ރަޝިޔާގެ ގްލައިޑް ބޮމުގެ ހަމަލާތަކެއްގައި ޔޫކްރެއިން ގުޑުވާލައިފި

Loading

Facebook
Twitter
WhatsApp

 ޔޫކްރެއިންގެ މިލިޓްރީންނާއި އަދި އާންމުން ދިރިއުޅޭ އެއް ސަރަޙައްދަކަށް ރަޝިޔާއިން ބާރުގަދަ ގްލައިޑް ބޮމުގެ 40 ޙަމަލާ ދީ އެ ސަރަޙައްދު ގުޑުވާލަފިކަމަށް މިލިޓްރީ ތަޖްރިބާކާރުން މީޑިއާތަކަށް ހާމަކޮށްފިއެވެ. 

އެމެރިކާގެ ފޯރބްސް މަޖައްލާއިން ބުނެފައިވާ ގޮތުގައި އޭގެ ކޮންމެ ބޮމެއްގެ ބަރުދަން 3300 ރާތަލާ ގާތްކުރާނެއެވެ. 

ފާއިތުވެގެން މިދާ ދެތިން މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ދެމުންގެންދާ މިފަދަ ޙަމަލާތައްވެސް ވަނީ އިތުރު ކޮށްފައެވެ. އަދި މި ޙަމަލާތަކުގައި ގްލައިޑް ބޮމް ބޭނުންކުރުންވެސް ވަނީ އިތުރުކޮށްފައެވެ.

ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި 45 މޭލުގެ ސަރަޙައްދެއްގައި ކަނޑައެޅޭ ވަކި އަމާޒަކަށް މިބާވަތުގެ ބޮން ފޮނުވާލެވޭނެއެވެ. އަދި އޭގެ ބިޔަ ބަރުދަނުގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންތައް ލިބިގެންދާނެއެވެ.

ޔޫކުރެއިންނާއި ރަޝިޔާ އާއި ދޭތެރޭ  އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެނހީގައި ކުރެވެމުންމިދާ ފަނާކުރަނިވި ހަނގުރާމަ ނިމުމަކާ ކައިރި ނުވެގެން އުޅެނިކޮށް އެމިރިކާގެ މެދުއިރުމަތީގެ ބައިވެރިޔާ މެދުވެރިކޮށް މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފަލަސްތީނާއި އިޒްރޭލާއި ދެމެދު މިވަނީ ފެށިފައެވެ. އަދި އެމެރިކާގެ އެދުމުގެ މަތީން ޔޫރަޕްގެ ގައުމުރައް މިހާރުވަނީ ފަލަސްތީނު އަޅުވެތިކުރަން ކުރާ ފަނާކުރަނިވި މި ހަނގުރާމައިގާ ބައިވެރިވާން ނިންމާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް