އީގަލްސްއިން ޗެރިޓީ ޝީލްޑް ފުރަތަމަ ފަހަރަށް އުފުލާލައިފި!

Loading

Facebook
Twitter
WhatsApp

މިފަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ގާތުން ފަހަތުން އަރައި އީގަލްސް ކުރި ހޯދައިފި އެވެ.

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ރެފްރީކަން ކޮށްފައިވާ އަދި 2 ފަހަރު ޔޫރޯ އަދި ވޯލްޑް ކަޕް އިންސާފު ކުރި ހަންގޭރީގެ ވިކްޓަ ކަސާއީ އެވެ.

އީގަލްސްއިން ކުޅުނު އެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި މާޒިޔާއިން ވަނީ ލީޑު ނަގައި، ​އީގަލްސް ހާސްކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ.

ބިދޭސީ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ނުހިމަނާ އީގަލްސްއިން ކުޅުނު އެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި މާޒިޔާއިން ​ވަނީ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗްގެ އެހީއާއެކު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) ބޮލުން ޖަހައި ވަށްދާލި ގޯލްއާއެކު ލީޑް ނަގާފައެވެ.

ޢަދި އެއަށްފަހު މާޒިޔާ ގެ ގޯލްތައް ކާމިޔާބު ކޮށްދީފައި ވަނީ ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

​ފުރަތަމަ ހާފުގައި އީގަލްސްއިން ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައިވެއެވެ. ޢަދި އެއަށްފަހު ފުލުފިލުގައި ގޯލްތައް ޖަހާ ޢީގަލްސް އިން ވަނީ މެޗްގެ 74 ވަނަ މިނެޓްގައި އީގަލްސްގެ ޒައިންއަށް މާޒިޔާގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ރިޒޭ އީގަލްސްއަށް މެޗުގައި ލީޑު ނަގައިދީފައެވެ.

އީގަލްސްއިން ސީޒަަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، ޗެރިޓީ ޝީލްޑަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ​މި މަހުގެ 13 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް