އިންތިޚާބު ފަސްކޮށްފާނެތީ ލަންކާރައްޔިތުން މަގުތަކަށް

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި އަންނަމަހުގެތެރޭގައި ބާއްވަންޖެހޭ ސަރަހައްދީ ކައުންސިލްތަކުގެ އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވުމަށް ގޮވާލައި ކޮޅުނބުގެ މަގުތަކުގައި ހޯމަދުވަހު ބޭއްވި މުޒާހަރާއަށް ކަރުނަ ގޭހައި ފެންޖަހައިގެން ހުއްޓުވައިފިއެވެ.  ސަމާގައި ޖަނާ ބަލާވެގާޔާ ( ޔުނައިޓެޑް ޕީޕަލްސް ޕަވަރ ޕާރޓީ ) އަށް ނިސްބަތްކުރެވޭ އެތައް ހާސްބަޔަކު މުޒާހަރާގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ސަރުކާރުގެ އޮފީސްތައްހުންނަ ސަރަހައްދަށް ދަނިކޮށް ފުލުހުން އެ މުޒާހަރާތަކަށް ކަރުނަގޭހާއި ފެންޖަހާ ސަފުތައް ރޫޅާލީއެވެ.                 […]

އިރާގުން ޗައިނާއާއެކު ކުރާ ވިޔަފާރީގެ އަގު ޔުއާނުން އަދާކުރާގޮތަށް ނިންމައިފި

ރޮއިޓާރސް އިން ޚަބަރުދޭގޮތުގައި އިރާގާއި ޗައިނާއާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތު ތަކުގެ އަގު ޔުއާނުން (ޗައިނާ ފައިސާ އިން) އަދާކުރުން ހުއްދަކުރާގޮތަށް އިރާގުގެ މަރުކަޒީބޭންކުން މިއަދު ނިންމައިފިއެވެ.  މިއީ އިރާގަށް ދިމާވެފައިވާ ބޭރުފައިސާ ލިބުން ދަތިވުމުގެ ސަބަބުން އެޅުއްވި ފަޔަވަޅެއް ކަމަށް ބެލެވެއެވެ. ގައުމުގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިކަމާހުރެ އެހެން މަގެއްފެނޭތޯ މަރްކަޒީ ބޭންކުން ގެންދަނީ ބަލާ ފާރަލަމުންނެވެ. މީގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ރުހުމާއެކު މިމަހުގެ ތެރޭގައި އިރާގުގެ ފައިސާގެ އަގުވެސް ވަނީ އަލުން ބަދަލު ކޮށްފައެވެ. އަނެއްކާވެސް އެމިރިކާގެ އަށް […]

ސައިންސުގެ ސަފްޙާތަކުން ކިއުންތެރިންނަށް

world news earth science maldives

ސައިންސުގެ ސަފްޙާތަކުން މި ލިއުން ގެނެސްދިނުމުގެ ބޭނުމަކީ ކިއުންތެރިންގެ ދަރިންގެ ތެރެއިން ސައިންސުގެ މާއްދާތައް ކިޔަވާ ކުދިންނަށް ދުނިޔެއާބެހޭ ގޮތުން އިތުރު މަޢެލޫމާތު ގެނެސް ދިނުމެވެ. އަޅުގަނޑުމެން އަބަދުވެސް ބުނާގޮތުގެމަތިން މި ލިއުމުގައި ހިމެނޭ މަޢެލޫމާތު ތަކަކީ އެތައްބަޔަކަށް އެނގޭ އަދި ކީރިތި ގުރުއާނާއި ސުންނަތާއި ސައެންސުގެ ހޯދުންތަކުން އެނގޭ މޢުުލޫމާތު ތަކަށް ވެދާނެއެވެ. ނަމަވެސް މިލިޔުމުންވެސް ކިއުންތެރިންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ފައިދާ ކޮށްފިނަމަ އަޅުގަނޑުގެ މަގްސަދު ޙާސިލުވީއެވެ.   ޔުނިވަރސިޓީ އޮފް ޓެނެސީގެ ޕްލެނެޓަރީ ސައެންސުގެ ތަޖްރިބާކާރު ސިޗުން ހުއަންގް މިމަހުގެ 23 […]

ވަނަވަރު އަންގަން ބޭނުން ނުވާމީހަކު 30 މިލިއަން ޑޮލަރުގެ އެހީ ތުރުކީ އަށް

އިންސައިޑަރުން މިއަދުގެ އެންމެ ހޫނު ޚަބަރުތަކުގެ ތެރޭގައި އެމެރިކާގައި ދިރިއުޅޭ ޕާކިސްތާނު ދަރިކޮޅު، އެމެރިކާގެ ރައްޔިތަކު 30 މިލިއަން އެމެރިކާ ޑޮލަރާއެކު އެމެރިކާގައި ހުންނަ ތުރުކީގެ އެމްބަސީއަށް ދިން ޚަބަރު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރަމުން އެބަ ގެންދެއެވެ.  ޚަބަރުތައް ބުނާގޮތުގައި އޭނާގެ ބޭނުމަކީ ތުރުކީގައި ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވެ ދިނުމެވެ.  އަދި މި ބޮޑު އެހީ ދިނުމުގައި އޭނާގެ ވަނަވަރު ހާމަކުރަން ބޭނުން ނުވާކަމަށް އޭނާ އެދިފައިވެއެވެ. ޚަބަރު ތަކުން އެނގޭ ގޮތުގައި ބިންހެލުމުގައި މަރުވެފައިވާ މީހުންގެ އަދަދު […]

ސީރިޔާއިން ފައިބަން ތުރުކީން އެއްބަސްވަނީ

ޖެނީވާއިން ރޮއިޓާސް ޚަބަރުދޭގޮތުގައި ތުރުކީއާއި ސީރިޔާއާދެމެދު މިހާރު ދެކެވެމުންދާ ވާހަކަތަކުން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިއްޖެނަމަ ސީރިޔާގެ އުތުރުން ތުރުކީގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު އަނބުރާ ސީރިޔާއަށް ދޭނެކަން ޔަގީން ކޮށްދީފައިވާ ކަމަށް ސީރިޔާގެ އިދިކޮޅަށް ނިސްބަތްކުރެވޭ ވަރަށް އިސް ސިޔާސީ ބޭފުޅަކު ވިދާޅުވެއްޖެއެވެ.  ސީރިޔާގެ ފަރާތުން މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިދިކޮޅުގެ ރައީސް ބަދުރު ޖަމޯސް ތަރުޖަމާނު މެދުވެރިކޮށް ވިދާޅުވީ “ ތުރުކީގެ ޚާރިޖީ ވަޒީރާއި އަދި ސަލާމަތީ ބާރުތަކާ އަހަރެން ބައްދަލު ކޮށްފީމެވެ. މިހާރު ދެކެވެމުންދާ […]

ނަތަންޔާހޫގެ ކުއްލި ދަތުރެއް ޖޯރޑްން އަށް

ފާއިތުވެގެން މިދާ ހަތަރު އަހަރުދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރު ކުއްލިގޮތަކަށްއިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖޯރޑްން އަށް ވަޑައިގެންފިއެވެ. އިސްރާއީލުގައި މައިގަނޑު ގޮތެއްގައި ކަނާތު ފިޔައަށް ނިސްބަތްކުރެވޭ ނަތަންޔާހޫގެ ސަރުކާރު މިފަހަރު އުފެދުނީއްސުރެން އަރަބި ދުނިޔެއާއިއެކު އޮންނަ ޚުތޫރަތްތެރި ގުޅުން އިތުރަށް ގޯސްވަމުންދާ އިރު ރަސްގެފާނު ޢަބްދުﷲ އާއި ބައްދަލުކުރައްވަން ނަތަންޔާހޫ މި ވަޑައިގަތީ މަސްރަހު ފިނިކުރުމުގެ ބޭނުމުގައިކަމަށް މުރާސިލުންދެކެއެވެ.  ދެބޭފުޅުންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާ ކުރައްވާނީ މުސްލިމުންނާއި އަދި ޔަހޫދީންނަށްވެސް މުގައްދިސް ބައިތުލް މަގްދިސްގެ މައްޗަށް ކަމުގައި ޖޯރޑްންގެ އޮފިޝަލުންނާއި ޙަވާލާދީ […]

ރަޝިޔާގެ ނިއުކްލިއަރ ޙަމަލާގައި ނޭޓޯ ނެތިކޮށްލެވިގެން ދާނެ

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އޭގެކުރިން ދުނިޔޭގެ އިގްތިސާދު ހީއަނަރުވެ މުޅި އިންސާނިއްޔަތަށް ބަނޑުހައި ހޫނުކަން އާންމު ވެދާނެކަމުގެ ބިރު މިހާރުވެސް މިއޮތީ ހަގީގަތަކަށް ވެފައެވެ.  ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ނޭދެވޭ ބަދަލެއްގެ ނިކަމެތިކަން އެންމެ ބޮޑަށް ފޯރާނެ ބަޔަކުކަމުގައި ދިވެހިރައްޔިތުން ވާނެކަން ކަށަވަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑުމެންގެ ރައްޔިތުން އުޅުނުކަމަށް ބުނެއުޅޭ ނިކަމެތިކަމަށްވުރެން މިހާރު ދިމާވެދާނެ އެފަދަ ޙާލަތެއްގައި ދިވެހިން މާބޮޑަށް ނިކަމެތި ވާނެކަން ޔަގީނެވެ. އޭރު […]

ޕާކިސްތާނު ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފި

ހަލަބޮލިވަމުންދާ ޕާކިސްތާނުގެ ސިޔާސީ މަސްރަހުން ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފިއެވެ. ޕަންޖާބު ޕްރޮވިންސުގެ ޗީފް މިނިސްޓަރަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސަތަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.  އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ހޮނިހިރު ދުވަހުގެ ރޭ ޗީފްމިނިސްޓަރ ޗައުދަރީ ޕަރްވޭޒް އިލާހީ ފާސްކުރެއްވި މަޝްވަރާއަށް ޖަވާބު ދެއްވުމަށްޓަކައި ގަވަރްނަރ ބާލިޣުއްރަޙްމާނަށް 48 ގަޑިއިރުގެ މުޙުލަތެއް ދެއްވިއެވެ.  އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓުގައި ވިދާޅުވެފައިވަނީ އެކަމުގައި ބައިވެރިވެވަޑައި   ނުގަންނަވާނެ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު އަސާސީ ބުނާގޮތުން ވަކިކަމަކާއި ގުޅޭގޮތުން ޗީފް މިނިސްޓަރުގެ މަޝްވަރާއަކަށް […]

އިންޑޮނޭޝިޔާގެ ނިއު ކެޕިޓަލް ތަރައްގީކުރުމުގައި މެލޭޝިއާ ބައިވެރިވާނެ

އިންޑޮނޭޝިޔާއާއި މެލޭޝިޔާ ޙިއްސާ ކުރަމުންގެންދާ ބޯރނިއޯ ޖަޒީރާގައި އަލަށް ޢިމާރާތްކުރެވޭ  އިންޑޮނޭޝިޔާގެ ވެރިރަށް ތަރައްގީކުރުމުގައި މެލޭޝިޔާއިން ބައިވެރިވާނެ ކަމަށް މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.  އަންވަރު އިބްރާހިމް ބޮޑުވަޒީރު ކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުގައި ޖަކާޓާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާތަނަށް މެލޭޝިޔާގެ ދިހަވަރަކަށް ކުންފުނިން ނުސަންތާރާގައި އިންވެސްޓް ކުރާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.  ނުސަންތާރާއަކީ ބޯނިއޯ ޖަޒީރާގައި އަލަށް ބިނާކުރެވޭ އިންޑޮނޭޝިޔާގެ އާ ވެރިކަންކުރާނެ ރަށެވެ. އިންޑޮނޭޝިޔާގެ މިހާރުގެ ކެޕިޓަލް ސިޓީ ޖަކާޓާއިން ނުސަންތާރާއަށް ވެރިކަން ބަދަލުކުރަން ނިންމާފައިވަނީ 2019 ވަނައަހަރުގައެވެ. އެއީ ޖަކާޓާއިން ފެށިގެން […]

ޕެޓްރޯޑޮލަރުން ޕެޓްރޯޔުއާނަށް ބަދަލުވުމުގެ މަގު ބެއިޖިންނާ ދިމާލަށް

ކައިރިމުސްތަގްބަލް ގައި އެމެރިކާޑޮލަރުގެ އެއްވަނަ މަގާމު ބަދަލުނުވެދާނެއެވެ. އެކަމަކު ދުނިޔޭގައި އެންމެގިނައިން ތެލުގެ ބާވަތްތައް އެތެރެކުރާ ގައުމަކަށް ޗައިނާ ވުމާއިއެކު ޕެޓްރޯޑޮލަރުގެ ބާރުކެނޑި ޕެޓްރޯޔެންއަށް ބަދަލުވުމުގެ މަގުތައް ބެއިޖިންއާއި ދިމާލަށް ހުޅުވިގެން ހިގައްޖެއެވެ. މިހާތަނަށް ޗައިނާއިންވެސް ތެލުގެ ބާޒާރުގައި ބޭނުން ކުރަމުން އައީ އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް ޗައިނާއިން ގަންނަ ތެލުގެ ބާވަތްތަކަށް މިހާރު އަގު އަދާކުރަން ބޭނުންވަނީ ޔުއާނުންނެވެ. ކޮންމެ ވިޔަފާރިއަކީވެސް ވިއްކާމީހާއާއި ގަންނަމީހާގެ އިޚްތިޔާރުތަކެއް އެކުލެވިގެންވާ މުޢާމަލާތެކެވެ.  އެހެންވީމާ ޗައިނާއަށް ތެލުގެބާވަތްތައް ވިއްކަން އެދޭނަމަ ޔުއާނުން އަގު ގަބޫލުކުރަން މިއޮތީ މަޖްބޫރުވެފައެވެ. ތަޖްރިބާކާރުން […]