ޔޫކްރެއިން ބަލިވާނަމަ އެމެރިކާ ޖެހޭނީ ހަނގުރާމާގައި ބައިވެރިވާން - ބައިޑަން

Loading

Facebook
Twitter
WhatsApp

ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި މަގުފަހިކޯށްދޭ މީހަކަށްވެވަޑައި ނުގަންނަވާނެ ކަމަށާއި ޔޫކްރެއިނުން މިހާރު ރަޝިޔާއާއެކު ހަނގުރާމައެއް ކުރަމުން ގެންދިއުމުގެ ސަބަބުން ނޭޓޯގެ މެމްބަރަކަށް ވުމުގެ ޝަރުތުތައް ފުރިހަމަ ކުރުމަކީ ޔޫކްރެއިންގެ މަސްއޫލިއްޔަތެއް ކަމުގައި ރައީސް ޖޯ ބައިޑެން މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

އަދި އެކަމުގައި މަގުފަހި ކޮށްދޭ މީހަކަށް ވެވަޑައި ނުގަންނަވާނެ ކަމަށާއި ނޭޓޯގެ މެމްބަރުކަމުގެ ޝަރުތުތައް ޔޫކްރެއިނުން ފުރިހަމަ ކުރާނެކަމުގެ ޔަގީން އެބައޮތް ކަމަށެވެ.  

އެކަމަކު އެއީ އޮޓޯމެޓިކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި މިހާރުވެސް ބޯލްޓިކްގެ އެސްޓޯނިޔާއާއި ލެޓްވިއާއާއި ލިތުއޭނިޔާއަކީ ޕޯލޭންޑް ފަދައިން ނޭޓޯގެ މެމްބަރުންކަމުގައި ރައީސް ބައިޑްން ވިދާޅުވިއެވެ.

މިހާރުވެސް މިލިޓްރީގޮތުން ޔޫކްރެއިނުން ނޭޓޯގެ މެމްބަރު ގައުމެއްގެ ފެންވަރު އެގެންދަނީ ސާބިތު ކުރަމުންނެވެ. އެކަމަކު އެނޫނަސް ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.                                    

ރައީސް ބައިޑްން މިހެން ވިދާޅުވެފައި މިވަނީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ޑިމޮކްރެސީއާއި މިލިޓްރީއަކީ ނޭޓޯ ގަބޫލުކުރާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މެމްބަރ އެކްޝަން ޕްލޭން ގެ ބުރަ އުފުލަން ޔޫކްރެއިނަށް ނުޖައްސާނެ ކަމަށް ރައީސް ބައިޑްން ވިދާޅުވިކަމަށް ފެތުރުނު ޚަބަރަކާއިގުޅިގެންނެވެ. ނޭޓޯގެ ދިފާއީ އެއްބަސްވުމުގައިވާ ގޮތުން މެމްބަރު ގައުމަކަށް ޙަމަލާދީފިނަމަ ބެލެވޭނީ މުޅި ނޭޓޯއަށް ޙަމަލާދިނުން ކަމަށެވެ.                                                               

މި ހަފްތާގެ ތެރޭގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގްވެސް ވަނީ ވައިޓް ހައުސްގައި ރައީސް ބައިޑްން އާއި ބައްދަލު ކރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ސްވިޑްން އަށް ނޭޓޯގެ މެމްބަރުކަން ދިނުމާއި އަދި ޔޫކްރެއިންގެ ހަނގުރާމައާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވިކަމަށް ޚަބަރުތައް ބުނެއެވެ. ނޭޓޯގެ ވެރިންގެ ބައްދަލުވުމެއް ދެން އޮންނާނީ ޖުލައި 11 ވަނަ ދުވަހު ލިތުއޭނިޔާގެ ވިލްނިއަސް ގައެވެ.   

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ހަނގުރާމައިގާ ޔޫކްރެއިން ބަލިވާއަތަށް އަޅައިފިނަމަ އެމެރިކާއިން ޖެހޭނީ ހަނގުރާމައިގާ ބައިވެރިވުމަށް ނުވަތަ ނޭޓޯގެ އެއްވެސް ބާރެއް ނެތްކަމަށް ގަބޫލުކުރާށެވެ.                                                                 

Loading

2 Responses

  1. ހާދަ ލޯބިވާ ދެގޮލައެކޭ ދޯ؟ އެއްވެސް އަމިއްލަ އެދުމެއްނެތި މިގޮތަށް ގުޅިއްޖެ ދެ ހިތެއް ވަކިވުމެއް ނޯންނާނެއެވެ. ސާބަސް ބައިޑަން ބެއަށް. ތިޔައީ ޔަހޫދީ ޒެލެންސްކީގެ ޔާރެކެވެ.

  2. ޔޭ ދޯސްތީ ހަމްނެހީ ޗޯޅޭންގޭ…ޗޯޅޭންގޭ ދަމް މަގަރް ތޭރަ ސާތު ނަ ޗޯޅޭންގޭ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް