ބްރިކްސްއަށް މެމްބަރުން އިތުރުކުރަނީ

Loading

Facebook
Twitter
WhatsApp

ވިދަމުން އަންނަ މާކެޓް-ބްލޮކް ބްރިކްސްގައި ބައިވެރިވުމަށް 19 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށް ހުށައަޅާފައިވާތީ އެ ގްރޫޕުގެ ވެރިންގެ އަހަރީ ބައްދަލުވުމުގެ ކުރިން އެހުށައެޅުންތަކާއި ދޭތެރޭ މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިއަންނަ ޖޫންމަހުގެ 2ން 3ށް  ބާއްވަން ހަމަޖެހިފައިވާކަން އެ ގްރޫޕަށް ދެކުނު އެފްރިކާއިން ކަނޑައޅުއްވާފައިވާ ސަފީރު އަނިލް ސޫކްލާލް ވިދާޅުވެއްޖެއެވެ. 

އޭނާ ވިދާޅުވިގޮތުގައި 13 ގައުމަކުން ރަސްމީގޮތުން ހުށއެޅުން ލިބިފައިވާއިރު އިތުރު 6 ގައުމަކުން ނުރަސްމީގޮތުން ހުށައަޅުއްވާފައި ވެއެވެ. އަހަރެމެންނަށް ވަރަށްގިނަ ހުށައެޅުންތައް މިހާރުވެސް އަންނަމުން އެބަދެއެވެ. ޔުނައިޓެޑް ނޭޝަންސްގައި ހިމެނޭ ތަރައްގީވެފައިވާ ގައުމުތަކުން އެހެން ގައުމުތަކުގެ އިގްތިސާދަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވުން ހުއްޓުވުމުގެ މަގްސަދުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބިޔަ އިގްތިސާދު ކަމަށް ބެލެވޭ ޗައިނާއިން މިދިޔައަހަރު އެގްރޫޕުގެ ރިޔާސަތުގައި އެ ގްރޫޕްގެ މެމްބަރުން އިތުރު ކުރަންވަނީ ހުޅުވާލާފައެވެ.

ޗައިނާގެ ޖީޑީޕީ އަނެއް ހަތަރު ގައުމުގެ މުޅި ޖުމުލަ ޖީޑީޕީގެ ދެގުނައަށް ވުރެންވެސް ގިނައެވެ. އެހެންކަމުން ޗައިނާއާއިއެކު އޮތް ގުޅުން ހާމަވެއްޖެނަމަ އެގައުމުތަކުގެ އިގްތިސާދު އިނދަ ޖައްސާލާފާނެ ކަމުގެ ބިރު ގުރޫޕްގެ އަނެއް ހަތަރު ގައުމުން ވަނީ ފާޅުކޮށްފައެވެ.                                                             

ބްރިކްސްގައި ހިމެނޭ ފަސް ގައުމުގެ ޚާރިޖީ ވަޒީރުންވެސް ޖޫން 2ން 3ށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ. އަނިލް ސޫކްލާލް ވިދާޅުވެފައިވާ ގޮތުގައި އެ ބައްދަލު ވުމުގައި މެމްބަރުންނަށް ވުމަށް އެދި ހުށައަޅާފައިވާ ހުށައެޅުން ތަކުގެ އިތުރުން ސޫދާނުގެ މައްސަލައާއި ބެހޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.                                   

2006 ވަނައަހަރު ބްރިކްސް އުފެދުނު ފަހުން މިހާތަނަށް މެމްބަރަކަށް ވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނީ ދެކުނު އެފްރިކާއަށެވެ. އެއީ 2010 ވަނަ އަހަރުގައެވެ. 

މިހާރު ރަސްމީގޮތުން ލިބިފައިވާ ހުށައެޅުންތަކުގެ ތެރޭގައި ސަޢޫދީ އެރޭބިޔާއާއި އީރާން ވެސް ހިމެނޭ ކަމަށް ސޫކްލާލް ވިދާޅުވިއެވެ. އަދި އާޖެންޓީނާއާއި އެމިރޭޓްސް އާއި މިސްރާއި އަލްޖޭރިޔާއާއި ބަޙްރައިނާއި އިންޑޮނޭޝިޔާއިންވެސް ހުށައެޅުން ވަނީ ލިބިފައެވެ. 

މީގެ އިތުރުން ހުޅަނގު އެފްރިކާގެ ގައުމަކާއި އަދި އިރުމަތީ އެފްރިކާގެ ދެ ގައުމެއްގެ ހުށައެޅުންވެސް ލިބިފައިވާކަމަށް އޭނާ ވިދާޅު ވިއެވެ. ބުރިކްސް ބިޔަވަމުންދާ ބާރުމިނާދޭތެރޭ އެމެރިކާއިން ކަންބޮޑުން ފާޅުކޮށްފާ ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް