެކަހަލަ ވާހަކަ ދައްކަން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ކަންކަމުގެ ޙަގީގަތް އޮޅޭގޮތަށް އިންތިޚާބު ކާމިޔާބުވުމުން ނުކުރާނެ ކަމަށް ހިތްނިޔަތް ގަނެފައިވާ ކަންތައްތައް ކުރާނެކަމަށް ވަޢުދު ވުމަކީދެކެފާވާ މަޒީގައި ސިޔާސީ ބޭފުޅުންގެ ފަލްސަފާއެވެ.   […]

ފޭކް އޮރިޔާން ފިލްމެއްގެ ސަބަބުން ތުރުކީގެ ރިޔާސީ އިންތިޚާބުއެކޮޅުކޮޅުން ޖެހިދާނެ

ތުރުކީގެ ރައީސްކަމަށް ވާދަކުރައްވަމުން ގެންދަވާ ކަމާލް ކިލިޖްދަރޯލޫއަށް ރިޔާސީ އިންތިޚާބު ފަހިކޮށްދިނުމުގެ ގޮތުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެތައްފަހަރަކު ފޯނުކޮށް ވާހަކަދެއްކުމުންވެސް މުހައްރަމް އިންޗޭގެ ކެންޑިޑޭސީ ނަގާކަށް އެއްބަހެއް ނުވެވުނުކަމަށް ބުނެފިއެވެ.  އެންމެފަހުން އިންތިޚާބުގެ ކަރުދާސް ޗާޕްވެގެން ނިކުތީ އެބޭފުޅާގެ ނަމާވެސް އެކުގައެވެ. ދެންކުއްލިއަކަށް ފެނިގެންދިޔައި އިސްރާއީލުގެ އޮރިޔާން ސައިޓެއްގައި މުހައްރަމްގެ އޮރިޔާން ފޮޓޯތަކެއް ހާމަވެގެންދިޔަތަނެވެ. ދެން އެބޭފުޅާއަށް ޖެހިވަޑައިގަތީ އިންތިޚާބުން ވަކިވެ ވަޑައިގަންނަވާށެވެ. އެހެނީ އޭގެ ތެދުދޮގު ގަބޫލުކުރުވަން މަސައްކަަތް ކުރެއްވުމަށްވުރެ އަބުރު ރައްކާތެރިކުރެއްވުމަށް ނިންމެވީކަމުގައި ބުނެފާވެއެވެ.  މުޙައްރަމް ވިދާޅުވިގޮތުގައި އެއީ […]