އިސްރާއީލާ ތޮޅެން ނިކުމެއްޖެނަމަ ދެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަރެންނަށް - ބައިޑަން

Loading

Facebook
Twitter
WhatsApp


ބެއިރޫތުން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓްކޮށްފައިވާ އީރާނުގެ ޚާރިޖީ ވަޒީރު  ހުސައިން އަމީރު ޢަބްދުއްލާ އަން ލެބަނަންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލ ުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ޙަމަލާތައް ވަގުތުން ހުއްޓާ ނުލައިފިނަމަހަނގުރާމަ މެދުއިރުމަތީގެ އެހެން ދިމަދިމާލަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިވަގުތު އުޅުއްވަނީ ބަޣްދާދަށާއި ބެއިރޫތު އަދި ދިމިޝްގަޢް ކުރައްވާދަތުރުފުޅެއް ގައެވެ. ބެއިރޫތުގައި ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ އާއި ޕާރލަމެންޓުގެ ރައީސް އަދި ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲ އާއި ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.                                                         

މެދުއިރުމަތީގެ ބާރުގަދަ މިލިޓެންޓް ޖަމާޢަތްތަކުގެ “ އެކްސިސް އްފް ރެޒިސްޓެންސް “ ރިޔާސަތަކީ އީރާނެވެ. ޙަމާސްއާއި އިސްރާއީލުގެ ޙަމަލާތަކާއި ގުޅިގެން ލެބަނަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އަދި މި ޙަމަލާތަކުގައި މިހާތަނަށް އެތައް ބަޔަކު މަރުވެފައި ވުމާއެކު ލެބަނަން އާއި އިސްރާއީލުގެ ބޯޑަރުގައި ޙިޒްބު ﷲ ގެ ހަނގުރާމަ ވެރިންވެސް ތިބީ ތައްޔާރީ ޙާލަތުގައެވެ.

މިހާރުވެސް ދޭތެރެ ދޭތެރޭން ބަދަލުކުރެވެމުންދާ ޙަމަލާތަކުގައި ޙިޒްބު ﷲ ގެ 3 ހަނގުރާމަވެރިޔަކު މަރުވެފައިވާއިރު އިސްރާއީލުން ބުނަނީ އިސްރާއީލުގެ ސިފައިންގެ މީހަކުވެސް މަރުވެފައި ވާކަމަށެވެ.                                             

މިދިޔަ ބުރާސްފަތިދުވަހު އިސްރާއީލުން ދިން ޙަމަލާގައި ދިމިޝްގާއި ހަލަބުގެ އެއަރޕޯރޓުން ވަނީ ވަގުތީ ގޮތުން ޚިދުމަތް ކަނޑާލަން ޖެހިފައެވެ. އެ ދެ އެއަރޕޯރޓްގެ ބަދަލުގައި މަތިންދާބޯޓު ދަތުރުތަކަށް މިހާރު ބޭނުންކުރެވެނީ ލަތާކިޔާގެ އެއަރޕޯރޓެވެ.                                                      

އެމެރިކާގެ މަނަވަރުތައް ފޮނުވުމާއެކު ރައީސް ބައިޑަން އިންޒާރު ދެއްވާފައިވަނީ“ އެއްވެސް ބަޔަކު އިސްރާއީލާ ދެކޮޅަށް ނުނިކުތުމަށާއި އެމެރިކާއިން އިސްރާއީލު ރައްކާތެރި ކުރާނެ ކަމަށެވެ. އަދި އެއްވެސް ބަޔަކު އިސްރާއީލާ ދެކޮޅަށް ނިކުމެއްޖެނަމަ ދެން ކަންތައްކުރާނ ެގޮތް އެނގޭނީ އަހަރެންނަށެވެ“. 

އެކަމަކު ދެން ކަންތައް ކުރާނެގޮތް ހާމައެއް ނުކުރެއެވެ. ރައީސް ބައިޑަންގެ ބަޔާނުގައި އެންމެ ހެއްވާ ކަމެއްގެ ގޮތުގައި މީޑިއާތަކުން ފާހަގަކުރަނީ އެއްވެސްބަޔަކު އިސްރާއީލާ ދެކޮޅަށް ނުނިކުމެ ތިބުމަށް އަންގަވާފައި ފަލަސްތީނުގެ ހުރިހާމީހުން މަރަން އިސްރާއީލުގެ ސިފައިންނަށް ފުރުސަތު ހުޅުވާދިނުމެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެހެންމީހުން ހަމަހިމޭނުން ތިބެން އަންގާފާ އިސްރާއީލުން ބޭނުން ގޮތަކަށް ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މަރަން ފުރުސަތު ހުޅުވާދިނުމަކީ ރައީސް  ބައިޑަން އަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށް ގަބޫލެއް ނުކުރެނެވޭނެ ކަމަށެވެ.

އަދި މިދަތުރުފުޅުގައި ލެބަނަން އަށް ވަޑައިގަތުމުގެ މައިގަނޑު ބޭނުންފުޅަމީ މަސްރަޙު ނުތަނަވަސް ވެފައިވާ މި ދަނޑިވަޅުގައި ލެބަނަން ގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށެވެ.

އަދި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި ޙަމާސްގެ ޙަމަލާތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެން އަމިއްލަ ދިފާޢުގައި ކުރަމުންގެންދާ ޖިހާދެކެވެ.                        

އިސްރާއީލުގެ ޙަމަލާތައް ނުހުއްޓައި ކުރިޔަށް ގެންދާނަމަ ޙަމާސްއަށް އެހީތެރިވުމަށްޓަކައި ޙިޒްބުﷲގެ ފައުޖުތަކާއި އަދި އީރާނުންވެސް ހަނގުރާމައިގެ ތެރެއަށް ވަންނާން ޖެހިދާނެކަމަށް ޙަމާސްގެ ވަރަށް އިސް ބޭފުޅަކު ކަމުގައިވާ އަލީ ބާރަކާ އެސޯޝިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ގާހިރާގައި އަރަބި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި އިސްރާއީލުން ބައިނަލް އަގްވާމީ އަމުރުތަކާއި އެއްގޮތަށް ދެ ދައުލަތް އުފެއްދުމަށް މަގުފަހިކުރަން އަނެއްކާވެސް ގޮވާލައިފިއެވެ.

އެ ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތުގެ ނަން ގެނައުމަކާނުލައި ސަޢޫދީ ވަލީ އަޙްދު ސަލްމާން (އެމް.ބީ.އެސް) ވިދާޅުވެފައިވަނީ ފަލަސްތީނުގެ ޙައްގުތައް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި ސަޢޫދީ އެރޭބިޔާގެ ވިސްނުން ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށެވެ. 

ސަޢޫދީ އެރޭބިޔާގައި ޝާހީ ޚާންދާނުގެ ސިޔާސަތަށް ފާޑުކިއުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ބެލެވުނަސް ސަޢޫދީ އާންމު ރައްޔިތުންގެ ވިސްނުމާއިފިކުރަށް އެ ޚާންދާނުން ވަރަށް ބޮޑު ފަލަސްތީނު މައްސަލައިގާ ސަމާލުކަމެއް ދެމުން ގެންދެއެވެ. އެމެރިކާގެ ބާރު އެޅުމާއި އެކުވެސް އިސްރާއީލާއެކު ބައެއް އެހެން ޢަރަބި ގައުމުތައް ފަދައިން ސަޢޫދީން ގުޅުން ނުއުފެއްދުމުގެ ހަގީގަތަކީވެސް މިއީއެވެ.                                                 

މިހާރު ހިނގަމުންދާ ހަނގުރާމައިގާ ސަޢޫދީގެ ވިސްނުމަށް ބައިޑަން ސަރުކާރުން ނުރުހިފާ ހުރުމާއި އެކުވެސް ސަޢޫދީން ބުނަމުން ގެންދަނީ 2 ދައުލަތް އުފެއްދުން ނޫން އެހެނ ްގޮތަކަށް އެއްބަސް ނުވާނެކަމަށެވެ.

އަދި އިސްރާއީލާއެކު ގުޅުން އުފެއްދުމަށް ކިތަންމެ ގިނަ މަޝަވަރާތަކެއް ކުރެވެމުން ދިޔަނަމަވެސް ސަޢޫދީން ބޭނުންވާގޮތަށް މެނުވީ އެ ގުޅުން ނުއުފެއްދޭނެ ކަމަށެވެ.                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް