ފޯޅަވައްސަކީ ބެހިގެންދިޔަ ކަމަށްބުނާ މަސްވެރިންގެ ނަރަކައަށް ވެއްޖެ

Loading

Facebook
Twitter
WhatsApp

2023 ޖޫން 11 ވަނަ ދުވަހު ބީ ބީ ސީ އިން ޚަބަރު ދީފައިވާގޮތުގައި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލުގައި ޖެހުނު މަސްބޯޓެއްގެ މަސްވެރިން ސަލާމަތްކޮށްގެން ފޯޅަވައްސަށް ގެންދެވުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 

އެހެންނަމަވެސް މިއަދު އެމީހުން ތަޖްރިބާ ކުރަމުން ގެންދަނީ މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ޣަރަގުވެ މަރުވެގެން ދިއުމަށްވުރެންވެސް މާބޮޑު ބިރުވެރިކަމެކެވެ. 

ސަލާމަތުން އެނބުރި ގައުމަށް ދެވިދާނެ ކަމުގެ އެއްވެސް އުންމީދެއްނެތި ކޮންމެ ދުވަހަކު އަނިޔާވެރިކަމުގައި އެތައްފަހަރަކު މަރުވަމުންދާ ކަމުގެ ހިތްދަތި އިޙްސާސްތަކެކެވެ. 

އެމީހުންގެ ކުށަކީ އެ ޖަޒީރާތައް ހިމެނޭ ސަރަހައްދުގެ އެތައް މޭލަކަށް އެބައެއްގެއާރާއިބާރު ފެތުރިފައިވާ އެރަށްތަކުގެ މިހާރުގެ ވެރިންގެ އަމުރުނެތި އެސަރަހައްދަށްވަދެ ހާލުގައި ޖެހުމެވެ.                                            

އެ މަސްބޯޓުގައި ތިބިމީހުންނަކީ ހަގީގަތުގައި މަސްވެރިންނޫން ކަމާއި ސްރީލަންކާގެ ހާލަތުން ސަލާމަތްވެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައި ކަނޑުވިޔަސް ހެޔޮކަށް ފުރައިގެން އުޅޭ ސްރީލަންކާގެ ތަމަޅަ ނަސްލަށް ނިސްބަތް ކުރެވޭ ބައެކެވެ. އެހެންނަމަވެސް އެމީހުންނަކީވެސް އިންސާނުންކަމުގައި ވީތީ ލިބުމަށް އުންމީދުކުރެވޭ ހައްގުތަކަކާއި ރައްކާތެރިކަމެއް އޮންނާނެކަމަށް އެމީހުންވެސް ގަބޫލުކުރާތީ އެމީހުންގެ އަމާޒަކަށް ވެފައިއޮތް ކަމުގައިވަނީ ކޮންމެވެސް ގޮތަކުން ކެނެޑާއަށް ދިއުން ކަމުގައި ފަހުން އެނގިފައިވެއެވެ.

ވިއްސާރަވެ ކަނޑުގަދަވި ވަގުތު އިންޖީނުވެސް ހަލާކުވެގެން ބެހިގެން ދާން ފެށުމުގެ ކުރިން އެބޯޓު ދަތުރުކުރަމުންގެންދިޔަ މިސްރާބާއި ޖީ ޕީ އެސް އިން އެނގުނު މައުލޫމާތުތަކުގެ އެހީގައި އެކަން ދެނެގަނެވުނީ ކަމަށްވެސް އެ މައުލޫމާތު ތަކުގައި ހާމަކޮށްފައިވެއެވެ.  

އަދި ބީ ބީ ސީ އަށް މައުލޫމާތު ދިން ފަޅުވެރިއަކު ބުނިގޮތުގައި މަސްބޯޓަށް މެދުވެރިވި ނިކަމެތި ހާލަތުގައި ކޮންމެވެސް ހިކިފަސްތަނެއް އަތުޖެހޭތޯ ބަލަމުން ގެންދިއުމުގެ ތެރޭގައި މާދުރުން އަލިތަކެއް ފެނުނީމާ އެދިމާލަށް މަޑުމަޑުން ދުއްވާފައި ދިޔައީއެވެ.

ކަންދިމާވިގޮތުން އެއީ އިނގިރސި ވިލާތުގެ މަނަވަރެކެވެ. އެމަނަވަރުގައި ގެންގޮސް ހިކިފަސްތަނަކުން ވަގުތީ ބޯހިޔާވަހިކަމެއް ދިނީއެވެ. އޭގެ ފަހުން މިހާރު ވިއްސަކަށް މަސްދުވަސް ފާއިތުވެގެން ދިޔައީއެވެ.

އެރަށްތަކުގެ މިހާރުގެ ބާރުގަދަ ވެރިންނާއި އިނގިރޭސި ވިލާތާއި ދެމެދު ކުރެވެމުންދާ މުވާސަލާތުގެ މައްޗަށް ތުންތުންމަތިން ބިނާކޮށް ލިބެމުންދާ މައުލޫމާތުގައި އެކިގޮތްގޮތުން އެ ރަށްތަކަށް ދެވިފައިތިބި މީހުންގެ ތެރޭން ބަޔަކުމީހުން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން އަމިއްލައަށް މަރުވާން މަސައްކަތްކުރަމުން ގެންދާކަންވެސް ވަނީ އެނގިފައެވެ.

ސްރީލަންކާގެ މަސްބޯޓު އެ ރަށަށް ގެންދެވުނު ފަހުން މައުލޫމާތު ލިބިގަތުމުގެ ޙައްގު ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ޚާރިޖިއްޔާއިން އެމީހުންނާ ބެހޭގޮތުން މައުލޫތުމާތު ހޯދުމުން ބީ ބީ ސީ އަށް އެނގިގެންދިޔައީ އެބައިމީހުންގެ ބޯޓުގެ އިންޖީނު މަރާމާތު ކޮށްދިނުމާއި ބެހޭގޮތުން މުއާސަލާތު ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުން ފޯޅަވަހިން ސިޔާސީ ހިމާޔަތަށް އެދިފާނެކަމުގެ ބިރުވެސް އެބަ އޮތަކަމަށެވެ.                                                           

Loading

2 Responses

  1. މޮރިޝަސް އާއި ފަރަންޖީއިން އެތަން ޙަވާލުވެސް ނުކުރަނީސް ކީއްވެބާ މޮރިޝަސް ސަރުކާރުން ޗާގޯސް ގައި އެމީހުންގެ ދިދަ އެނެގީ؟ ހިނގާ ޗާގޯސް އަށް ގޮސް ދިވެހި ދިދަވެސް ނަގަމާ. ދެރައީ ޗާގޯސްއޭ ކިޔާފަ ރޮމުން އުޅޭ ސިޔާސީ މީހުންތައް ސަރުކާރުބަދަލުވެ ދައުލަތް އަތުގޖެހުމުން ޗާގޯސް އާއި ކަނޑުގެ މަތީން ހަނދާންނެތޭނެތީއެވެ. މިސަރުކާރުގެ ބައިވެރީން ވޯޓް ހޯދަން ޔާމީނު ވަގޭ ވަގޭ ގޮވަމުން މމޕރސ ގެ މައްސލައާއި މަރުތަކުގެ މައްސަލަ ބަލާނެމޭ ގޮވާފަ ނުބަލައެއްނު؟ ދައުލަތް އަތުޖެހުނީމާ ދެން އަވަސްވެ ގަތީ އެބުނާ ކުރިއްޔަވުރެ އޭރު ގޯސްވި ހުރިހާކަމެއް މެކްހަށް ޖަހާގެން މަހުޖަނުންވާން. އަތުޖެހުނު ގޮތަކަށް ޒީރޯ ޓޮލެރެންސް!!
    ހަމަ އެހެންވާނީ ދެންވެސް. ދުނިޔޭގައި ތިބި ބަޔަކު ބަލަން ތިބޭށި!

  2. އެންމެފަހުން ތިޔަރަށްތައް ލިބޭނީ ސްރީލަންކާގެ ތަމަޅައިންނަށް ކަމަށްވެސް ވެދާނެއެވެ. އެމީހުން އަމިއްލަ ވަޒަނެއް ހޯދަން ހަނގުރާމަތަކެއްވެސް ކޮށްފިތާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް