ސަސް އިން އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފި!

ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އިން އެޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ސަސް އިން ކުޅުނު އެންމެ ފުރަތަމަ މެޗަށްވާއިރު، އީގަލްސް ފަދަ ވަރުގަދަ ޓީމަކާ ވާދަކޮށް ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކުރެވުމަކީ އެކުލަބުގެ ތާރީހުގައި ލިޔެވިގެން ދާނެ މޮޅެކެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ސަސްގެ ކުޅުންތެރިއަކު މެދު ރޮނގާ ހަމައިން […]
ދަންވަރު ކުނި ނެރެން ޖެހޭ ގޮތަށް ބަދަލުކުރަނީ!

މާލެ ސަރަހައްދުގެ ގޭބީސީތަކުން ދަންވަރު ކުނި ނެރެން ޖެހޭގޮތަށް ހަދަން ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމީ މުޅި ދުވަހު މަގުތަކުގައި ކުނި ކޮތަޅުތައް ހުންނަ މައްސަލައަށް ހައްލު ގެނައުމަށްޓަަކައެވެ. ކޮވިޑް 19 އާ ގުޅިގެން ގޭގެގައި އުކާލާ ކުނި ބަންދުކުރުމަށްފަހު މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބޭލުމަށް ކުރިން ވަނީ ވެމްކޯއިން އަންގާފައެވެ.ނަމަވެސް ކުނިތައް މަގުތަކުގައި ނުނެގި ގިނަ އިރުތަކެއް ވެގެންދާތީ ގިނަ ބަޔަކު ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. ޢަދި ގިނަ […]
އައްޑޫ ސިޓީއިން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންނަށް ދައުވާކޮށްފި!

އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި 7 މީހެއްގެ މައްޗަށް 10 ދަޢުވާއެއް އުފުލައިފިއެވެ. މި މީހުންގެ މައްޗަށް އުފުލޭ 10 ދައުވާއެއް އުފުލުމަށް ޕްރޮސެލިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ. އަތުލައިގަތް މަސްތުވާ ތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން […]
ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން ރާއްޖެ އަންނަ ވަރު ދަނީ އިތުރުވަމުން!

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލިފަހުން މިހާރު ގާތްގަނޑަކަށް އެއްލައްކަ އެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.އެދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް 94،543 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާއި އެކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް […]
މަސްވެރިންގެ ދުވަސް: ގޮތްހުސްވެފައި ތިބި މަސްވެރިންގެ އުދާސްތައް!

ހިނގަމުންމިދާ ދުވަސްތަކަކީ މަސްވެރިކަން ތިޔާގި، އެތައް ޓަނެއްގެ މަސް، މަސްވެރިން ކޮންމެ ދުވަހަކުވެސް ބާނަމުން އަންނަ ދުވަސްތަކެކެވެ. ނަމަވެސް ހިތާމަޔަކީ މަސް ބޭނުމުން ލިބޭ ހިތްހަމަޖެހުން ފިޔަވާ، މިއަދު މަސްވެރިންނަށް ލިބޭނެ އިތުރު އުފަލެއް ނެތްކަމެވެ. ”މަސްވެރިކަމުގައި މުޅި އުމުރު ހޭދަކުރެވުނު އިރު، މަސްވެރިންނަށް މިހާ ހިތްދަތި ދުވަސްތަކެއް ދުވަހަކުވެސް އަދި ނާދޭ. އެންމެ ކުރީގައިވެސް މަސްކިރާ ތަނަކުން އެހަފްތާގެ ހުކުރަށް އެންމެ ލަސްވެގެން ލާރިކޮޅު ހިފައިގެން އަންނާނެ. މިހާރު ދެ ދުވަހު ރަނގަޅަށް މަސް ބެވިއްޖާ، […]
އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއެރީ، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވުމުން: ރައީސް

އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއެރީ، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރެއިންވެސް އެންމެބޮޑު އެއްމައްސަލަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، […]
އީގަލްސްއިން ޗެރިޓީ ޝީލްޑް ފުރަތަމަ ފަހަރަށް އުފުލާލައިފި!

މިފަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ގާތުން ފަހަތުން އަރައި އީގަލްސް ކުރި ހޯދައިފި އެވެ. ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ރެފްރީކަން ކޮށްފައިވާ އަދި 2 ފަހަރު ޔޫރޯ އަދި ވޯލްޑް ކަޕް އިންސާފު ކުރި ހަންގޭރީގެ ވިކްޓަ ކަސާއީ އެވެ. އީގަލްސްއިން ކުޅުނު އެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި މާޒިޔާއިން ވަނީ ލީޑު ނަގައި، […]
ޓްރެންޗް ފީވާ ކެނެޑާއިން އަނެއްކާވެސް ފެނިއްޖެ!

ރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔެއިން އެތައް މިލިއަން މީހުން މަރާލި ”ޓްރެންޗް ފީވާ“ ކެނެޑާއިން ފެނިއްޖެއެވެ. ކެނެޑާއިން މި ބަލި ފެނިފައި މިވަނީ 20 އަހަރު ފަހުންނެވެ. މި ބަލި ފެތުރެނީ ބާޓޮނެއްލާ ކުއިންޓާނާ ނަމަކަށް ކިޔާ ބެކްޓީރިއާ އަކުންނެވެ. މި ބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރެނީ އުކުނުގެ ޒަރީއާއިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ޓްރެންޗް ބަލި ފެނިފައި ވަނީ ކެނެޑާގެ ގެދޮރުނެތް ފަގީރުންގެ ތެރެއިންނެވެ. އަދި މި މީހުންގެ ތެރޭގައި މިބަލި ހަލުވިކަމާއެކު […]
ވާޗުއަލް ޤަައުމީ މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އާންމުކޮށްފި!

ކީރިތި ޤުރާނާއިބެހޭ ޤައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އާންމުކޮށްފިއެވެ. ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް ފަށައިފައި ވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 2598 ބައިވެރިން ވީޑިއޯ ހުށަހެޅި ކަމަށެވެ. އެއީ ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 195 […]
ގޮތް ނޭނގޭ ބަލިމަޑުކަމެއް އިންޑިޔާގައި ފެތުރެނީ!

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސިޓީ އެއްކަމަށްވާ އެލުރޫގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރެން ފަށައިފިއެވެ. 100 އަށްވުރެ ގިނަ މީހުންނަށް މިބަލިޖެހި، ބަލިޖެހުނު 45 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެފައެވެ. އެލުރޫގެ ގިނަ ބަޔަކަށް މި ބަލި ޖެހެން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ބަލިވި ގިނަ ބަޔަކު ލޯކަރާ، ހޮޑުލާހެދިއެވެ. އަދި ބައެއް މީހުން ހޭނެތި ފިޓު ޖެހޭ ގޮތްވެސްވިއެވެ. 300 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް އެބަލީގައި އެޑްމިޓް […]