ސަޢޫދީ އީރާނުގެ އެކުވެރިކަމުގެ ހެކިތައް ސޫދާނުންވެސް

Loading

Facebook
Twitter
WhatsApp

ދުބާއި އިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އެތައްޒަމާނެއް ވެފައިވާ ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ދެކޮޅުވެރިކަން އެކުވެރިކަމާއި އަޅާލުމަށް ބަދަލުވަމުންދާ ކަމުގެ ހެކިތައް ސޫދާނުގައި ހިނގަމުންދާ ދެކޮޅުވެރި ކަމުގެ ތެރެއިން މީހުން ސަލާމަތުގެ އައްސޭރިތަކަށް ގެންދިއުމުގައި ވަރަށް ރީތިކޮށް ހާމަވަމުން އެބަދެއެވެ. 

ސޫދާނުގައި ތާށިވެފާތިބި އީރާނުގެ 65 މީހަކު ސަޢޫދީ ކަނޑުގެ ސިފައިން އުޅަނދުތަކުގައި ޕޯރޓް ސޫދާނުން ޖިއްދާއަށް ގެންގޮސް އެމީހުން ތެހެރާނަށް ވައިގެ މަގުން ފޮނުވުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެއްސިފައެވެ. 

އިރާނުގެ ޚާރިޖިއްޔާގެ ސްޕޯކްސްޕަރސަން ނާސިރު ކަންއާން ވިދާޅުވީ ސަޢޫދީ އީރާނުގެއެކުވެރިކަމާއި މެދު ޝުކުރުވެރި ކަމާއިއެކު އުފާ ކުރައްވާކަމަށާއި އީރާނުގެ ރައްޔިތުން ގައުމަށް ފޮނުވާ ދިނުމަށްޓަކައި ސަޢޫދީ ކުރަމުންގެންދަނީ ޝުކުރު ޙައްގުވެގެންވާޚިދުމަތެއް ކަމަށެވެ.                                                  

ސަޢޫދީސަރުކާރުގެ ފަރާތުން މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ މިލިޓްރީ އޮސިފަރ އަޙުމަދު އަލް ދަބައިސް ވީޑިއޯކޮށް ޓީ ވީގެ ޒަރީޢާއިން އީރާނުގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ވިދާޅުވީ “ އަހަރެމެންނަކީ ރަޙްމަތް ތެރިންނެވެ. އަހަރެމެންނަކީ އަޚުންނެވެ. ސަޢޫދީ އެރޭބިޔާއަކީ ކަލޭމެންގެވެސް ގައުމުކަމުގައި ދެކޭށެވެ“. 

އޭޕްރިލް 15 ގައި ކުއްލިއަކަށް ސޫދާނުގައި އުފެދުނު ދެކޮޅުވެރިކަމުގައި ތާށިވެފާތިބި އެހެން ގައުމުތަކަށް ނިސްބަތްކުރެވޭ މީހުން ސަލާމަތުގެ އައްސޭރިތަކަށް ފޮނުވާދިނުމުގައި ސަޢޫދީ އެރޭބިޔާއިން ވަރަށް މުހިންމު ދައުރެއް ގެންދަނީ އަދާކުރަމުންނެވެ.                                                

ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ދެކޮޅުވެރިކަމުގައި ޒަމާންތަކެއް ހޭދަވެގެން ދިއުމަށްފަހު އެކުވެރިކަމާއި ސުލްޙަ ގާއިމް ކުރަން ދެގައުމުން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައިވެސް އެ ސަރަޙައްދުގެ އެއްބައިވަންތަކަން ފަނިކުރަން ބޭނުންވާ ބަޔަކު މިހާރުވެސް ސުންނީ ޝިޔާއީ ލޭބަލް ބޭނުންކޮށްގެން އެމީހުންގެ އެޖެންޑާ ކާމިޔާބުކުރަން ކުރެވުނުހާ މަސައްކަތެއް ގެންދަނީ ކުރަމުންނެވެ.                                   

Loading

2 Responses

  1. އެމެރިކާގެ ބޮލުގައި ވަރަށް ރިއްސާނެ. އަދި އެމީހުންގެ އެޖެންޓުންލައްވާ ޝިއާއީ ސުންނީގެ ބެރުގެ އަޑުގަދަކުރަން އުޅޭނެއެވެ. އެހެނަސް މިހާރު ގިނަމީހުނަށް އެމެރިކާއެއީ ފިތުނަފަސާދައިގެ ބަފާކަމާއި ފަނާކުރަނިވި ފޮރިން ޕޮލިސީއެއްގެ އަނިޔާވެރި ގައުމެއްކަން އެގިއްޖެއެވެ. ވީމާ ދެނެއް ފަނީ އަޅުވަން ކުރީގަހެން ފަސޭހައެއް ނުވާނަކަމަށް ފެނެއެވެ. އެހެނަސް ކޮންމެވެސް ގޭމެއް ޖައްސާނެކަމަށް ބެލެވެއެވެ.

  2. އީރާނާއި ސައޫދީ އެރޭބިޔާ އެކުގައި މަސައްކަތްކުރާނަމަ ނިއުކްލިއަރ ހަކަތައިގެ ބޭނުން ކެނޑުނީއެވެ. އެހެންވީމާ އެ ދެގައުމު ފަނިކުރަން ޚާއްސަކޮށް ހުޅަނގުން މަސައްކަތް ކުރާނެއެވެ. މިހާތަނަށް ކޮންމެވެސް ސިފައެއްގައި އެކަން ކާމިޔާބުވެސް އެބަކުރެއެވެ. އިރާދަކުރެއްވިއްޔާ އިސްލާމީ އުންމަތުގެ މެދުގައި އެކުވެރިކަން ބިނާކުރުން ދެން ލަހެއް ނުވާނެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް މަޒްހަބީ ތަފާތު ދައްކައިގެން ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާތަން ފެންނާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް