މަންމަގެ ހަނދާނުގައި ބިނާކުރި ތާޖް މަޙަލް

Loading

Facebook
Twitter
WhatsApp

ޝާހްޖަހާން އޭނާގެ އަނބިމީހާ މުމްތާޒް އަށް ޓަކައި ބިނާކުރި ތާޖްމަޙަލް އަކީމުޅިދުނިޔެއަށް މަޝްހޫރު ބިނާއެކެވެ. ވެރިކަމާ ފައިސާއާއި އާރާއި ބާރު ލިބިފާއިވާނަމަ އާދަޔާ ޚިލާފް ކަންތައް ކުރުމަކީ އޭނާގެ ދާއޮހޮރުމަކާއި ނުލައި ކުރެވިދާނެ ކަމަކެވެ. 

މިސްރުގެ ޕިރަމިޑްތަކާއި އިޓަލީގެ ޓަވަރ އޮފް ޕީސާ އާއި ޗައިނާގެ ބޮޑުފާރަކީ މިކަމުގެ ދިރިހުރި މިސާލުތަކެކެވެ. އަދި މިނޫނަސް އެތައްބައިވަރު މިސާލުތަކެއް ދުނިޔޭގެ ކަންކޮޅުތަނުން މިއަދުވެސް ފެންނާން އެބަހުއްޓެވެ. 

އެހެންނަމަވެސް މަންމަގެ ލޮބުވެތި ހަނދާނުގައި އަމިއްލަ ދަރިއަކު ތަޖްމަޙަލެއް ބިނާކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އަމުދުން މައިން ބަފައިންނާއި ދަރިންގެ ގުޅުން މީގެކުރިން ދުވަހަކުވެސް ހީނަރު ނުވާވަރަށް ނިކަމެތިވެ އަޅާލުން ކުޑަވަމުންދާ ދުވަސްވަރެއްގައެވެ.                        

އިންޑިއާގެ ޗެންނާއިއަށް އުފަން އަމްރުއްދީން ޝައިޚް ވަރަށް ޅަ އުމުރުގައި އޭނާގެ ބައްޕަ  އަބްދުލް ގާދިރު ޝައިޚް ދާއޫދު މަރުވެފައިވަނީ ހިތްހުއްޓިގެން ވަރަށް ކުއްލި ގޮތަކަށެވެ. 

އޭނާގެ ހާޑްވެއަރ ފިހާރައެއް ހުރެއެވެ. ބައްޕަ މަރުވުމަށްފަހު ފިހާރަ ބަލަހައްޓަމުން އެއިން ލިބެމުންދިޔަ ޢާމްދަނީން އަމްރުއްދީނާއި އޭނާ އެއްބަނޑު އެއްބަފާ ހަތަރު ދައްތައިން ސާލިޙް ދަރިންގެ ގޮތުގައި ބަލާ ބޮޑުކުރީ މަންމައެވެ.

ގުދުރަތުގެ ނިޔާގައި ކަނޑައެޅިފައިވާ ގޮތުން 2020 ވަނައަހަރު ހިތުގެ ބަލިމަޑުކަމެއްގައި ދެހަފުތާވަންދެން ހޮށްޕިޓަލްގައި ފަރުވާކުރަމުން ގެންދަނިކޮށް މަންމަވެސް ނިޔާވީއެވެ.                                   

އަމްރުއްދީނަކީ ހަނޑުލުގެ ވިޔަފާރި ކުރާމީހެކެވެ. މަންމަ ނިޔާވުމަށްފަހު މަންމަގެ އިޚްލާސްތެރި ގުރުބާނީ ދެމެހެއްޓުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން އޭނާ ބޭނުންވިއެވެ. 

އެއްބަޑު އެއްބަފާ ދައްތަމެންނާއި އަދި އޭނާގެ ޢާއިލާއާއިއެކު މަޝްވަރާ މަށްފަހު އަމްރުއްދީން ގަސްދުކުރީ ތާޖްމަޙަލްގެ ނަމޫނާގައި ކުޑަނަމަވެސް ބިނާއެއް ހެދުމަށެވެ. 

އެކަމަށްޓަކައި ބޭނުންވާ ބިމާއި އެހެނިހެން ތަކެތި ހޯދުމަށްފަހު އިމާރާތް ބިނާ ކުރުމުގެ  މަސައްކަތް 2021 ވަނައަހަރު ފަށައިގަނެ މިހާރު އެވަނީ ނިންމާލާފައެވެ.

ޢިމާރާތް ބިނާކޮށްފައިވަނީ 1.2 މީޓަރުގެ އުސް ޕްލެޓްފޯމެއް ގައެވެ. ޢިމާރާތުގެ އުސްމިނަކީ 12 މީޓަރެވެ. ޢިމާރާތުގައި މިސްކިތަކާއި 14 މީޓަރުގެ އުސް 4 މުންނާރު ހުރެއެވެ. 

އޭގެ އިތުރުން އެ ޢިމާރާތުގެ ތެރޭގައި މަދަރްސާއެއްވެސް ވަނީ ބިނާ ކޮށްފައެވެ. މަންމަގެ ގަބުރު ވަޅުލާފައިވަނީ އިމާރާތުގެ ގޯތިތެރޭގައެވެ.                         

ހިންދުސްތާން ޓައިމްސްއަށް އަމްރުއްދީން ޝައިޚް ކިޔާދިންގޮތުގައި މަންމަގެ އިޚްލާސްތެރި ގުރުބާނީއާ ނުލައި އަހަރެންނަކީ އެއްވެސް ބައެއް ނޫނެވެ. މަންމަގެ ލޯތްބާއި އަޅާލުން ދެހެމެހެއްޓުމަށްޓަކާ މިފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބުމަކީ އަހަރެމެންގެ ހެޔޮ ނަސީބެވެ.    

Loading

2 Responses

  1. މުޅިދުނިޔޭންވެސް އަދި އަހަރެމެންގެ ކުޑަކުޑަ ދިވެހިރާއްޖެއިންވެސް މައިންބަފައިންނަށް ދަރިން ކުރާ ލޯތްބާއި އިޙްތިރާމް ދަނީ ކުޑަވަމުންނެވެ. ބައެއް ދަރިންނަށް ލިބިފައިވާ މުއްސަނދިކަމުގައި މައިންބަފައިންގެ ހިއްސާއެއް އެކުލެވޭކަމަށް ގަބޫލުކުރަންވެސް ދެކޮޅުހަދަމުން ގެންދާ ކަހަލައެވެ. ކޮންމެ ކޮންމެ މީހަކަށް ތާޖްމަހަލެއް ބިނާ ނުކުރެވިދާނެއެވެ. އެކަމަކު މައިންބަފައިންނަށްޓަކައި ގިނަގިނައިން ހެޔޮ ދުޢާކޮށް އުޅޭ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން
    އަމްރުއްދީނުގް ޝައިޚްގެ ޢާއިލާއަށް ހެޔޮ ދަރުމަ ދެއްވުން އެިދ ދުއާކުރަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް