ގްރޭޓަރ އިސްރާއީލަށް މަގުކޮށުން، ޔަހޫދީންގެ މަކަރުވެރި ރޭވުން

Loading

Facebook
Twitter
WhatsApp

މިލިއުމަކީ ދީނީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔާ ލިއުމެއް ނޫނެވެ. މަގްސަދަކީ ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ލިއުންތަކާއި ވީޑިއޯ މެސެޖްތަކެއްގައި އެ ކަންކުރާ ބަޔަކު ބޭނުންވާގޮތަށް ތާރީޚާއީ ނަސާރާ އަދި ޔަހޫދީ ދީނުގެ މަޢުލޫމާތު ތަކެއް ތަރުޖަމާކޮށްގެން ފަތުރަމުން ގެންދާ ޚަބަރުތަކަކުން ދޭހަކުރެވޭ މާނަ ސަންދާނުގެ ކިއުންތެރިންގެ ވިސްނުމާއި މަޢުލޫމާތަށް ގެނެސްދިނުމެވެ. 

އަޅުގަނޑު ގަބޫލުކުރާގޮތުގައި ތާރީޚުގެ އިލްމުގައި ދިރާސާކުރާ ބައެއްގެވިސްނުމާ ފިކުރު އަބަދުވެސް ވަރަށް ބޮޑަށް އެކުލެވިފައި ވާނެއެވެ. ސައްޙަ ސަނަދަކުން ތާރީޚް އިލްމު އޮޅުންފިލުވާ ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން މިސާލެއް ނަގާނަމަ ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނެވުނު ގޮތް ތާރީޚުގައި ލިޔެވިފައި ވާނެގޮތް ބަލާލައިފިނަމަ ނުވަތަ އެކަން އޮޅުންފިލުވަން ރައީސް ނަޝީދު އަރިހުން ސުވާލު ކުރައްވައިފިނަމަ ލިބޭނެ ޖަވާބާއި ހަމަ އެސުވާލަށް ރައީސް މައުމޫނު ދެއްވާނެ ޖަވާބު އެއްގޮތް ނުވާނެކަން ކަށަވަރެވެ.                                                              

މިފަހަކަށް ބައިނަލް އަގްވާމީ މީޑިއާގައި އެކިސިފަސިފައިގައިޝާއިއުކުރަމުންދިޔަ ބައެއް ލިއުންތަކަށް ބަލާލާއިރު ވަރަށް ފަލަ ސުރުޚީ ތަކެއްގައި ގްރޭޓަރ އިސްރާޢީލެއްގެ ވާހަކަ ފާހަގަ ކުރެވެމުންދިޔައެވެ. ނަމަވެސް އެ ސުރުޚީތަކުގައި މާބޮޑަށް ކުލަޖެހެމުން ދިޔަކަން ފާހަގަކުރެވިފައެއް ނުވެއެވެ. ސަބަބުތަކެއް އޮވެދާނެއެވެ.       

ޔަހޫދީންނަކީ އެމީހުން ބޭނުންވެގެން އުޅޭ ކަމެއް ހަނދާން ނައްތާލާނެ ބައެއް ނޫނެވެ. އެއްގޮތެއްގައި މަގު ބަންދުވެދާނެ ކަމަށް ޝައްކު ކުރެވޭން ފަށާއިރަށް އެހެން މަގެއް ހޯދާނެއެވެ. އެމީހުންގެ ގޮތް ދޫނުކުރާނެއެވެ. ވަރަށް މަކަރުވެރި ވިސްނުމެއްގައި ގްރޭޓަރ އިސްރާޢީލަކީވެސް ހައްދު ފަހަނަޅާފައި ތިބި ހަރުކަށި ވިސްނުމުގެ ޔަހޫދީންގެ ފެންޓަސީއެއް ކަމަށް ބުނަމުން ގެންދާއިރު ސިއްރިޔާތުގައި އެމީހުންނަށް އެހީތެރިވެ އެއްބައިވަންތަކަން ދައްކަމުން ގެންދިއުމަކީ އިހު ޒަމާނުއްސުރެން ޔަހޫދީން މިޒާޖާއި ތަބީއަތެވެ. 

ފުރާތު ކޯރުން ފެށިގެން ނީލަކޯރާހަމަޔަށް އެއީ ޔަހޫދީންނަށް މާތް ﷲ ވަޢުދު ކުރައްވާފައިވާ ބިންކަމަށް ބުނާއިރު ނީލަކޯރު ފެށޭ ހިސާބަކާއިނިމޭ ހިސާބެއްވެސް މިވެރިންނަށް ނޭންގޭ ކަހަލައެވެ. މި ސިލްސިލާގައި އެންމެފަހުން މިހާރު އެ ފަށައިގަތީ މުސްލިމުންގެ ބޮލަށް ވަދެގަންނާށެވެ.

ސައޫދީ އެރޭބިޔާގެ ހައިރާންކުރަނިވި ހޯދުންތަކުގެ ނަމުގައި ޝާއިއު ކުރަމުންދާ ލިއުންތަކާއި ވީޑިއޯތަކުގައި މުސްލިމުންގެ ބޯކާލާން ކުރަމުން ގެންދާ މަސައްކަތާ ދޭތެރޭ ޙައިރާން ވާންޖެހެއެވެ. ޙަގީގަތުގައި މި ދައްކަނީ ސަޢޫދީ އެރޭބިޔާއިން ހޯދި ޙައިރާން ކުރަނިވި އާސާރީ ކަންތައްތަކަކާއި ތަންތަނެއްގެ ވާހަކައެއް ނޫނެވެ.

މިތާނގައިވެސް މިއޮތީ ބޭނުންކުރި ބަސްމަގު ޓްވިސްޓް ކޮށްލާފައެވެ. ކޮންމެވެސް ތަނަކުން ކުއްޔަށް ހޯދާފައިތިބި ނަސޯރާއިންނާއި ޔަހޫދީންގެ ޢިލްމުވެރިން ތަކަކާއި މުއައްރިޚުންތަކެއް ބޭނުންކޮށްގެން އެހެން މަގަކުން ދުނިޔެއަށް އޮޅުވާލުމުގެ ވަރުގަދަ ސިއްރު އެޖެންޑާއެއް ފަށާގަތީއެވެ. 

މި ބުނެވުނު ކުލީ ޢިލްމުވެރިންނާއި މުއައްރިޚުން ސާބިތުކޮށްދޭން މަސައްކަތް ކުރަމުން ގެންދަނީ ތައުރާތުގެ އަލީގައި ގްރޭޓަރ އިސްރާޢީލް ސާބިތުކޮށް ދިނުމަށެވެ. މިކަމަށް މަގުފަހިކޮށްދިނުމަށްޓަކައި ތާރީޚީ ހޯދުންތައް ދެނެގަތުމަށް މަސައްކަތްކުރާ މީހެއްގެ ނަމުގައި  ސަޢޫދީ އެރޭބިޔާއަށް އެތެރެވި ރޮން ވައިޓްކިޔާމީހަކު ހުއްދަ ނެގުމަކާއި ނުލައި ސަޢޫދީ އެރޭބިޔާގެ އާސާރީ ތަންތަނަށް ފާރަލުމުގެ ތުޙުމަތުގައި 1984 ވަނައަހަރުގެ ތެރޭގައި އަށްޑިހަ ވަރަކަށް ދުވަހު ސަޢޫދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު ދޫކޮށްލިއެވެ.

ދެވަނަފަހަރަށް އޭނާ ސަޢޫދީ އެރޭބިޔާއަށް އައީ ތާރީޚު ދިރާސާކުރާ ކުންފުންޏަކާ ގުޅިގެން އެކުންފުނީގެ ލޭބަލް ކަރުގައި އަޅުވައި ގެންނެވެ. އަދި މިފަހަރު  ޑޭވިޑް ފަސޯލްޑް ކިޔާ ބައިވެރިއަކުވެސް ގެނައެވެ. 

ނަމަވެސް މިދެމީހުން އަތުލާގަތުމަށް ފަހު ސަޢޫދީ އެރޭބިޔާ އަށް އަލުން ނާދެވޭ ގޮތަށް ފޮނުވާލީ އެމީހުންގެ ހޯދުންތަކާއި ޕޮޓޯތައް ހާމަކުރުން މަނާކުރުމަށް ފަހުގައެވެ. އެހެންނަމަވެސް ޔަހޫދީނަނަކީ ދުވަހަކުވެސް އަމުރަށް ކިޔަމަންވާނެ ބައެއްނޫންކަން މާޒީގެ ތާރީޚުން ފިލާވަޅު ލިބޭނެއެވެ.                                                           

ފުންނާބު އުސް އިސްލާމީ ޢިލްމުވެރިންގެ ގިނަ ދަރުސްތަކެއް މި މައުޟޫގައިވެސް އަޑު އަހާފައި އޮތުމއިާއެކު މިބުނެވުނު ކުލީޢިލްމުވެރިންނާއި މުއައްރިޚުން އެކިޔާއެއްޗެއް އަޅުގަނޑުގެ ސިކުނޑިން ގަބޫލު ނުކުރެވެނީއެވެ.  މިލިއުން ބިނާކޮށްފައިވާނީ މިބުނެވުނު ކުލީ ޢިލްމުވެރިންނާއި މުއައްރިޚުން ބައިނަލް އަގްވާމީ މީޑިއާގައި ފަތުރަމުންގެންދާ ލިއުންތަކާއި ވީޑިއޯތަކުގެ މައްޗަށެވެ. މި މަޢުލޫމާތުގެ ޙަގީގަތް ދެނެވަޑައި ގަންނަވާ ބޭފުޅުން ސަންދާނުގެ ކިއުންތެރިން ނަށާއި އަޅުގަނޑަށް އޮޅުންފިލުވައި ދެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.     

ޢާންމުވަމުންދާ ލިއުންތަކާއި ވީޑިއޯތަކުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއްކަމަކީ މޫސާގެފާނު ބަނީ އިސްރާޢީލުން ނާއިއެކު މިސްރުން ނިކުމެވަޑާއިގެންނެވި ހާދިސާއަށެވެ. މިއީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭ ފިލާވަޅެކެވެ. ނަމަވެސް ކުލީ ޢިލްމުވެރިން މިއޮތީ މަންޒަރު އެހެންގޮތަކަށް ސިފަކޮށް ދީފައެވެ. 

ގްރޭޓަރ އިސްރާޢީލަށް އިތުރު މަގެއް ކޮށާދީފައެވެ. ބަނީ އިސްރާޢީލުންނާއި އެކު މޫސާގެފާނު މިސްރުން ނިކުމެ ވަޑައިގެން ކަނޑު ހުރަސްކުރައްވައި ވަޑައިގަތް މައުންޓް ސައިނާއަކީ މިހާތަނަށް ގަބޫލުކުރެވުން ސަރަޙައްދު ނޫންކަމަށާއި އެއީ ސައޫދީ އެރޭބިޔާގެ ނިއޯމް ސަރަޙައްދު ކަމަށެވެ. އަދި އޭގެފަހުން މޫސާގެފާނު ގެފުޅުއަރިހަށް ވަޑައިގެން ޙައްޖުގެ ފަރުޟު އަދާކުރެއްވި ކަމާށައިމިނޫނަސް ގިނަ ކަންތައްތަކެއް ވަރަށް ވިސްނުންތެރި ކަމާއިއެކު ތައުރާތުންނާއި ގަދީމީ ލިއުންތަކުން ހެކި ދައްކަމުން ހާމަކޮށްދޭން މަސައްކަތްކޮށްފައިވެއެވެ.

މަގްސަދަކީ ޖަހޫދީން ގަބޫލުކުރާ ޕްރޮމިސްޑް ލޭންޑަކީ އެރެބް ޕެނިންސުލާވެސް ހިމެނޭގޮތުގައި މާތް ﷲ ގެ ވަޢުދުފުޅެއްކަން ސާބިތުކުރުމެވެ. އަދި ޙަގީގީ މައުންޓު ސައިނާއި އަކީ މަދާއިން ސާލިޙްއާއި އިންވެގެން އޮންނަ ޖަބަލް ލަވަޒު ކަމަށެވެ. ހަމައެފަދައިން އެތަނުގައި ދެ ފަޅިއަށް ހުންނަ ގަލަކީ ފެންހޯދުމަށްޓަކައި މޫސާގެ ފާނުގެ އަސާކޮޅުން ޖެއްސެވުމުން ފަޅައިގެން ދިޔަ ގާ ކަމަށެވެ.                                                            

އިސްލާމީ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި މޫސާގެފާނު އިސްރާޢީލުންނާއިއެކު މިސްރުން ނިކުމެވަޑައިގެން ކަނޑުހުރަސްކުރެއްވި ދިމާލެއްގެ ބަހުސްކުރުމަކީ އެހާ ބޭނުންތެރި ކަމަކަށް ނުވެދާނެތީ އެ މައުޟޫއަށް ވާހަކަފުޅު ދައްކަވާތީ އަޑު އިވިފައެއް ނެތެވެ. އެހެންނަމަވެސް މި މައުޟޫގައި ވާހަކަ ދައްކާ އެބައިމީހުންގެ ކުލީ ޢިލްމު ވެރިންނާއި މުއައްރިޚުން ނޭނގޭ ވާހަކަވެސް ހާމަކުރަން ބޭނުންވެއެވެ. އެހެންވީމާ އަސްލު މައުންޓް ސައިނާއި އަކީ ޖަބަލް ލަވަޒް ކަން ސާބިތުކޮށް ދިނުމަށްޓަކައި މުސާގެ ފާނު ކަނޑު ހުރަސްކުރެއްވި ތަނެއްގެ ވާހަކަވެސް ދައްކަން އެބަޖެހެއެވެ. 

މިބައިމީހުންގެ ޒުވާބުތައް އެކިގޮތްގޮތަށް ބެހިފައިވާއިރު ކުރިން ދެއްކިވާހަކަ ފަހުން ހަނދާން ނެތުނީ ބާވައޭ ހީވާ ކަހަލަ އެއްޗެހިވެސް ލިއެފާ އެބަހުއްޓެވެ. އެންމެފަހުން މިހާރު ބުނަމުން ގެންދަނީ މޫސާގެފާނު ކަނޑު ހުރަސް ކުރައްވާފައި ވަނީ ތިރާން ކަނޑުއޮޅީގެ ސަރަޙައްދުން ކަމަށެވެ. 

ތިރާން ކަނޑުއޮޅި އަކީ ގަލްފު އޮފް އަގަބާއަށްވަންނަ އަގަމައްޗެވެ. އަދި މޫސާގެ ފާނަށް ދިހަ ކޮމާންޑްމެންޓު ބާވައި ލެއްވި ގޮތާއި ރަންގެރީގެ ވާހަކައާއި އާސާރީ ހެކިތަކުގެ ވާހަކަތައް ދައްކާފައި އެބަހުއްޓެވެ. އެވާހަކަތައް ލިއުމަށް އަޅުގަނޑުގެ ޒަމީރު ހުއްދަ ނުކުރާނީ އެ މައުޟޫއާއި ދުރަން ޖެހިލާން ބޭނުންވީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް